Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީރާ

މީރާގެ ބޯޑަށް މެމްބަރެއް އައްޔަން ކުރުމަށް ނަންފުޅުތަކެއް ފޮނުއްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ އައްޔަން ކުރެއްވުމަށް މަޖިލީހަށް މީގެ ކުރިން ވަނީ ނަންފުޅުތަކެއް ފޮނުއްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2019 | އާދީއްތަ 09:35
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި، ނަންފުޅުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އަދި ހުށަހެޅުއްވީ ކޮން ބޭފުޅުންގެ ނަންފުޅުތަކެއްކަމެއްވެސް ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

އާންމު އުސޫލުން، މަޤާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންފުޅުތައް ހާމަކުރަނީ މަޖިލީހަށް އިއްވާ ހިސާބުންނެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައީސް އޮފީހުން ވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދޭ ފަރާތްތަކަށް ކުރިމަތު ލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނަށްގެނައި އިސްލާހާއެކު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވަނީ ހުސްވެފަ އެވެ.

ދާދިފަހުން ރައީސް ވަނީ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން މަޖިލީހަށް ނަންތަކެއް ފޮނުއްވާފައެވެ. ކޮމިޝަނަރ އަކަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މީރާގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން މީރާ ބޯޑުގައި ހިމެނޭނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މަޖިލީހުން އައްޔަން ކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

17 މެއި 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު