Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިފޯން

އައިފޯނަށް ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ފޯން ޑެލިވަރ ކުރީ މޫލީ މެދުވެރިކޮށް: އޫރީދޫ

19 އޮކްޓޯބަރު 2019 | ހޮނިހިރު 13:56

ފޯން ޑެލިވަރ ކުރަން ފަށާފައިވަނީ ހުކުރު ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޮކްޓޯބަރު 2019 | ހޮނިހިރު 13:56
އައިފޯން 11

އައިފޯން 11

އުރީދޫ އިން އައިފޯން 11 އާއި އައިފޯން 11 ޕްރޯ މެކްސް ފޯނަށް ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ފޯން ޑެލިވަރ ކޮށްދީފައިވަނީ މޫލީ މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ވިދާޅުވީ ފޯން ޑެލިވަރ ކުރަން ފަށާފައިވަނީ ހުކުރު ދުވަހު ކަމަށާއި ފޯނަށް ޕްރީއޯޑަރ ކުރަން ހުޅުވާލި ފުރުސަތުގައި އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

މިހާރު ފޯނަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ފާހަގަކޮށް ނޫރާ ވިދާޅުވީ ޕްރީއޯޑަރކޮށް ފޯނު ލިބުނު ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ފީޑްބެކް ލިބިފައިވާ ކަމަށެވެ.

ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީގެ ޚިދްމަތް ރާއްޖެއަށް ތަޢާރަފުކޮށް އެކަން ތަންފީޒުކުރުމަށް އުރީދޫ މޯލްޑިވްސްއިން ޤާއިމުކޮށްފައިވާ އީ-ކޮމާސް މާރކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ.

މޫލީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ގޮތަކަށެވެ. ޚިދްމަތް ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށް ފަހު އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިންގ ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެންނެވެ.

މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

އައިފޯން 11 ގައި ވަނީ ދެ ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ޤާއިމުކޮށްފައެވެ. މި ފޯން މެދުވެރިކޮށް 4ކޭ ވީޑިއޯ ނެގުމުގެ އިތުރަށް، ވައިޑް އޭންގަލް ފޮޓޯ ވެސް ނެގޭނެ އެވެ. ކަޅު، ހުދު، ރީދޫ، ރަތް، ދަނބު އަދި ފެހި ކުލައިގެ ވާރޝަންތައް ހިމެނޭ އައިފޯން 11 ގައި އިތުރަށް ހިމަނާފައިވާ ފީޗަރތަކުގެ ތެރޭގައި ވައިފައި6 ސްޓޭންޑަރޑް ސަޕޯޓްކުރުމާއި، އައިފޯން އެކްސްއާރަށް ވުރެ އިތުރަށް އެއް ގަޑިއިރު ޗާޖު ހިފެހެއްޓުން ހިމެނެއެވެ. “އައިފޯން 11 ޕްރޯ މެކްސް” ގައި 6.5 އިންޗް ޑިސްޕްލޭއެއް ހިމެނޭއިރު “އައިފޯން 11 ޕްރޯ” ގައި ހިމެނެނީ 5.8 ޑިސްޕްލޭއެކެވެ. މި ފޯނުތަކުގެ ޑިސްޕްލޭ ބޮޑު ނަމަވެސް ބެޓެރީ ވަރުގަދަވެފައި، ލޯ-ޕަވަރ ގިނަ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ، މި ފޯނުގެ ބެޓަރީ ލައިފް، އެހެން ފޯނުތަކަށްވުރެ ދިގުވާނެއެވެ.

މި ދެ ފޯނުގައި ސުޕަރ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމަނާފައިވާއިރު، މިއީ މިފަދަ ޑިސްޕްލޭއެއް އައިފޯނެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

އެޕަލް އައިފޯން 11 ޕްރޯ އާއެކު “ޑީޕް ފިއުޝަން” ނަމަކަށްކިޔާ ފީޗަރއެއް ތަޢާރަފުކޮށްފައިވާއިރު، މި ފީޗަރއަކީ ފޯނުގެ ޝަޓަރ ބަޓަނަށް އެއްފަހަރު ފިއްތާލުމުން 9 ފޮޓޯ އެއްފަހަރާ ނެގުމަށްފަހު، އެންމެ ސިކުންތެއްގެ ތެރޭގައި އޭގެތެރެއިން އެންމެ ކުއަލިޓީ ރަނގަޅު ފޮޓޯ ފޯނުން އަމިއްލައަށް ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ފީޗަރއެކެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

އެންމެ 20 މިނެޓްތެރޭ އައިފޯން 10 ވިކި ހުސްވެއްޖެ

28 އޮކްޓޯބަރު 2017
އެންމެ 20 މިނެޓްތެރޭ އައިފޯން 10 ވިކި ހުސްވެއްޖެ
20 އޮކްޓޯބަރު 2017

އައިފޯން 8 އަދި 8 ޕްލަސް ދިރާގުން ބާޒާރަށް ނެރެފި

20 އޮކްޓޯބަރު 2017
އައިފޯން 8 އަދި 8 ޕްލަސް ދިރާގުން ބާޒާރަށް ނެރެފި
13 އޮކްޓޯބަރު 2017

ދިރާގުން އައިފޯން 8 އަދި 8 ޕްލަސްގެ ޕްރީއޯޑަރ ފަށައިފި

13 އޮކްޓޯބަރު 2017
ދިރާގުން އައިފޯން 8 އަދި 8 ޕްލަސްގެ ޕްރީއޯޑަރ ފަށައިފި
03 އޮކްޓޯބަރު 2017

އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް

03 އޮކްޓޯބަރު 2017
އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް
26 ސެޕްޓެމްބަރު 2017

"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!

26 ސެޕްޓެމްބަރު 2017
"މަގޭ ޕްލޭން" ނަމުގައި އުރީދޫ ކަސްޓަމަރުންނަށް އާ ޚިދުމަތެއް!
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
25 ޖޫން 2017

ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ

25 ޖޫން 2017
ފިތުރު ޢީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް