Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަރީ ކޮމެޓީ

ކޯޓުތަކުގައިހުރި މައްސަލަތައް ލަސްވާތީ ޓާސްކް ފޯހެއް ހަދަން ލަފާ ދީފި

1900 އަށްވުރެ ގިނަ މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 އޮކްޓޯބަރު 2019 | އާދީއްތަ 07:42
ޖުޑީޝަރީ ކޮމެޓީން ޕީޖީ އާއިޝަތު ބިޝާމްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖުޑީޝަރީ ކޮމެޓީން ޕީޖީ އާއިޝަތު ބިޝާމްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯސްއެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޖުޑިޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) އަށް އަންގަން ނިންމައިފި އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެގޮތަށް ނިންމާފައިވަނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިންނެވެ. އެގޮތުން ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޖޭއެސްސީ މެދުވެރިކޮށް، ވަނީ ކޯޓުތަކުގައި ހުރި މައްސަލަތަކާއި، ކޯޓުތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ދެނެގަތުމަށް ނިންމާފަ އެވެ.

އެގޮތުން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގައިހުރި މައްސަލަތައް ލަސްވާ ސަބަބު ދެނަގަނެ، ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ހުށަހަޅާފަ އެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެރިޕޯޓް ދިރާސާ ކުރުމަށްފަހު ނިންމާފައި ވަނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލުކުރާނޭ މީހުން ހިމަނައިގެން އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލައި އެމައްސަލައަށް ހައްލެއް ގެނެވިދާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ޓާސްކް ފޯހެއް އެކުލަވާލުމަށް ޖޭއެސްސީއަށް ލަފާއެރުވުމަށް ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓުގައި ބުނެފައިވަނީ، އެ ޓާސްކް ފޯސްގެ މެންޑޭޓްތަކުގެ ތެރޭގައި، މައްސަލަތައް ނުލެބި ލަސްވަމުންދާ ސަބަބުތައް ހޯދައި، އެކަން ހައްލު ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ފާހަގަކުރުން ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަންވީ ކަންކަން ހިމަނައި ރިޕޯޓެއް އެކުލާވަލުން ވެސް ހިމެނެ އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވާގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ އެބައޮތެވެ. އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއް ހިމެނެ އެވެ. މީގެއިތުރުން ވެސް ޖޭއެސްސީ ރިޕޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް

28 މާރިޗު 2017
ނޫސްވެރިންނަށް މައްސަލަތައް ދިމާވަނީ ގާނޫނުތަކަށް ކަމޭ ނުހިތާތީ: ބްރޯޑްކޮމް
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު