Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހު

އިމާރޖެންސީ ހާލަތުގައި ބަލި މީހުން މާލެ ގެންދިއުމަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނަން: ރައީސް

ހޮސްޕިޓަލްގެ އާ އިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހަމަޖެހިޖެހިފައިވާ ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2019 | ބުދަ 19:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އިމާރޖެންސީ ހަލާތްތަކުގައި ބަލިމީހާ މާލެ ގެންދިއުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން އެކަން ފާހަގަކުރި ނަމަވެސް އެންމެ އެކަށީގެންވާ ފެންވަރަށް ސިއްހީ ހިދުމަތް ލިބެން ނެތްކަން ގަބޫލު ކުރައްވާކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލްގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ އާ އިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހަމަޖެހިޖެހިފައިވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެ ހޮސްޕިޓަލުގެ އާއިމާރާތުގެ އަމަލީ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރުން، ސްކޫލަށްވެސް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މަގުތައް ހަދާ، ފެރީ ޓަރމިނަލް ހެދުމުގެ އިތުރުން ރަށަށް ބޭނުންވެފައިވާ މަސްމާރުކޭޓަކާއި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހުމުގެ އިތުރުން އެރަށުގައި ޒޯން ރަނގަޅު ފެންވަރުގެ ސްޓޭޑިއަމްއެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު