Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަވަތި

"ބަވަތި" އަތޮޅުތެރޭގައި ވެސް މެކުހަށް!

ފިލްމުގެ 20 ޝޯ މަލޭގައި ދެއްކި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 10 އޮކްޓޯބަރު 2019 | ބުރާސްފަތި 13:14
ބަވަތި ގެ ޕޯސްޓަރެއް

ބަވަތި ގެ ޕޯސްޓަރެއް

މިއަހަރު ދިވެހި ސިނަމާއަށް އައި އެންމެ ތަފާތު ފިލްމަކަށް ވާނީ ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެޅުވި "ބަވަތި" އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރި ފިލްމަކީ ވެސް އެއީ އެވެ. ފިލްމު ރިލީޒްކުރުމުން ފިލްމަށް ދިޔައީ ބެލުންތެރިންގެ ތައުރީފްތައް ފަތިފައްޗަށް އެމުނެމުންނެވެ.

ފިލްމުގެ ކާމިޔާބު 20 ޝޯވ މަލޭ ތިއޭޓަރުގައި ދެއްކި އިރު "ބަވަތި" މިހާރު މިވަނީ އަތޮޅުތެރެއަށް ވެސް މިސްރާބު ޖަހާފައެވެ. ބައެއް ރަށްރަށުގައި ފިލްމު ދެއްކި އިރު ހުރިހާ ރަށަކުން ވެސް ފިލަމަށް އޮތް ތަރުހީބު ބޮޑެވެ.

ހއ. ގެ ތިން ރަށެއްގެ އިތުރުން އައްޑު އަތޮޅު އަދި ރ އަތޮޅުގެ ވެސް ތިން ރަށެއްގައި މިހާރު ވަނީ ފިލްމު ސްކްރީން ކޮށްފައެވެ. ކުރިޔަށް އޮތް ހަފްތާ ބަންދުގައި "ބަވަތި" ގެ ފޯރި ހިއްޕާލާނީ ލ އަތޮޅުގެ ބައެއް ރަށްރަށުގައެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމުގައި ފިލްމު އަޅުވަން ނިންމާފައިވައިރު 11 އޮކްޓޯބަރު ވާ ހުކުރު ދުވަހުގެ ރޭ ފިލްމު އަޅުވާނީ އެ އަތޮޅު މާމެންދޫގައެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ރޭ ލ. މާވަށުގައި "ބަވަތި"ގެ ޝޯވް އެއް ދައްކަން ތައްޔާރުވެފައި ވާއިރު އާދިއްތަ ދުވަހުގެ ރޭ ފިލްމު ސްކްރީން ކުރާނީ ލ. ހިތަދޫގައެވެ. އޭގެ އިތުރުން ފިލްމުގެ ދެ ޝޯ އެއް އޮކްޓޯބަރު 14 އަދި 15 ވަނަ ދުވަހު އަވަށްޓެރި ލަންކާގައި ވެސް ދެއްކުމަށް ވަނީ ނިންމާފައެވެ.

އައި ފިލްމުގެ ފުރަތަމަ ފީޗާ ފިލްމާއި ބެހޭގޮތުން ރާއްޖެ އެމްވީއަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް (އިއްލެ) ބުނީ، ފިލްމަށް ހުރިހާ ރަށަކުން ވެސް ލިބުނީ ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށާއި ފިލްމު އަޅުވަން ބޭނުން ވެގެން ގިނަ ރަށްތަކަކުން މިހާރުވެސް ގުޅަމުން އަންނަ ކަމަށެވެ.

އިތުރަށް ބުނީ، ފިލްމު އަޅުވަން ބޭނުންވާނަމަ 7930005 އަށް ގުޅައިގެން އަޅުވަން ބޭނުންވާ ރަށް ނަން ނޯޓް ކުރެވޭނެ ކަމަށާއި "ބަވަތި"ގެ ޓީމުން އަތޮލޫތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފިލްމު ދައްކަން ތައްޔާރަށް ތިބި ކަމަށެވެ.

ކ. ކާށިދޫގެ އިތުރުން މާލޭގައި މަންޒަރުތައް ނަގާފައިވާ "ބަވަތި" އަކީ ޒުވާން ދެމަފިރިއަކަސް ދިމަވާ ކަންތައްތައްތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ. ބަވަތި އެއީ ބިރުވެރި ފިލްމެއް ނޫނެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މިހާރު ފިލްމީ ދާއިރާގެ އުހުގައި ފިޔަޖަހަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބް އާއި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނިކުތް ތަރި އަހުމަދު އިންފާޒް އެވެ. އައު މޫނު ތަކެއް ފިލްމުން ފެނިގެން ދިޔަ ނަމަވެސް ފިލްމީ ދާއިރާގެ ސީނިއާ ތަރިންގެ އެކްޓިން ވެސް ކޮންމެވެސް ވަރަކަށް ފިލްމުން ފެނުނެވެ.

އިތުރަށް ކިޔާލަން

13 މެއި 2023

ޗެޓްޖީޕީޓީ ފަދަ އޭއައި ނިޒާމުތައް ވިލަރެސް ކުރާނެ ގާނޫނުތައް އެކުލަވައިލުމުގެ ދުވެލި މެކުހަށް!

13 މެއި 2023
ޗެޓްޖީޕީޓީ ފަދަ އޭއައި ނިޒާމުތައް ވިލަރެސް ކުރާނެ ގާނޫނުތައް އެކުލަވައިލުމުގެ ދުވެލި މެކުހަށް!
10 އޮކްޓޯބަރު 2022

ވޯލްޑްކަޕާއެކު ޢަރަބި ޘަޤާފީ ފަތުރުވެރިކަން މެކުހަށް!

10 އޮކްޓޯބަރު 2022
ވޯލްޑްކަޕާއެކު ޢަރަބި ޘަޤާފީ ފަތުރުވެރިކަން މެކުހަށް!
25 ސެޕްޓެމްބަރު 2022

ފަތުރުވެރިކަމުން ނަފާ ލިބުން ގުޅިފައިވާ މުރަކަ ބަގީޗާތައް އާލާކުރުން އެކުއެޑޯގައި މެކުހަށް

25 ސެޕްޓެމްބަރު 2022
ފަތުރުވެރިކަމުން ނަފާ ލިބުން ގުޅިފައިވާ މުރަކަ ބަގީޗާތައް އާލާކުރުން އެކުއެޑޯގައި މެކުހަށް
23 ޖޫން 2022

ޔޫކްރެއިން ހަނގުރާމައާއެކު މިޞްރުން އިޔާދަކުރަނިވި ހަކަތަ މެކުހަށް ޖަހައިފި

23 ޖޫން 2022
ޔޫކްރެއިން ހަނގުރާމައާއެކު މިޞްރުން އިޔާދަކުރަނިވި ހަކަތަ މެކުހަށް ޖަހައިފި
14 ޖެނުއަރީ 2020

ލީކްކުރި ''ބަވަތި'' ޔޫޓިއުބްއާ އެފްބީން ނަގައިފި

14 ޖެނުއަރީ 2020
ލީކްކުރި ''ބަވަތި'' ޔޫޓިއުބްއާ އެފްބީން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު