Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމޮޓީ

މޯލްޑިވް ގޭހުން" ޑައިރެކްޓް ޕަރޗޭސްގެ" ތެރެއިން ގޭސް ގަތުމަށް ފެންނަ ކަމަށް ކޮމިޓީން ނިންމައިފި

އެކޮމިޓީގެ އިސްވެރިން އެ ކޮމިޓީއަށް ހާޟިރުކޮށް ސުވާލުކުރުމަށް ވެސް ފާސްކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2019 | އަންގާރަ 12:19
މޯލްޑިވް ގޭހުން ގެންނަ ގޭސް ތަކެއް.

މޯލްޑިވް ގޭހުން ގެންނަ ގޭސް ތަކެއް.

މޯލްޑިވް ގޭސް ކުންފުނީގެ "ޑައިރެކްޓް ޕަރޗޭސްގެ" ތެރެއިން ގޭސް ގަތުމަށް ފެންނަ ކަމަށް ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީ(އެސްއޯއި) ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ މޯލްޑިވް ގޭހުން ތިން ވަނަ ފަރާތުން ގޭސް ގަތުމުގެ ބަދަލުގައި ސީދާ ކުންފުނިން ގޭސް ގަތުމަށް އެ ކުންފުންޏަށް އެންގުމަށެވެ. އެގޮތަށް ސީދާ ކުންފުނިން ގޭސް ގަންނަ ގޮތަށް ހަދައިފިނަމަ ކޮންމެ ފުޅިއަކުން 20 ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

މޯލްޑިވް ގޭހުން އެ ކުންފުނީގެ އުޞޫލާއި ޚިލާފަށް އެލްޕީޖީ މިކްސްޗަރ (ގޭސް) ގަތް މައްސަލައެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެނެސް މައްސަލަތައް ބަލަން ފަށާފައިވާކަން އެ ކޮމިޝަނުން ބުނެފައިވާއިރު އެ ކުންފުނިން ވަނީ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މޯލްޑިވް ގޭސްއަށް ގޭސް ގަތުމަށްޓަކައި ފެށުނީއްސުރެ ސަޕްލަޔަރުން ހޯދާފައިވަނީ ޕްރޮކިއުމެންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ކަމަށެވެ. އެއީ ޖެނެރަލް ޕްރޮކިއުމެންޓްގެ އުޞޫލުގެ ދަށުން "ޑައިރެކްޓް ޕާޗޭސް"ގެ ތެރެއިން "ސްޕޮޓް ކޮންޓްރެކްޓް" ހެދިގެން ކަމަށާއި އެހެންވުމުން ރަނގަޅު ކޮންޓްރެކްޓެއް ހޯދަން ދަތިވާ ކަމަށެވެ.

ގޭސް ސަޕްލައި ކުރާ މިންވަރުގެ އަގު މަތިވަނީ އެފަރާތްތަކުގެ މިނިމަމް އޯޑަރަކީ 2000 ކަމަށްވެފައި ޜާއްޖޭގެ ކެޕޭސިޓީއަކީ 1000 މެޓްރިކްޓަނަށް ވުމާއިގުޅިގެން ކޮންމެ ފަހަރަކު ރާއްޖެއިން އޯޑަރ ކުރަނީ 1000 މެޓްރިކްޓަނަށް ވުން ކަމަށް ވާތީ ކަމަށް ބުނެފައި ވެއެވެ. އަދި ގޭސް އުފުލަމުންދާ ބޯޓުތަކުގެ ތެރެއިން އެންމެ ކުޑަ ބޯޓުގެ ކެޕޭސިޓީ އަކީ 3000 މެޓްރިކްޓަނު ކަމުގައި ވުމުން 1000 މެޓްރިކްޓަނު ސަޕްލައިކުރުމަށް އުޒުރުވެރިވާކަމަށް ވެސް އެ ސިޓީގައި ވެއެވެ. އަދި ގޭސް ޝިޕްމަންޓް ގަންނަން ލިބެނީ ހަތަރު ނުވަތަ ފަސް ދުވަސްކަމާއި އެ ޝިޕްމަންޓް ތިލަފުށީގައި ބަނދަރުކުރާ ދުވަހު ކުންފުނީގެ ޓޭންކުގައި 1000 ޓަނު އެޅެން ނެތްކަމަށްވާނަމަ ކެޕޭސިޓީ ލިބެންދެން ބޯޓު ބާއްވަން ޖެހޭ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އަދި ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެކަން ފާހަގަކޮށް އެ ފަދަ ފުރުޞަތެއް އެ ކުންފުނިން ނުދޭނެ ކަމުގެ ޔަޤީން ކަން މަޖިީހުގެ ރައީސަށް އެ ކުންފުނިން ފޮނުވި ސިޓީގައި ދީފައިވެއެވެ.

އެސްއޯއީ ކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ އިސްވެރިން އެ ކޮމިޓީއަށް ޙާޟިރުކޮށް ސުވާލުކުރުމަށް ވެސް ފާސްކޮށްފައެވެ. ނަމަވެސް އެ ކުންފުނީގެ އިސްވެރިން ކޮމިޓީއަށް ގެންދާނީ ކޮން ދުވަހެއްގައި ކަމެއް އަދި ކޮމިޓީން ނުނިންމައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު