Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓް

ކުންފުނިތަކުގެ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފެށިއްޖެ

މި ވޯކްޝޮޕްގައި ޕްރިވެންޓިވް މެއިންޓެނަންސް ނެތް ކަމަށްވާނަމަ ދިމާވާނެ މާލީ ގެއްލުންތަކާ ބެހޭ ސެޝަންތަކެއް ނަގައިދޭނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 އޮކްޓޯބަރު 2019 | އަންގާރަ 08:20
އެޗްއާރް ކުންފުންޏަކީ ލަންކާގެ ބޮޑެތި ކުންފުނިތަކައް މެއިންޓެނެސް މެނޭޖްކުރާނެ ގޮތް ދަސްކޮށްދެމުން އަންނަ ކުންފުންޏެއް

އެޗްއާރް ކުންފުންޏަކީ ލަންކާގެ ބޮޑެތި ކުންފުނިތަކައް މެއިންޓެނެސް މެނޭޖްކުރާނެ ގޮތް ދަސްކޮށްދެމުން އަންނަ ކުންފުންޏެއް

ސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓްގެ ފަރާތުން ކުރިއަށް ގެންދާ ކުންފުނިތަކުގެ އިމާރާތްތައް މަރާމާތުކޮށް ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މޫކައި ހޮޓެލްގައި ކުރިއަށްދާ މި ބައްދަލުވުން އިއްޔެ ފެށިފައިވާއިރު، ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު އޮތީ 8 ވަނަ ދުވަހުގެ ހަވީރުއެވެ.ސްރީލަންކާގެ އެޗްއާރް ޑިވެލޮޕްމެންޓް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ މެއިންޓެނެންސް އިންޖިނިއަރުންނާއި، މެއިންޓެނެންސް މެނޭޖަރުންގެ އިތުރުން މިދާއިރާގައި މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މަސައްކަތު ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

މިމަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ ބައިނަލްއަގްވާމީ ގޮތުން މިދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ފަރާތްތަކުންނެވެ. އަދި ގިނަގުނަ މުހިންމު މައުލޫމާތުތަކެއް މިމަސައްކަތު ބައްދަލުވުމުގައި ފޯރުކޮށްދޭނެއެވެ.

އޭގެ ތެރޭގައި ޕްރިވެންޓިވް މެއިންޓެނަންސްގެ ބޭނުން ނުހިފާނަމަ އޯގަނައިޒޭޝަންއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެންމެފަހުގެ ޒަމާނީ މެއިންޓެނަންސް މެނޭޖްމެންޓާއި، މެއިންޓެނަންސްގެ ބާވަތްތަކާއި އަދި އަމަލީ ގޮތުން މިކަމުގައި ބޭނުންކުރާ އެކި އުކުޅުތަކާއި ވަސީލަތްތައް ކިޔަވައިދޭނެއެވެ. މީގެ އިތުރުން ޕްރިވެންޓިވް މެއިންޓެނަންސް ނެތް ކަމަށްވާނަމަ ދިމާވާނެ މާލީ ގެއްލުންތަކާ ބެހޭ ގޮތުން މުހިންމު ސެޝަންތަކެއް ނަގައިދޭނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ އެސްޓިއޯ، އެމްޓީސީސީ އަދި ބައެއް ރިސޯޓްތައް ބައިވެރިވެއެވެ. ސްރީލަންކާގެ އެޗްއާރްއިން ބުނީ މީގެ ދެވަނަ ވޯކް ޝޮޕް މާދަމާ ފެށޭނެ ކަމަށާއި،އެ ވޯކްޝޮޕް ކުރިއަށް ދާނީ 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު