Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީއެންގެ މައްސަލަ

އެމްޑީއެން މައްސަލައިގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރާނަން، ބައެއް މީހުންނަށް ޗިޓު ފޮނުވައިފިން : ފުލުހުން

19 އޮކްޓޯބަރު 2019 | ހޮނިހިރު 07:06

ރިޕޯޓާއި ގުޅިގެން ޝަހިންދާއަށް ޗިޓު ފޮނުވުމަށް އެޑްރެސް ހޯދާފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 އޮކްޓޯބަރު 2019 | ހޮނިހިރު 07:06
މޯލްޑިވިސް ޕޮލިސް ސާރވިސް

މޯލްޑިވިސް ޕޮލިސް ސާރވިސް

''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓާއު ގުޅިގެން ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރާނެކަމަށާއި، ބައެއް މީހުންނަށް ޗިޓު ފޮނުވާފައިވާކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ޖަރުމަނުވިލާތުގައި ހުންނަވައި ބޭރުގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި އެ ޖަމިއްޔާގެ އެގްޒެކިއުޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ތަހުގީގަށް އޭނާ ހާޒިރު ކުރުމަށް ޗިޓު ހަވާލު ކުރާނެ އެޑްރެހެއް ހޯދަން ފުލުހުން އޭނާއަށް ގުޅިކަމަށް ވިދާޅުވެފައިވަނިކޮށެވެ. އަދި ޝަހިންދާ ވަނީ ފުލުހުން ޗިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށް ބުނެފައެވެ. ފުލުހުން މިކަން ކަށަވަރަުކޮށް ބުނެފައިވަނީ، އެމްޑީއެންގެ މައްސަލައިގައި ތަހުގީގަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށާއި ބައެއް މީހުންނަށް މިހާރު ޗިޓު ހަވާލުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

އެމްޑީއެންގެ ރިޕޯޓުގައި މާތްﷲ އަށާއި ރަސޫލާ (صلى الله عليه وسلم) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އާންމުންގެ ފާޑު ކިޔުންތައް އަމާޒުވުމުން އެ ރިޕޯޓް ނެގުމަށް ފަހު އެމްޑީއެންއިން ވަނީ މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ.

އެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުން ވެސް ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ. އެ ރިޕޯޓުގެ މައްސަލަ ބެލުމަށްފަހު ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެންގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެ ޖަމްއިއްޔާ އަށް އަންގާފައެވެ. އެކަމާއި ގުޅިގެން ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2015 ވަނަ އަހަރު ރިޕޯޓް ތައްޔާރުކުރުމުންދާކަން ވެސް އިސްލާމިކް މިނިސްޓްރީ އަށް އެނގޭ ކަމަށެވެ. އަދި މިނިސްޓްރީގެ އިންޓަވިއުވެސް ރިޕޯޓްގައި ހިމަނާފައިވާ ކަމަށް ޝަހިންދާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް