Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން

މިސަރުކާރުން 20،000 އާއިލާއަށް ގެދޮރު ދިނުމަށް ނިންމައިފި

ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދޭންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޮކްޓޯބަރު 2019 | ބުރާސްފަތި 04:49
ފްލެޓްއަށް ފޯމްލުމަށް ރައްޔިތުން ކިޔު ޖެހިގެން

ފްލެޓްއަށް ފޯމްލުމަށް ރައްޔިތުން ކިޔު ޖެހިގެން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 04 ދައުރުގެ ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ.

ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިސަރުކާރުން ފުއްދާނެ ވައުދުތަކުގެ މައުލޫމާތު ހިމެނޭ ސްޓްރެޓަޖިކް އެކްޝަން ޕްލޭން ވަނީ އިފްތިތާހްކޮށްފައެވެ.

Advertisement - newsAdvertisement

ޕްލޭންގައި ބުނީ އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުވައި ދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ އަސްލެއް ކަމަށްވާތީ، މިއީ މިހާރުން މިހާރަށް ވެސް ހައްލުކުރަންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

ޕްލޭނުގައި ލަފާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ (އޭގެ ތެރޭގައި ބިދޭސީން ވެސް ހިމަނައިގެން) ގާތްގަނޑަކަށް 530،000 ކަމަށެވެ. މި ރޭޓުން ބަލާނަމަ 2028 ވަނަ އަހަރު މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ 650،000 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެހެން ކަމަށްވާނަމަ ގޭބިސީއެއްގައި 04 މީހުން އުޅޭނެ ކަމަށް ބެލި ނަމަވެސް އިތުރު 30،000 ގެ ބޭނުންވާނެއެވެ. މުޅި ގައުމަށް ބަލާނަމަ އިތުރު 20،000 ގެ ބޭނުންވާ ކަމަށް ލަފާކުރެވެއެވެ.

މިޕްލޭންގައި ބުނެފައިވާ ގޮތުގައި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ 2023 ނިޔަލަށް 20،000 އާއިލާއަށް އާ ހައުސިން ޔުނިޓްތަކެއް ހޯދައިދީ އެއާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރުން ޕްލޭންގައި ބުނީ، މިދާއިރާގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދޭންޖެހިފައިވުމާއި، މާލެ ތޮއްޖެހިފައިވުމާއި، ބޯހިޔާވަހިކަން ހޯދުމުގައި ޚަރަދު ބޮޑުވުމާއި އިމާރާތްތަކުގެ ފެންވަރު ދަށްވުމާއި އިމާރާތްކުރުމަށް ބޭނުންވާ ފައިސާހޯދޭނެ ގޮތްތައް މަދުވުން އަދި ބޯހިޔާވަހިކަން ފޯރުވައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގާނޫނީ އަދި އިދާރީ އޮނިގަނޑެއް ނެތުން ވަނީ ފާހަގަކޮށްފައެވެ.

ޕްލޭންގައި ބުނެފައިވަނީ މިދާއިރާގައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއްދޭނެ ކަންތައްތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރުން އިތުރުކޮށްގެން ގެދޮރު ހޯދުމުގެ މަގުފަހިކޮށްދިނުމާއި، ގާނޫނީ އިސްލާހުތަކާއި މިކަމުގައި ހަރަކާތްތެރި ވާއިދާރާތަކަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން ސޯޝަލް ހައުސިންގގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ހައްލުތަކުންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ހައްލު ގެނައުން ހިމެނެއެވެ.

މިސަރުކާރުގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުހިފާފައިވާއިރު، ރައީސް ސޯލިހު ވަނީ މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި 4200 ފްލެޓު އަދި އަތޮޅު ތެރޭގައި 5000 ފްލެޓު އަޅަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު