Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

އާސަންދައިގެ ދަށުން ހިދުމަތްދޭ ތަންތަނަށް ދޭން ހުރި ފައިސާގެ އަދަދު ހާމައެއް ނުކުރި!

20 ސެޕްޓެމްބަރު 2017 | ބުދަ 08:30

މިހާތަނަށް އާސަންދައިން 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ސެޕްޓެމްބަރު 2017 | ބުދަ 08:30
އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ

އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ

އާސަންދައިގެ ދަށުން ހިދުމަތް ދެމުން ގެންދާ ތަންތަނަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ އަދަދު މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ތަޢާރަފް ކޮށްފައިވާ "ހުސްނުވާ އާސަންދަ ސްކީމް" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އާސަންދަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިގެ ދަށުން ހިދުމަތް ދެމުން ދެމުން ގެންދާ ފާރމަސީތަކަށާއި ހޮސްޕިޓަލްތަކުގެ އިތުރުން ކްލިނިކްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން އަލީ ވިދާޅުވީ އެ މައުލޫމާތުތައް ހާމަކުރަނީ އަހަރު ނިންމުމަށް ފަހު އެ ކުްނފުނިން ނެރޭ އަހަރީ ރިޕޯޓުގައި ކަމަށާއި އެ މައުލޫމާތުތައް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

ހަސަން އަލީ ވިދާޅުވީ ދައުލަތުން އާސަންދަ ކުންފުންޏަށް ދީފައިވާ ބަޖެޓުން މިއަހަރުގެ މިހތަނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ "ހުސްނުވާ އާސަންދަ ސްކީމް" ގެ ހަރަދުތަކަށް ހޭދަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެިއން ބޮޑު ބައެއް ހޭދަ ކޮށްފައި ވަނީ ރާއްޖޭގައި ހުންނަ ފާމަސީތަކަށާއި އަދި ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ހިދުމަތް ދެމުން ގެންދާ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ހިންގާ ފާރމަސީތަކަށް 25 ޕސެމްޓް ހަރަދު ކުރެވިފައިވާއިރު ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް 20 ޕަސެންޓް ހަރަދު ކުރެވިފައިވާ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ.

އާސަންދަ ސްކީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާރމަސީތަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައާއި އަދި އެހެން ފީގެ ގޮތުގައި އާސަން އަށް ބޮޑެތި ފީތަކެއް ދައްކަން ޖެހޭ ގޮތަށް ނިޒާމަށް ބަދަލު ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ހަސަން އަލީ ވިދާޅުވީ ފާމަސީތަކުން އަދި ފީއެއް ނެގުމަށް އަންގާފައި ނުވާ ކަމަށާއި އަދި އެފަދަ ކަމެއް އަދި ތަންފީޒް ނުކުރާ ކަމަށެވެ. ނަމަވެސް ނިޒާމަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ.

ހަމައެހެންމެ އާސަންދަ ކުންފުނީގެ ކޮރޮޕްޝަންގެ މައްސަލަތަކެއް އޭސިސީން ބަލަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަސަން އަލީ ވިދާޅުވީ މުއައްސަސާއެއްގެ ތެެރެއިން ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމެއް އޭސީސީން ބަލަން ޖެހޭނެ ކަމަށާއި އެގޮތުގެ މަތިން އާސަންދައިން ކުރާ މަސައްކަތްތައް ވެސް ތަހުގީގު މުއައްސަސާތަކުން ބެލުމަށް އެދޭ ކަމަށެވެ. އަދި ތަހުގީގީ މުއައްސަސާތަކުން ބެލުމުން އެއްވސް ކަމެއް ގޯސްކޮށް ހިނގާފައި ވާނަމަ އެކަން އެނގޭނެ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް