Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިފްކޯ

ބަލި ބަލި މިފްކޯ ގޮވައިގެން އަމްރު ކުރާ ދަތުރު

މިފްކޯ އޮތީ 1977 ވަނަ އަހަރު އުފެއްދި ގޮތަށް އޭރުގެ ޓެކްނޮލޮޖީއާ ވަސީލަތްތަކާއެކު 42 އަހަރު ފަހަތުގަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2019 | ބުދަ 19:40
މިފްކޯގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންނަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިފްކޯގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންނަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މަލަމަތިން ފެނުނީ ބާ ދަގަނޑެވެ. ވީރާނާކަމެވެ. މި ދައްކަނީ ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރިއަލް ރަށް ކަމަށްވާ ފެލިވަރުގެ ވާހަކައެވެ. މަސް ދޯނިފަހަރު ފިފްތު ޖެނެރޭޝަންގައި އުޅޭއިރު މިފްކޯ އޮތީ ޖަޕާނުގެ ނިޕޯން ކޯޕަރޭޝަންއާއި ދިވެހި ސަރުކާރު ގުޅިގެން 1977 ވަނަ އަހަރު އުފެއްދި ގޮތަށް އޭރުގެ ޓެކްނޮލޮޖީއާ ވަސީލަތްތަކާއެކު 42 އަހަރު ފަހަތުގައެވެ.

"މީ މިތަން މިއޮތީ މިތަން އުފެއްދި ދުވަހު އޮތްގޮތަށް މަރާމާތެއް ކަމެއްވެސް ކުރަނީއެއް ނޫން"ފެލިވަރުގައި 42 އަހަރު މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ކޯލްޑް ސްޓޯރޭޖް ނޫސްވެރިންނަށް ދައްކާލަމުން ބުންޏެވެ.

"އެއްވެސް މެނޭޖްމަންޓަކުން މިހާތަނަށް މިކަމަކާ ނޫޅޭ"ތަނަށް ޖެހިފައިވާ ކުލުނު އިހުސާސް ކުރެވޭފަދަ ހިތްދަތި ރާގެއްގައި އަބްދުﷲ ބުންޏެވެ.

750 މެޓްރިކް ޓަނުގެ މަސް ގަނޑު ކުރެވޭނެ ފިނި ގުދަނަކާއި, 10 މެޓްރިކް ޓަނުގެ ހަތަރު އާރްއެސްޑަބްލިއު ސިސްޓަމާއި 158،400 މަސް ދަޅު ގުދަންކުރެވޭނެ ގާބިލުކަމާއި 40 މެޓްރިކް ޓަނުގެ ފިޝް މީލް ރައްކާ ކުރެވޭނެ ވަސީލަތާއި މަސް ގަންނަ ދެ ބޯޓާއި 50 މެޓްރިކް ޓަނުގެ ދަޅު ބަންދުކޮށްލުމާއި 15 ޓަނުގެ ޕައުޗް (ޕެކެޓް މަސް) ބަންދު ކުރެވެން ހުރެއޭ ބުނެލުމުން މިފްކޯގެ ގާބިލުކަން މިވަގުތު ހުރި މިންވަރު އެއްކޮށް ކިޔައިދީ ނިންމާލެވުނީއެވެ.

މިއީ ދިވެހި މަސްވެރިން ކުރިއަރާފައިވާ މިންވަރާ ބަލާއިރު ދައުލަތުގެ މަސްކުންފުންޏަށް މަސްވެރިންގެ ހިތްހަމަޖެހޭ މިންވަރާ ގާތަށްވެސް ޚިދުމަތްދެވޭނެ މިންވަރުގެ ގާބިލުކަމެއް ނޫނެވެ. އެންމެ ދޯންޏަކުންވެސް ދުވާލަކު މަދުވެގެން 10 ބާރަ ޓަނު ކިރުވަން އަންނައިރު މިފްކޯގެ ކެޕޭސިޓީއަކީ ދުވާލަކަށް 50 ޓަނެވެ. މަސްވެރިކަން ރަނގަޅުވެއްޖެނަމަ ދޯންޏަކުން 30 ޓަނު ބާނައިގެންވެސް އާދެއެވެ.

މިފްކޯގެ ހާލަތާ ގުޅޭގޮތުން މިފްކޯގެ ބެލެނިވެރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ނޫސްވެރިންނަށް މައުލޫމާތުދެއްވީ މިފްކޯގެ މަސްކިރާ އެންމެ ބޮޑު ބޯޓް މިފްކޯ 101 ގައެވެ. ބޯޓޭ ވިދާޅުވެ އަމްރު މައުލޫމާތެއް ދެއްވުމުގެ ކުރިންވެސް އޭގެ ހާލަތު އިހުސާސްކުރެވެއެވެ. ބާގަނޑު ގަނޑު ހެދިފައި އެ ބޯޓަށް މަސްކިރާތޯވެސް ހިތުގައި ސުވާލުއުފެދުނެއެވެ.

"މިއީ އަޑިއަށް ދާން ކައިރިވެފައިވާ އެއްޗެއް. އަޑިއަށް ކޮންކްރީޓް އަޅަމުން ގޮސް ވަރަށް ހާލުގަ މިއޮތީ. މިއީ 100 ޓަނުގެ މަސް ފިނި ކުރެވޭ ބޯޓެއް. އެކަމަކު ބޯޓު އަޑިއަށް ހިނގައިދާނެތީ މިހާރު ގަންނަނީ 30 ޓަނުގެ މަސް،"އެ ވާހަކަ ވިދާޅުވުމުން ބޯޓުގައި އަމްރު ބަހައްޓާފައި ނުދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެ ވިދާޅުވިއެވެ.

މިފްކޯގެ ދުވަސްވީ މުވައްޒަފަކު ބުނިގޮތުގައި އެއީ 2005 ވަނަ އަހަރު މިފްކޯއިން ބޭނުންކުރަންފެށި ބޯޓެކެވެ. ބަޔަކު ބޭނުންކޮށްފައިވާ ބޯޓެއް ނަމަވެސް މިފްކޯއަށް ގަތްއިރު އެ ބޯޓަކީ ސީ ވޯތިނެސް (ކަނޑުގައި ދުއްވަން އެކަށީގެންވާކަން ކަށަވަރުކުރެވިފައި) ވާ ބޯޓެކެވެ.

ދަރަނީގެ މައްސަލަތައް ބޮޑުވެ ބަނގުރޫޓު މިބަސް ބޭނުން ނުކޮށް އެސްޓީއޯގެ ދަށަށް މިފްކޯ ގެންދިޔައީ ނިމިގެންދިޔަ ސަރުކާރުގެ ދުވަސްވަރުއެވެ. އެދުވަހާ ހަމައަށް މިފްކޯ އެހާލަތަށް ގޮސްފައިވަނީ އޭގެ ކުރިންވެސް އަޅާނުލެވިގެންނެވެ. މިފްކޯގެ މާޒީ އެހެން އޮތް ނަމަވެސް މަސްވެރިންނަށް އުފާރި ޚަބަރެއް އަމްރުދެއްވިއެވެ.

"ފަންޑު އެބަހުރި ހަމަޖެހިފައި، އެއް ކަމަކީ ފެކްޓަރީ އެކްސްޕަންޑްކުރުން. އޭގެ ތަފްސީލަށް އަދި ފަހުން ދެވޭނެ. އޭގެކުރިން މިވަގުތަށް ކުރަން ހުރިކަންކަންވެސް މިދަނީ ކުރަމުން"މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއެކު ހުންނަވައި އަމްރު ނޫސްވެރިންނަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ކޭނަރީ ބޮޑުކުރުމުގެ މަސައްކަތްވެސް ހިނގައި ގަންނާނެއެވެ.

މިފްކޯއިން މިހާރު ގަންނަ މަސްޖެހެނީ ޓަނަކުން 400 ޑޮލަރު ގެއްލުމުގައި ތައިލެންޑަށް ވިއްކާށެވެ. ފެލިވަރަށް ވަޑައިގެން މަސްވެރިންގެ ދޯނިތަކަށް އަރާވަޑައިގެން ޝަކުވާތައްވެސް އައްސަވަމުން ގެންދަވާއިރު އަމްރުގެ މިވަގުތު އެންމެ ބޮޑު އަމާޒަކަށް އޮތީ އެކަން ބަދަލުކޮށް ސީދާ މިފްކޯށްއަށް މަސްވެރިންގެ އަތުން މަސްގަތުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

18 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު