Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެންމެ އުއްމީދީ ނޫސްވެރިޔާ

އެންމެ އުއްމީދީ ނޫސްވެރިޔާ އުއްމީދުން ފުރިފައި

18 ސެޕްޓެމްބަރު 2019 | ބުދަ 14:38

ނޫސްވެރިކަމުގެ ދާއިރާ އަށް ވަނީ 2016 ވަނަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް | 18 ސެޕްޓެމްބަރު 2019 | ބުދަ 14:38
އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އެކު ނަޖާހު

އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އެކު ނަޖާހު

ފޮތް ލިޔުމާއި، ޝަރުއީ ދާއިރާގެ ހަބަރުތަކަށް ޝައުގުވެރިކަން ހުންނަ އުމުރުން 22 އަހަރުގެ ނަޖާހު މަސްއޫދަކީ ނޫސްވެރިކަމުގެ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާ ޒުވާން ނޫސްވެރިންތަކުގެ ތެރެއިން ގުނާލެވޭ ނޫސްވެރިއެކެވެ.

ކުޑައިރުއްސުރެ އޭނާގެ ޝައުގުވެރިކަން ހުރީ ލިޔުމުގެ ދާއިރާއިން ދެވުނު އެންމެ ކުރިޔަށް ދިޔުމަށެވެ. މީގެ ތިން އަހަރު ކުރިން 2016 ވަނަ އަހަރު ''ވާނުވާ'' ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތް ނަޖާހަށް މި ދާއިރާއާ ބެހޭ މާބޮޑު މައުލޫމާތެއް ތަޖުރިބާއެއް ލިބިފައެއް ނެތެވެ. ނަމަވެސް، ސަން އޮންލައިންގައި މަސައްކަތްކުރާ ނަޖާހު މިއަދު ވަނީ މި ދާއިރާގެ މަސައްކަތް ކުރާ އެތަކެއް ނޫސްވެރިންގެ ފަހަތަށް ޖައްސާލުމަށްފަހު އުއްމީދީ ނޫސްވެރިޔާގެ އެވޯޑް އުފުލާލާފައެވެ.

އާދިއްތަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ސަން އޮންލައިންގެ ނަޖާހު އުފުލާލީ 2018 ވަނަ އަހަރު އެ ދާއިރާ އަށް ނިކުތް ދެ ނޫސްވެރިންނާ ވާދަކުރުމަށް ފަހުއެވެ. ނަޖާހު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަށް އޭނާ ނެރެދީ ދާއިރާއަށް ''އެޑިކްޓް'' ކުރުވި ތަނަކީ ސަން އޮންލައިންއެވެ.

ވަގުތު ނޫހުގައި މަސައްކަތްކުރަމުން ދަނިކޮށް ލިބުނު ފުރުސަތުގައި ނަޖާހު ސަންއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އާންމު ގޮތެއްގައި ނަޖާހު ކަވަރކޮށް އުޅެނީ ސިޔާސީ ދާއިރާ އާއި ޝަރުއީ ދާއިރާއެވެ. ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ ހަބަރުތައް އޭނާ ގެނެސްދީފައި ހުންނަނީ މީހުންގެ ހިތްތަކާއި ކުޅޭލާ ގޮތަކެވެ. ރިޕޯޓްތަކުގައި އޭނާ ގެންގުޅޭ ބަހުރުވަ އާއި ލިޔުމުގެ ވައްޓަފާޅިއަކީ މި ދާއިރާގެ އެހެން ނޫސްވެރިންނާ ތަފާތުކޮށްލާ ކަމެކެވެ.

މިހާ ހިސާބަށް އޭނާ އަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކުއެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް އެހީތެރިކަމެއް ލިބިފައިވަނީ ސަންގެ އެޑިޓަރ މާހިލް މުހައްމަދާއި، ފާތިމަތު ސައީދު އަދި އެ ނޫހުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) އެވެ. އެއްކޮށް މަސައްކަތް ކުރާ ނޫސްވެރިންގެ ތެރެއިން މުޒައްޔިން (ޓެޑް) އަކީ ނަޖާހުއާއި އެކު އެންމެ ގާތްކޮށް މަސައްކަތް ކުރާ ނޫސްވެރިންގެ ތެރެއިން އެއް ނޫސްވެެރިއެކެވެ.

ނަޖާހު ބުނީ، އޭނާ އަށް މި އެވޯޑް ލިބުމުގައި ހިރިގާ ޒާހިރު ދިން ހިތްވަރާއި ނާއިފް އަހުމަދުގެ އެހީތެރިކަން ލިބިފައިވެއެވެ.

ނަޖާހުގެ ނަޒަރުގައި ނޫސްވެރިކަމަކީ މޭޒު ދޮށުގައި ހުރެގެން ފެކްޓްރީ ވޯކަރ އެއް ގޮތުގައި ހަބަރުތައް ލިޔުމެއް ނޫނެވެ.

ސަންގެ އެޑިޓަރު ނާއިފް އަހުމަދު ބުނީ، ނަޖާހު އަކީ އެ ނޫސް ޓީމުގެ އެންމެ މުހިއްމު އެ މެމްބަރު ކަމަށެވެ. އޭނާ އަކީ ހަބަރުތައް ލިޔާއިރު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު މައްސަލަ ވަރަށް ރަނގަޅަށް ގެނެސްދޭ ނޫސްވެރިއެއް ކަމަށް ނާއިފް ބުންޏެވެ.

އޭނާ ބުނީ، ނަޖާހު އަކީ އަންމުކޮށް ނޫސްވެރިން ޝައުގުވެރިކަން ނުހުންނަ މައްސަލަތަކަށް ''ޖަމްޕު'' ކުރާ ހިތްވާ މީހެއް ކަމަށް ނާއިފް ފާހަގަކުރިއެވެ. ނާއިފް ބުނީ، ނަޖާހު އަށް އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ލިބިގެން ދިޔައީ، އަމިއްލަ މަސައްކަތުން ކަމަށެވެ.

ނަޖާހު އާއި އެއްކޮށް މަސައްކަތް ކުރާ ފާތިމަތު ސައީދު (ފާތުން) ސިފަކުރަނީ ނަޖާހު އަކީ މޮޅު ނޫސްވެރިއެއްގެ ގޮތުގައެެވެ. އޭނާ ބުނީ، ނަޖާހު އަކީ ހަބަރު ނުވަތަ ރިޕޯޓެއް ލިޔުނަސް އަބަދުވެސް ހިޔާލު ހޯދައިގެން އެކަން ކުރަން ބޭނުންވާ މީހެއް ކަމަށެވެ.

ނަޖާހުގެ އެންމެ ބޮޑު މަގްސަދަކީ ކުރިޔަށް އޮތްތާގައި އޭނާގެ ލިޔުންތައް މިހާރަށްވުރެ ރަނގަޅަށް ކިޔުންތެރިންނަށް ގެނެސް ދާއިރާގައި ދެވޭ އެންމެ މައަޗަށް ދިޔުމެވެ. އަލަށް ނޫސްވެރިކަމުގެ ދާއިރާ އަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ނަޖާހު ދޭން ބޭނުންވާ މެސެޖަކީ، މި ދާއިރާއިން ކާމިޔާބު ހާސިލްކުރަން ބޭނުންވާނަމަ އާ ކަންތައްތަކެއް ހޯދައި މީހުންގެ ހިތް ދަމައިގަންނަ ގޮތަށް ހަބަރުތައް ގެނެސްދިނުމަށެވެ. އަދި ޝައުގުވެރިކަމާއި އެކު މަސައްކަތް ކޮށްފި ކޮންމެ ދެން އަންނަ އަހަރު އެވޯޑް ހޯދުމުގެ ފުރުސަތު އޮންނާނެ ކަަމަށެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2024

އުއްމީދީ ސަރުކާރާއެކު ރައްޔިތުންނަށް ކޮޅުކެހި

01 ޖުލައި 2024
އުއްމީދީ ސަރުކާރާއެކު ރައްޔިތުންނަށް ކޮޅުކެހި
18 ޖެނުއަރީ 2024

އޮރިޔާންކޮށްގެން އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާގެ ދުލުން...

18 ޖެނުއަރީ 2024
އޮރިޔާންކޮށްގެން އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާގެ ދުލުން...
16 ޑިސެމްބަރު 2023

އަލްޖަޒީރާގެ ނޫސްވެރިޔާ ސާމިރު ޝަހީދުކޮށްލުމާ އެކު އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 90 އިން މައްޗަށް

16 ޑިސެމްބަރު 2023
އަލްޖަޒީރާގެ ނޫސްވެރިޔާ ސާމިރު ޝަހީދުކޮށްލުމާ އެކު އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 90 އިން މައްޗަށް
01 ޖޫން 2023

ކިޔަވާ ކުދިންނަށް އަނެއްކާވެސް ރައީސްގެ އުއްމީދީ ނިންމެވުމެއް

01 ޖޫން 2023
ކިޔަވާ ކުދިންނަށް އަނެއްކާވެސް ރައީސްގެ އުއްމީދީ ނިންމެވުމެއް
16 ޖެނުއަރީ 2023

ނަންބަރުތަކުން ދައްކަނީ ފަތުރުވެރިކަމަށް އުއްމީދީ އަހަރެއް!

16 ޖެނުއަރީ 2023
ނަންބަރުތަކުން ދައްކަނީ ފަތުރުވެރިކަމަށް އުއްމީދީ އަހަރެއް!
12 މެއި 2022

"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް

12 މެއި 2022
"ޕްރެސް" ޖެކެޓް އަޅައިގެންވެސް ފަލަސްތީނުގެ ބިމުގައި ނޫސްވެރިޔާއަށް ލިބުނު ހިމާޔަތެއް ނެތް
31 މާރިޗު 2022

ޖަޕާނުގެ އެކި ސަރަހައްދުތައް ޗެރީ ބްލޮސޮމްއިން ފުރިފައި

31 މާރިޗު 2022
ޖަޕާނުގެ އެކި ސަރަހައްދުތައް ޗެރީ ބްލޮސޮމްއިން ފުރިފައި
17 މާރިޗު 2022

ބްރެޒިލްގެ ރިއޯ ޕްލާސްޓިކުން ފުރިފައި

17 މާރިޗު 2022
ބްރެޒިލްގެ ރިއޯ ޕްލާސްޓިކުން ފުރިފައި
03 ފެބުރުއަރީ 2020

ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނަނީ މިހެންވެ!

03 ފެބުރުއަރީ 2020
ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެޔޭ ބުނަނީ މިހެންވެ!
05 ޖެނުއަރީ 2019

ވިލިމާލެ ފެރީ ޓާމިނަލް ފަޅުތެރެ ކަޅު ޓަޔަރުން ފުރިފައި!

05 ޖެނުއަރީ 2019
ވިލިމާލެ ފެރީ ޓާމިނަލް ފަޅުތެރެ ކަޅު ޓަޔަރުން ފުރިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް