Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ އާއި އާސެނަލްއަށް މޮޅެއް

ޗެލްސީ މޮޅުވީ ސައުތުހެމްޕްޓަންއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2019 | ހޯމަ 13:21
ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ސައުތުހެމްޕްޓަންއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

ސައުތުހެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޗެލްސީން ވަނީ 17 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްރަހަމް އެވެ.

މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 24 ވަނަ މިނެޓުގައި ވިލިއަންގެ އެހީތެރިކަމާއެކު މައުންޓް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ލީޑާއެކު ޗެލްސީން ރަނގަޅަށް ކުޅެމުން ދަނިކޮށް 30 ވަނަ މިނެޓުގައި ސައުތުހެމްޕްޓަންއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންގްސްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު މާކޮސް އެލޮންސޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންގޯލޯ ކާންޓޭއެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ސައުތުހެމްޕްޓަންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ އިތުރުވަގުތުގައި ޗެލްސީން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ޕުލިސިކްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބަޓްޝުއާއިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ އޭއެފްސީ ބޯންމައުތުއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޕެޕޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑޭވިޑް ސިލްވާއެވެ.

މި ލަނޑާއެކު އާސެނަލްއިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، އެޓީމުން ވަނީ ބޯޅަ ހިފަހައްޓާ ރަނގަޅު ޑިފެންސެއްވެސް ކޮށްފައެވެ.

މި ހާފްގައި ބޯންމައުތަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތައް ލިބިފައެވެ. ނަމަވެސް އެ ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 8 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ބޯންމައުތު އޮތީ ކުޅުނު 8 މެޗުން ލިބުނު 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު