Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

ބިދޭސީންނާއި ބޯޑަރ ކޮންޓްރޯލް މައްސަލާގައި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ކޮމެޓީއަށް ހާޒިރުކުރަނީ

ބޮޑެތި ކުށްތަކެއް ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ޑީޕޯޓް ކޮށްލި މައްސަލާގައި އިމިގްރޭޝަންގެ ބަސް ދިމަލެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޮކްޓޯބަރު 2019 | ބުދަ 11:34
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއްް ކިޔޫ ހަދާފައި

ރާއްޖޭގައި އުޅޭ ބިދޭސީންތަކެއްް ކިޔޫ ހަދާފައި

ބިދޭސީންގެ މައްސަލަތަކާއި ބޯޑާ ކޮންޓްރޯލް މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ހާޒިރުކުރަން އެކޮމެޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާތީ، އެމައްސަލައާއި އިމިގްރޭޝަނުން ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްގެ މައްސަލައިގެ އިތުރުން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަމުންދާ މައްސަލައާމެދު މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން، ކޮމެޓީގެ އެ ބައްދަލުވުމުގައި ބައިވެވަޑައިގެންނެވި ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގަންނަވަނީ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށް ވެފައި، އަދި އެމައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްވަމުންދާތީ، ކަމާބެހޭ އިދާރާތުގެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށް، އެކަން ހައްލުކުރެވިދާނެ ގޮތްތަކެއް ހޯދުމަށް އެބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށެވެ.

ހާޒިރުކުރަން ނިންމާފައިވާ އިދާރާތަކުގެ ތެރޭގައި، އިމިގްރޭޝަނާއި، ފޮރިން މިނިސްޓްރީއާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި، ކަސްޓަމްސްއާއި ފުލުހުންގެ އިދާރާގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ އިސްވެރިން ހިމެނެ އެވެ.

ކޮމެޓީގައި ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ އިމިގްރޭޝަނުން ޑީޕޯޓްކޮށްލި، ބަންލަދޭޝްގެ ދެ މީހުން ކަމަށްވާ އަބޫ ހަނީފާއި އެމްޑީ ޝަފީގުލް އިސްލާމްގެ މައްސަލާގައި އިމިގްރޭޝަނުގެ އިސްވެރިން އެ ކޮމެޓީއަށް މީގެކުރިން ވަޑައިގެން ދެއްވި މައުލޫމާތުގައި ދިމާނުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އެ ދެ މީހުން ޑީޕޯޓްކޮށްލިއިރު، އެމީހުންގެ މައްޗަށް މަނީލޯންޑަރ ކުރުންފަދަ ތުހުތުމަތުތަކެއް ކުރެވިފައިނުވާ ކަމަށެވެ. އަދި އެމީހުން ޑީޕޯޓްކޮށްލީ، ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރުމާއި ގަވާއިދާ ހިލާފަށް ވަޒީފާ ހަމަޖައްސައިދޭ މައްސަލައިގަ ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރުމަށް އެމީހުން ޑީޕޯޓް ކޮށްލިކަމަށް އިމިގްރޭޝަން ބުނެފައިވެއެވެ. ނަމަވެސް ބުދަ ދުވަހުގެ ކޮމެޓީގައި އެމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، އިމިގްރޭޝަނުން އެމީހުން ޑީޕޯޓް ކޮށްލުމުގެ ކުރިންވެސް އެމީހުން ރާއްޖޭގައި ގަވާއިދާ ގާނޫނާ ހިލާފު ކަންކަން ކުރަމުންދިޔަކަން ސޯޝަލް މީޑިއާއިން ވެސް ހާމަވެފައިވާ ކަމަށެވެ.

އެމީހުން ޑީޕޯޓް ކޮށްލާފައިވާތީ، އެމީހުންނާ ގުޅުންހުރި މައްސަލަތައް ބެލުމުގައި ފުލުހުންނަށް ވަނީ ދަތިތަކާ ކުރިމަލާން ޖެހިފައެވެ.

ބޯޑަރ ކޮންޓްރޯލް ސިސްޓަމާ ގުޅޭގޮތުން ކޮމެޓީގައި ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ އެމައްސަލަ ހައްލުކުރެވޭނީ، އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީއާއި އެންސީއައިޓީގެ އިސްވެރިން ހާޒިރުކޮށްގެން ކަމަށެވެ. ސަބަބަކަށް ދިމާވެފައިވަނީ، މިހާރު ބޭނުންކުރަމުންދާ ބޯޑަރ ކޮންޓްރޯލް ސިސްޓަމުގަ އިމިގްރޭޝަނަށް ބޭނުންވާ ބައެއް ފީޗަރސްތައް ނެތުމެވެ. އެހެންކަމުން އެ ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަމަށް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ އެ ސިސްޓަމް ބޭނުންކަމަށެވެ.

ސަބަބެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވީ އެއީ އެމެރިކާއިން ގާއިމު ކޮށްދީފައިވާ ސިސްޓަކަމަށްވާތީ، ދެ ގައުމުގެ ގުޅުމަށް ބުރުލެއް އަރާފާނެތީ އެވެ. އެހެންކަމުން އިމްގްރޭޝަނުން ބޭނުންވާ ފީޗާސްތައް އެ ސިސްޓަމަށް އިތުރުކޮށް ދިނުމަށް އެމެރިކާގެ ސަރުކާރުގައި އެދި، އެކަން ހައްލުކުރެވެން އޮތްގޮަކީ ކޮބައިތޯ އެފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ބިދޭސީން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދާތީ އެކަމަށް ހައްލެއް ގެނައުމަށް، މޯލްޑީވްސް މަނިޓަރީ އޮތޯރިޓީގެ އިސްވެރިންނާ މަޝްވަރާކޮށް، ގާނޫނަށް ނުވަތަ ގަވާއިދަށް ބަދަލުތަކެއް ނެގެސްގެން ނަމަވެސް އެކަމަށް ވެސް ހައްލެއް ގެނައުމަށް ކޮމެޓީގައި ވަނީ ބަހުސްކުރައްވާފަ އެވެ.

ދެން އޮންނަ އެކޮމެޓީގެ ބައްދަލުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުން އޮންނާނެކަމަށް ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު