Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފޯން 11 ޕްރޯ އަދި ޕްރޯ މެކްސް

ދިރާގުން އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ލޯންޗުކޮށްފި

އަންނަ ހަފްތާގައި އިތުރު ސްޓޮކެއް ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 20:50
ދިރާގުން އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑަރުކޮށް ފޯން ލިބުނު ފުރަތަމަ ކަސްޓަމަރު އަހްމަދު ސަމާހު އިބްރާހީމް

ދިރާގުން އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑަރުކޮށް ފޯން ލިބުނު ފުރަތަމަ ކަސްޓަމަރު އަހްމަދު ސަމާހު އިބްރާހީމް

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ދިރާގުން ބާޒާރަށް ނެރެފިއެވެ.

ދިރާގުގެ މައި އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޑިވައިސް މެނޭޖަރ އަޙްމަދު އިޝާން ވިދާޅުވީ ޕްރީއޯޑަރ އަށް ހުޅުވާލުމުން ވަރަށް ގިނަ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި 24 ގަޑިއިރު ނުވަނީސް ޕްރީއޯޑަރ ފުލްވި ކަަމަށެވެ. އަދި ކުރިއަތް އޮތް ހަފުތާގައި އިތުރު ސްޓޮކެއް ގެންނަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުގެ އައިފޯނުތަކުގެ އަގު އުޅެނީ 21599ރ އިން ފެށިގެން 31199ރ އާ ދެމެދުގެ އަގުތަކެއްގައެވެ. އައިފޯން ޕްރީއޯޑަރ ކުރި ފަރާތްތަކަށް ޚާއްޞަ ޕްރޮމޯޝަނެއްގެ ގޮތުން ދިރާގުން ވަނީ ހިލޭ 5 ޖީބީ ޑާޓާ ދީފައެވެ.

އައިފޯން 11 ގައި ވަނީ ދެ ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ޤާއިމުކޮށްފައެވެ. މި ފޯން މެދުވެރިކޮށް 4ކޭ ވީޑިއޯ ނެގުމުގެ އިތުރަށް، ވައިޑް އޭންގަލް ފޮޓޯ ވެސް ނެގޭނެ އެވެ. ކަޅު، ހުދު، ރީދޫ، ރަތް، ދަނބު އަދި ފެހި ކުލައިގެ ވާރޝަންތައް ހިމެނޭ އައިފޯން 11 ގައި އިތުރަށް ހިމަނާފައިވާ ފީޗާތަކުގެ ތެރޭގައި ވައިފައި6 ސްޓޭންޑަރޑް ސަޕޯޓްކުރުމާއި، އައިފޯން އެކްސްއާރަށް ވުރެ އިތުރަށް އެއް ގަޑިއިރު ޗާޖު ހިފެހެއްޓުން ހިމެނެއެވެ. “އައިފޯން 11 ޕްރޯ މެކްސް” ގައި 6.5 އިންޗް ޑިސްޕްލޭއެއް ހިމެނޭއިރު “އައިފޯން 11 ޕްރޯ” ގައި ހިމެނެނީ 5.8 ޑިސްޕްލޭއެކެވެ. މި ފޯނުތަކުގެ ޑިސްޕްލޭ ބޮޑު ނަމަވެސް ބެޓެރީ ވަރުގަދަވެފައި، ލޯ-ޕަވަރ ގިނަ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ، މި ފޯނުގެ ބެޓަރީ ލައިފް، އެހެން ފޯނުތަކަށްވުރެ ދިގުވާނެއެވެ.

މި ދެ ފޯނުގައި ސުޕަރ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމަނާފައިވާއިރު، މިއީ މިފަދަ ޑިސްޕްލޭއެއް އައިފޯނެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

އެޕަލް އައިފޯން 11 ޕްރޯ އާއެކު “ޑީޕް ފިއުޝަން” ނަމަކަށްކިޔާ ފީޗަރއެއް ތަޢާރަފުކޮށްފައިވާއިރު، މި ފީޗަރއަކީ ފޯނުގެ ޝަޓަރ ބަޓަނަށް އެއްފަހަރު ފިއްތާލުމުން 9 ފޮޓޯ އެއްފަހަރާ ނެގުމަށްފަހު، އެންމެ ސިކުންތެއްގެ ތެރޭގައި އޭގެތެރެއިން އެންމެ ކުއަލިޓީ ރަނގަޅު ފޮޓޯ ފޯނުން އަމިއްލައަށް ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ފީޗަރއެކެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު