Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި ޓްރެފިކްކުރުން

އެންސިސް ތެރެއިން އަތުލައިގަތް 5 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތެއްނުވި

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ އެންމެ މީހެއްގެ މައްޗަށް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2019 | ބުދަ 07:41
މި މަައްސަލައިގައި ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

މި މަައްސަލައިގައި ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

މީގެ ދެ އަހަރު ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި, އެންސިސްގެ ގުދަނެއްގެ ތެރެއިން އަތުލައިގަތް ފަސް ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ، ގދ.ވާދޫ އަސްރަފީގެ، މުހައްމަދު ޝަރީފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައި ވަނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

މައްސަލައިގެ ދައުވާގެ ހުލާސާއަށް ބަލާލާއިރު، މި މައްސަލައިގައި ހިމެނޭ މުހައްމަދު ޝަރީފް ހުޅުމާލޭ އެމްޕީއެލް ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 ނޮވެމްބަރު 2017 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މުހައްމަދު ޝަރީފްގެ މައްޗަށް ފުލުހުން ކޯޓު އަމުރެއް ނަގާފައިވަނީ، ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ފެނިފައިވަނީ މުހައްމަދު ޝަރީފް އޭރު މަސައްކަތްކުރަމުން ދިޔަ އެންސިސްގެ، M29 ގުދަނުގެ ތެރެއިންނެވެ. އެމަސްތުވާތަކެތި ފެނިފައިވަނީ އެ ގުދަނަށް ވަންނަ ދޮރާ ދިމާލު ކަނާތް ފަރާތުގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރެއިންނެވެ. އެ ފޮށިގަނޑުގެ ތެރޭގައި އޮތް ހުދު ފޮތިގަނޑެއްގެ ތެރެއިން 23 ރަބަރު ގަނޑު ނަގާފައިވާއިރު، އޭގައި ހުރި ކެނެބިސްގެ ޖުމްލަ ބަރުދަނަކީ 2205 ގްރާމު (2.2 ކިލޯ) ފުލުހުން ބުނެފައިވެއެވެ. ހަމަ އެ ފޮށިގަނޑުގެ ތެރެއިން ނެގި އިތުރު ހުދު ކުލައިގެ ފޮށިގަނޑެއްގެ ތެރެއިން ނެގި އިތުރު 28 ރަބަރު ގަނޑުގައި 2725 ގްރާމު (2.7 ކިލޯ) ކެނެބިސް ހުރި ކަމަށް ވެސް އެތަކެތީގެ ތަހުލީލު ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މުހައްމަދު ޝަރީފް އޭރު އަދާކުރަމުން ދިޔައީ އެ ގުދަނުގެ ސުޕަވައިޒަރުގެ ވަޒީފާއެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީން ހިމެނޭއިރު، މިމައްސަލައިގެ ތުހުމަތުގައި ބަންދުކުރެވުނު އެކަކު މައްސަލައިގެ ޝަރީއަތަށް ހާޒިރުކުރަން ބެލިއިރު ވަނީ ރާއްޖެއިން ފުރައިގެންގޮސްފައެވެ. ކޯޓުގައި ހެކިބަސް ދިން ފުލުހުންގެ ހެކިބަހަށް ބަލާއިރު، މިތަކެއްޗަކީ މުހައްމަދު ޝަރީފް ބުނެގެން ބެހެއްޓި ތަކެތި ކަމަށް ބުނެފައިވަނީ އެމީހާކަން އެނގެން އޮވެއެވެ.

މިތަކެތި ފެނުނު ގުދަނަށް ބަލާއިރު، އެ ގުދަނަކީ އެންސިސްގެ ގިނަ މުވައްޒަފުންތަކަކަށް ވަދެވޭނެހެން އޮންނަ ތަނެއް ކަމަށާއި، އެތަނުގެ ތަޅުދަނޑިއާ ހަވާލުވެގެން ހުންނަނީ މުހައްމަދު ޝަރީފް ނޫންކަންވެސް ހެކިންގެ ހެކިބަހުން ވަނީ ފާހަގަވެފައެވެ. އެގުދަނުގެ ތަޅުދަނޑިއަކީ މެއިންޓެނަންސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ލިބޭ ތަޅުދަނޑިއެކެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ނަމަ މީހެއްގެ ހިޒާޔަތުގެ ތެރޭގައި ހުރި ތަނެއްގައި ހުރި ތަކެތީގެ ޝަރުއީ ޒިންމާ ނަގަން ޖެހޭނީ، އެތަނަކީ ސީދާ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ވާނަމައެވެ.

ގުދަން ތެރެއިން ފެނުނު މަސްތުވާތަކެތިން މުހައްމަދު ޝަރީފްގެ ފިނގަރ ޕްރިންޓް ހުރިކަމަށް، ދައުލަތުން ހުށައަޅާފައިވާ ލިޔެކިތުންތަކުން އެނގެން ނެތްކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޙައްސާސްކަން ބޮޑު މައްސަލައެއްގައި، ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކުރުމަށް ފަހު، އެ ގުދަން ތެރެއިން ފެނުނު މަސްތުވާތަކެއްޗަށް މި މައްސަލައިގެ ތުހުމަތުކުރެވުނު މުހައްމަދު ޝަރީފް ޒިންމާނަގަން ޖެހޭ ގާނޫނީ އަދި ޝަރުއީ އަސާސެއްނެތްކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާ ބެހޭގޮތުން ފުލުހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ތިން ވައްތަރެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކްރިސްޓަލް މެތް، ހެރޮއިން އަދި ހެޝިޝް އޮއިލް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގައި ހިމެނެނީ ކެނެބިސް އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު