Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފް ކުރަނީ

30 ސެޕްޓެމްބަރު 2019 | ހޯމަ 15:12

މިހާރު ރޭވިފައި އޮތް ގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ދެޓީމު

ލީވާން އަލީ
ލީވާން އަލީ | 30 ސެޕްޓެމްބަރު 2019 | ހޯމަ 15:12
ތިމަރަފުށި އަދި ޓީސީ ބައްދަލުކުރި ސީޒަން ހުޅުވި މެޗުގެ ތެރެއިން

ތިމަރަފުށި އަދި ޓީސީ ބައްދަލުކުރި ސީޒަން ހުޅުވި މެޗުގެ ތެރެއިން

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފްކުރަން ނިންމައިފިއެވެ.

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވާކަން އިއުލާންކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އާއި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ގުޅިގެން ހޯމަ ދުވަހު ޔޫތު މިނިސްޓްރީގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާލުވީ، ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭއިރު ދަތިތައް ހުންނާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ކުރިން ބައިވެރިވާ ރަށްރަށާ ކުރީބައިގައި ބައްދަލުކޮށް ރަށްރަށުން ބޭނުންވާ ކަންކަން އޮޅުންފިލުވާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިޔަށްދާނީ ކައުންސިލްތަކުގެ ބާރާއެކު ބާއްވާ ރަށު ކޮލިފައިން ބުރު ކަމަށާއި، ރަސްމީކޮށް މުބާރާތް ފަށާނީ އެ ކޮލިފައިން ބުރަށް ފަހު ކަމަށެވެ.

ބައްސާމް ވިދާޅުވީ، މިހާރު ރޭވިފައި އޮތް ގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ދެޓީމު ކަމަށާއި، ނަމަވެސް އެކަމަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގަށް ނުގެނެސް ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭންވެސް ވިސްނަމުން އަންނަ ކަމަށާއި، އެގޮތަށް ވިސްނަމުން އަންނަނީ ދިގު މުއްދަތެއްގައި ރަށްރަށުގެ ކްލަބްތަކަށް މާލޭގައި ކުޅެން އުނދަގޫތަކެއް ހުރީމަ ކަމަށެވެ.

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާއިރު، މި އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ މިނިވަން ޗެމްޕިއަންޝިޕް ނުބާއްވަން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2017

އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

07 ޖުލައި 2017
އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް