Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރ މިނިސްޓްރީ

ސްޓްރެޓެޖިކް ޕްލޭނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަރަސް ބޮޑު އިސްކަމެއް ދީފައިވޭ: ޝިދާތާ

ބިލް ފާސްވެގެން ދިއުމުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 07:00
ޖެންޑަރ މިނިސްޓަރ ޝިދާތާ ވާހަކަދައްކަވަނީ

ޖެންޑަރ މިނިސްޓަރ ޝިދާތާ ވާހަކަދައްކަވަނީ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ ސައުތު އޭޝިޔާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން (ސައިވާކް)ގެ 8 ވަނަ ބޯޑު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކާއި މަޖިލީހަށް ހުށެހެޅިފައިވާ ބިލާއި ގުޅިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ބިލް ފާސްވެގެން ދިއުމުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމަށެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލެވެ. އެ ބިލް މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީ އިން ދިރާސާ ކުރަމުންނެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލް ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމެވެ.

މީގެއިތުރުން އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހި ކުރުން ވެސް މި ބިލް ހުށަހެޅުނު މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މި ބިލްގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓަރ ކުރެވޭ އުސޫލުތައް ކަނޑައެޅުމާއި ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ކަނޑައެޅުން ވެސް މި ބިލް ހުށަހެޅުނު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ އަދިވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުން އޮތީ ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ވެސް ތައްޔާރަށް ކަމަށެވެ.

ސައިވާކްގެ 8 ވަނަ ގަވަރނިންގް ބޯޑުގެ ބައްދަލުވުން އަންގާރަ ދުވަހު ފަށާފައިވާއިރު މި ބައްދަލުވުން ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށެވެ.

ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ބައްދަލުވުމުގެ މަޤްޞަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ސައިވާކްގެ 7 ވަނަ ގަވަނިންގ ބޯޑު މީޓިންގގައި ނިންމުނު ކަންތައްތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމާއި، 5 ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ބައްދަލުވުމާ ގުޅޭ ޕްރީ-ޓެކްނިކަލް ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.

ސައިވާކްއަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު 8 ޤައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

މަޖިލީހަށް ލިބިދޭ ހައްގުތައް ދޫނުކޮށްލަން ގޮވާލަން:ހިސާން

25 މެއި 2017
އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު

22 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
މިނިވަންކަމާއި ހައްގުތައް ރައްކާތެރި ކުރުމަށް މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ޖަމީލް ގޮވާލައްވައިފި

މިނިވަންކަމާއި ހައްގުތައް ރައްކާތެރި ކުރުމަށް މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ޖަމީލް ގޮވާލައްވައިފި

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު