Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް

ދީނައް ފުރައްސާރަކުރުމާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް

ގުރުއާނުގައި ސައްހަވެފައިވާ ކަންތަކާއި މެދު ސުވާލުއުފައްދާފައިވާ ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2019 | ހޯމަ 07:02
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

އިސްލާމް ދީނައް ފުރައްސާރަކުރުމާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ފަންސާސް ފަސް މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

Advertisement - newsAdvertisement

ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ކަނޑައަޅާފައިވާ ހިނދު "ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި "އެމްޑީއެން" އިން ނެރުނު ރިޕޯޓްގައި މާތްﷲގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ވަހީ ބަސްފުޅާއި ކީރިތި ގުރުއާނުގެ ސައްހަކަން ސާބިތުވެފައިވާ ކަންކަމާއި މެދު ސުވާލު އުފައްދާފައިވާ ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސްކުރެއްވި މެމްބަރުން ވަނީ އިސްްލާމްދީން ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އިސްލާމްދީނާއި ދެކޮޅަށް ނެރޭ މިފަދަ ރިޕޯޓްތަކުގެ މައްސަލަ ބަލަންޖެހޭނެ ކަމަށާއި، އަދި އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ސަރުކާރުން ބަލަންޖެހޭނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އޭނާ މި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. ޝަރީފް ވިދާޅުވީ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، މި ބާވަތުގެ ކަންކަން ދިމާވީމައި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅު އަޅަންވާނެ ކަމަށެވެ.އަދި ފިޔަވަޅު އަޅުއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރަސޫލާއަށް ހަޖޫ ޖެހުމަކީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ވިދާޅުވީ އެމްޑީއޭގެ ރިޕޯޓްގައި ހުރި ހުރިހާ ކަމެއް އޭނާ ކުއްވެރިކުރައްވާ ކަމަށެވެ.

އެންޓި ޓެރަރިޒަމް ގާނޫނު އައުމާއި އެއްކޮށް ބަޔަކު މީހުން މި ކަން ފެންމަތި ކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވީ 2016 ވަނަ އަހަރު 31 ޕޭޖްގެ ރިޕޯޓެއްވެސް އޮތީ އައިސްފައިވާ ކަމަށެވެ. ހައިތަމް ވިދާޅުވީ މިކަން ފެންމަތިވެފައި މި އޮންނަނީ މި ފަހަރު އެންޓިޓެރަރިޒަމް ގާނޫނު އައުމާއި އެއްކޮ ކަމަށާއި، އެންޓި ޓެރަރިޒަމް ޤާނޫނު އައުމާއި އެއްކޮށް ބައެއް މީހުންނަށް ހީވެގެން ދިޔައީ އެ ހިސާބަކުން އެ ބަޔަކު "އިމުއިންވީ"އޭ ކަމަށެވެ. އެބަޔަކަށް ބޭނުންހާ އެއްޗެއް ކިއިދާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޖިލީހަށް ކުއްލި ދެ މައްސަލައެއް ހުށަހެޅުނެއެވެ. އެއީ ނަޝީދު ހުށަހެޅުއްވި މައްސަލައިގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރުވެސް ހުށަހެޅުއްވިއެވެ. އެއްގޮތް ދެ މައްސަލައަށް ވާތީ، ޝަރީފް ހުށަހެޅުއްވި މައްސަލަ އޭނާ ވަނީ އަނބުރާ ގެންދަވާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ބަހުސްކުރެވެމުން އަންނައިރު، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އެ ރިޕޯޓް ކުއްވެރިކޮށްފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރިޕޯޓްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާއިރު، އެ އިދާރާއިން އެ މައްސަލަ ބަލާނެ ކަމަށް ވަނީ ބުނެފައެވެ. ރިޕޯޓްގައި ހުރި ވާހަކަތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކުއްވެރިކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު