Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހީމް

މިސަރުކާރުން އަޅުގަނޑު ނިކަމެތި ކޮށެއް ނުލާނެ: ގާސިމް

19 އޮކްޓޯބަރު 2019 | ހޮނިހިރު 07:06

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވީ މަހެއް ނުވަނީސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޮކްޓޯބަރު 2019 | ހޮނިހިރު 07:06
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖޭޕީގެ ރައީސް ގާސިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން ހަފްލާއެއްގައި--

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖޭޕީގެ ރައީސް ގާސިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން ހަފްލާއެއްގައި--

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިކަމެމެތިކޮށް ނުލާނެކަމަށް އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

"އެންމެންގެ ޖުމްހޫރީ ޕާޓީ"ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ވީޓީވީން ގެނެސްދިން ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ ކުރިން ދެ ސަރުކާރުން ވެސް އޭނާއާމެދު އަމަލުކޮށްފައިވަނީ ވަރަށް ދެރަކޮށް ކަމަށާއި، ނަމަވެސް ރައީސް ސޯލިހުގެ މިސަރުކާރުން އެފަދަ ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށް އުއަމީދު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ ރައީސް ސޯލިހުއަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ކުރީގެ ސަރުކާރުތަކަށްވުރެ ރަނގަޅަށް ކަންކަން ނިންމަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އެއްވެސް ބަޔަކާ ދިމާކޮށްލައި، ޒާތީވެ، ފިތުނަވެރިކަމެއް އޮވެގެން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަން އެއްވެސް އިރެއްގައި ބޭނުން ނުވާ ކަމަށެވެ.

ކުރީގެ ދެ ސަރުކާރު ނިކަމެތިގޮތްތަކެއް ދިމާވިކަމަށް ގާސިމް އެވިދާޅުވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމުމަށްޓަކައި އޭރުގެ އިދިކޮޅު ޕާޓީތަކުން އެކުގައި ބޮޑު ކޯލިޝަނެއް ހަދައި، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ނިމިދިއަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ކަމު ނުގޮސް ، ކެތްތެރިކަން ކުޑަވެ، މަހެއް ނުވަނީސް ހުންނެވި ހޯމް މިނިސްޓަރު ކަމުގެ މަގާމުން ގާސިމް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން "ބަގާވާތަކުން" ވައްޓާލުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވި އެންމެ އިސް އެއް ފަރާތަކީ ވެސް ގާސިމް އެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ވެރިކުގައި ވެސް ގާސިމަކީ އެ ސަރުކާރުގެ އިސް ބޭފުޅެކެވެ. އަދި ރައީސް ވަހީދުގެ ވެރިކަން ނިމި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ގާސިމާއެކު މަސައްކަތް ކުރެއްވި ކުރީގެ ރައީސް ޔާމީނާއެކު ކޯލިޝަން ހައްދައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ރައީސް ޔާމީނާއެކުވެސް ގާސިމަށް ވަނީ ކުރިއަށް ދެވޭ ގޮތް ނުވެފަ އެވެ. މާގިނަ ދުވަސްތަކެއް ނުވެ، މައްސަލަތައް ދިމާވެ، ޖުމްހޫރީ ޕާޓީ ވަނީ ކޯލިޝަނުން ވަކިވެފަ އެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަވަން ބުރަ މަސައްކަތްތަކެއް ކުރެއްވި ގާސިމް، ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އޮންނަވަން ޖެހިވަޑައިގެންނެވީ ޖަލުގަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް