Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެނަންޓްސް ޔޫނިއަން

މައްސަލަ ބޮޑުވެފައި ވަނިކޮށް މާލޭ ޓެނަންޓްސް ޔޫނިއަން ރަޖިސްޓްރީކޮށްފި

އެ ޔޫނިއަން އިން ތަފާތު ގިނަ ހިދުމަތްތަކެއް ދިނުމަށް ރާވާފައިވޭ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 15 އޮކްޓޯބަރު 2019 | އަންގާރަ 14:26
މާލެ ސިޓީ

މާލެ ސިޓީ

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް ހާއްސަކޮށް އުފެއްދުމަށް މަސައްކަތްކުރި މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ރަޖިސްޓްރީކޮށްދީފި އެވެ.

އެމްޓީޔޫ ރަޖިސްޓްރީ ކޮށްފައިވަނީ އަންގާރަ ދުވަހު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓިންނެވެ.

އެމްޓީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭ ޓެނަންޓްސް އަކީ އެތައް ޒަމާނެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުންއައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެއް ކަމަށެވެ. އަދި މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެމްޓީޔޫގައި ރަޖިސްޓްރީ ވެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ދިފާއުކުރުމާއި، ކުއްޔަށް ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކުލީ ބޯހިޔާވަހިކަމާއި ގުޅޭ ރޭވިގެން ހިންގާ ކޭންޕެއް ވެސް ހިންގާނެ ކަމަށެވެ. އަދި ބުނެފައިވަނީ ގިނަ ހިދުމަތްތަކެއް ދިނުމަށް ރޭވިގެންދާ ކަމަށާއި އޭގެ ތެރޭގައި އެއްގެއިން އަނެއް ގެޔަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި ކޮންޓްރެކްޓް ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަން ހޯދުމާއި ހޯމް އިންޝޫރަންސް ފަދަ ހިދުމަތްތަށް ލިބޭނެ ގޮތް ހަދާނެ ކަމަށް ބުނެފައިވެއެވެ.

ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނު ހެދުމަށް ބާރުއޭޅުމާއި، ކުލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށް މެމްބަރުންގެ އެއްބާރުލުމާއެކު ކެމްޕޭންތައް ހިންގާނެކަމަށްވެސް އެމްޓީޔޫއިން ބުނެފައިވެއެވެ.

އެމްޓީޔޫ އިން އިތުރަށް ބުނީ، ކުއްޔަށްދޭ ފަރާތުގެ ހައްގުގައި މިހާރުވެސް ވަރުގަދަ ޖަމިއްޔާތަކެއް ރާއްޖޭގައި ހުރިއިރު، މިހާތަނަށް ކުއްޔަށް ދިރިއުޅޭ މީހުން ރަމްޒްކޮށްދޭނެ ޖަމިއްޔާއެއް ރަސްމީ ސިފައެއްގައި އަދި އުފެދިފައިނުވާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަކީ މާލޭގެ އަބާދީގެ 63 އިންސައްތަ ނުވަތަ މެޖޯރިޓީކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ މިހާ ގިނަބައެއްގެ އެދުންތަކަށް އެތަކެއް ދުވަސްވީ އިރުވެސް އެއްވެސް ސަރުކާރަކުން އަލާނުލާ އޮތީ ކުއްޔަށް އުޅޭމީހުންގެ ސީދާ ޖަމިއްޔާއެއް އުފެދިފައި ނެތުމުން ކަމަށެވެ. އަދި އެމްޓީޔޫގައި ރަޖިސްޓްރީވުމަކީ މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ބޭނުންތައް ފުރިހަމަ ކުރުމަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު