Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެމިކަލް ގުދަންތަކުގެ މައްސަލަ

ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ނޫޅޭ ތަންތަނަށް ބަދަލުކުރަން ރައީސް އަންގަވައިފި

21 ސެޕްޓެމްބަރު 2019 | ހޮނިހިރު 10:31

ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2019 | ހޮނިހިރު 10:31
ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.

އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދުލުވުމުގައެވެ.

Advertisement - newsAdvertisement

މުލީއާގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މައުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމްއެންޑީއެފްގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވާއިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވާއިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމްއެންޑީއެފުން މިބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިގަވާއިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް ޢަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހު މަޝްވަރާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ހުކުރު ދުވަހުގެ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. އަދި ރައީސް ސޯލިހު ވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް އާދިއްތަ ދުވަހު ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ އަންގަވާފައިވެއެވެ.

ރައީސް އޮފީހުން ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށް އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފައްޓަވާނެ ކަމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވާ ކަމަށެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރައްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2017

އިންޑިއާ އަށް ނުރައްކާކުރާ ނަމަ އެ ޤައުމު ފިޔަވަޅުތައް އަޅާނެ، އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލިގެންދާނެ: ރައީސް ނަޝީދު

08 ޑިސެމްބަރު 2017
އިންޑިއާ އަށް ނުރައްކާކުރާ ނަމަ އެ ޤައުމު ފިޔަވަޅުތައް އަޅާނެ، އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލިގެންދާނެ: ރައީސް ނަޝީދު
04 ޑިސެމްބަރު 2017

އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ

04 ޑިސެމްބަރު 2017
އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ
06 ނޮވެމްބަރު 2017

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

06 ނޮވެމްބަރު 2017
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި
29 އޮކްޓޯބަރު 2017

ގޯއްޗެއް ގަތީމަ އަޖައިބުވެގެން ނޫޅޭ، އަންނަ އަހަރު 4000 އަކަފޫޓުގެ ގޯއްޗެއް ގަންނާނަން: ފަލާހު

29 އޮކްޓޯބަރު 2017
ގޯއްޗެއް ގަތީމަ އަޖައިބުވެގެން ނޫޅޭ، އަންނަ އަހަރު 4000 އަކަފޫޓުގެ ގޯއްޗެއް ގަންނާނަން: ފަލާހު
20 ސެޕްޓެމްބަރު 2017

އާސަންދައިގެ ދަށުން ހިދުމަތްދޭ ތަންތަނަށް ދޭން ހުރި ފައިސާގެ އަދަދު ހާމައެއް ނުކުރި!

20 ސެޕްޓެމްބަރު 2017
އާސަންދައިގެ ދަށުން ހިދުމަތްދޭ ތަންތަނަށް ދޭން ހުރި ފައިސާގެ އަދަދު ހާމައެއް ނުކުރި!
11 ސެޕްޓެމްބަރު 2017

ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް

11 ސެޕްޓެމްބަރު 2017
ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް