Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންޑިއާ އެކްސްޕޯ 2019

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސެފްއެމްއިން ބާއްވާ ފެއަރ މިމަހުގެ 15 ގައި ފަށަނީ

13 އޮކްޓޯބަރު 2019 | އާދީއްތަ 11:05

އެކްސްޕޯ ކުރިޔަށް ދާނީ މި މަހުގެ 15 ކުން 17 އަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 އޮކްޓޯބަރު 2019 | އާދީއްތަ 11:05
ސެފްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ސައްތާރު މުހައްމަދު

ސެފްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ސައްތާރު މުހައްމަދު

ދިވެހި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެސް.އެމް.އީ އެންޑް އޮންޓްރެޕްރިނެއަރ ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "އިންޑިއާ އެކްސްޕޯ 2019" މި މަހުގެ 15 ގައި ފަށާނެކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އުނިމާ ގްރޭންޑް ހޮތެލްގައި އާދިއްތަ ދުވަހުގެ މެންދުރު އިވެންޓްގެ ޕާރޓްނަރަުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާއަށްފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސެފްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވީ، އެސްއެމްއީ ފެޑެރޭޝަން ގާއިމުވުމާއެކު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދަދިނުމަށްޓަކައި ޖަމިއްޔާގެ ފަރާތުން ތަފާތު ގައުމުތަކުގެ އެމްބަސިތަކާއި މަަޝްވަރާކޮށްފައިވާކަމަށެވެ. ސައްތާރު ވިދާޅުވީ އިންޑިއާ އެކްސްޕޯ 2019 އަކީ އަވަށްޓެރި އިންޑިއާގެ އެކި ޖަމިއްޔާތަކާއި، ރާއްޖޭގެ އުޅުއްވާ އޮފިޝަލުންނާއި ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ ނަތީޖާކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަަކަށް ރާއްޖޭގައި ވަރަށް ބޮޑެތިި ހުރަސްތަކެއް ހުރިކަން ފާހަގަކޮށް ސައްތާރު ވިދާޅުވީ، މި އެކްސްޕޯ ކޮންމެ އަހަރުކުވެސް ސިލްސިލާކޮށް ބޭއްވުމަށް މަސައްކަތްކުރާނެކަމަށެވެ. ސައްތާރު ވިދާޅުވީ އުންމީދަކީ މި އެކްސްޕޯގެ ސަަބަބުން ބޭރުން އަންނަ ފަރާތްތަކާއި ދިވެހި ކުދި ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އެކްސްޕޯ ނިމުނު ކަމުގައި ވިޔަސް ކުދި ވިޔަފާރިތައް ހިންގާފަރާތްކަށް ބޭރުގެ އިންވެސްޓަރުންނާއި ގުޅިގެން އިތުރު ފުރުސަތްތަކެއް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އިންޑިއާގެ ވަރަށް ގިނަ ވިޔަފާރި ޖަމިއްޔާތަކުން ބައިވެރިވާ މި އެކްސްޕޯގައި ޖުމްލަ 10 ފަރާތެއް ޕާޓްނަރުން ސްޕޮންސަރކޮށްފައިވާކަމަށް ސެފްއެމް އިން ވަނީ ބުނެފައެވެ. މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީއިއެކު، ވަން އޮންލައިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ކޯޕަރޭޓް މޯލްޑިވްސް، މޯލްޑިވްސް އިންސައިޑާ، ޝޭޑީ ކެބިން ރެންޓަލްސް، މޯލްޑިވްސް ބިޒްނަސް ރިވިއު، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އާއިއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސެފްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފެޑެރޭޝަންގެ ރައީސް، އަބްދުލް ލަތީފް އެވެ. ލަތީފް ވިދާޅުވީ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ވިޔަފާރީގެ މާކެޓުން ހަމައެކަނި އަމިއްލަ ކުންފުނިތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ޖޮއިންޓް ވެންޗާތަކަށް ފުރުސަތު ދިނުން ކަމަށެވެ.

އިންޑިއާ އެކްސްޕޯ 2019 ކުރިޔަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2018

ކުދި ވިޔަފާރިތަކުގެ ޓެކްސް، ޖޫރިމަނާ މީރާއިން މާފްކޮށްދީފި

27 އޯގަސްޓު 2018
ކުދި ވިޔަފާރިތަކުގެ ޓެކްސް، ޖޫރިމަނާ މީރާއިން މާފްކޮށްދީފި
26 ޖުލައި 2018

ކުޑަކުދިންގެ ޗެނަލް ސީބީބީސް ދިރާގު ޓީވީއަށް!

26 ޖުލައި 2018
ކުޑަކުދިންގެ ޗެނަލް ސީބީބީސް ދިރާގު ޓީވީއަށް!
02 ޖުލައި 2018

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

02 ޖުލައި 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ
02 އެޕްރީލު 2018

ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދެނީ

02 އެޕްރީލު 2018
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދެނީ
29 ނޮވެމްބަރު 2017

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި
04 އޮކްޓޯބަރު 2017

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަނީ

04 އޮކްޓޯބަރު 2017
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަނީ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް