Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިިލިސް

އަބޫ ހަނީފް ޑީޕޯޓްކޮށްލި މައްސަލައިގައި، ފުލުހުންނާއި އިިމިގްރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

އިމިގްރޭޝަން އަދި ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2019 | އާދީއްތަ 09:31
ފުލުހުން އަދި އިމިގްރޭޝަން ހާޒިރުކުރާ ކޮމިޓީ ބައްދަލުވުން އޮންނާނީ މިމަހު 15 ވަނަ ދުވަހު

ފުލުހުން އަދި އިމިގްރޭޝަން ހާޒިރުކުރާ ކޮމިޓީ ބައްދަލުވުން އޮންނާނީ މިމަހު 15 ވަނަ ދުވަހު

މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި އަބޫ ހަނީފް ރާއްޖެއިން ޑީޕޯޓްކޮށްލި މައްސަލައިގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ހުސައިން (ހަނަފީ) އާއި ފުލުހުންގެ އިދާރާގެ ބޭފުޅުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އަބޫ ހަނީފް ޑީޕޯޓްކޮށްލި މައްސަލައިގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އާއި ފުލުހުންގެ އިދާރާގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއެވެ.އާދީއްތަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް އުޝާމް މި މައްސަލަ ހުށަހެޅުއްވުމުން، ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު، އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވަމަށެވެ.

Advertisement - newsAdvertisement

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްޗާ އަބޫ ހަނީފް އިމިގްރޭޝަން އިން ޑީޕޯޓްކޮށްލާފައިވަނީ މަނީ ލޯންޑާރ ކުރުމުގެ މައްސަލައާއި ގުޅިގެންނެވެ. އަބޫ ހަނީފްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަނީ ލޯންޑާރކުރުމާއި، އެ ނޫންވެސް ގިނަ ކުށްތަކެއް ކުރިކަމުގެ ތުހުމަތެއެވެ. ފުލުހުންގެ އިދާރާއަށް އެ މައްސަލަ ހުށަނާޅައި އޭނާ ޑީޕޯޓްކޮށްލުމާއި ގުޅިގެން، ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ އިމިގްރޭޝަނަށް އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ހަނަފީ ވިދާޅުވެފައިވަނީ އޭނާ އަކީ ޤާނޫނާއި ޚިލާފްވެފައިވާ މީހެއްކަން އެގުނީ އޭނާ ފުރަން ގޮސް ހުއްޓައި ކަމަށެވެ. އެކަމުގައި އިމިގްރޭޝަނުން އަމަލުކޮށްފައިވަނީ، ކުރިންވެސް އެފަދަ ފަރާތްތަކާއި ދޭތެރޭ އިމިގްރޭޝަނުން ކަންތައް ކުރަމުން އަންނަ އުސޫލުން ކަމަށެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ގާނޫނަށް ފެއްތުމާއި ޑީޕޯޓް ކުރަންޖެހޭނަމަ އެކަން ކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓް ކުރުމާއި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި ބަންގްލަދޭޝްގެ މީހަކު ވެސް ވަނީ ޑީޕޯޓް ކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު