Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ހައްގުތައް ބޮޑަށް ހަނިކޮށްފައެއްނުވޭ

ޓެރަރިޒްމް މަނާ ކުރުމުގެ ބިލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އަންނަ ނަތީޖާ މުޅިން ތަފާތުކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2019 | އަންގާރަ 04:43
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ބަޔާންކޮށްފައިވާ ބޮޑެތި ހައްގުތައް މާ ބޮޑަކަށް ހަނިކޮށްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެއްޖެއެވެ.

އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޓެރަރިޒްމް މަނާކުރުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަހުމަދު އަބްދުﷲ ވިދާޅުވީ، ޓެރަރިޒަމް މަނާ ކުރުމުގެ ބިލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އަންނަ ނަތީޖާ މުޅިން ތަފާތު ކަމަށެވެ. ހަނު ހުރުމުގެ ހައްގު މިސާލެއްގެ ގޮތުގައި ނަންގަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އޮތް ގޮތުން އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވިއްޖެނަމަ، ކޮންމެވެސް މިންވަރަކަށް ހަނުހުރުމުގެ ހައްގު ހަނިކުރެވޭ ކަމަށެވެ. އަދި ކުރީގެ ގާނޫނު އޮތް ގޮތުން ތުހުމަތުކުރެވޭ ފަރާތާއި ދެކޮޅަށް ޝަރީއަތުގެ މަރުހަލާހަގައި އެ ހައްގު ބޭނުން ކުރެވިދާނެ ހުއްޖަތެއް ގޮތުގައި ނެގިދާނެ ކަމަށެވެ. ނަމަވެސް މިހާރު ހުށަހެޅިފައިވާ އިސްލާހުގައި އެ މާއްދާ ބާތިލް ކުރެވޭނެ ކަމަށެވެ. އަހުމަދު އަބްދުﷲ ވިދާޅުވީ ޓެރަރިޒަމް ގެ އަމަލެއް ކަމުގައި ވީނަމަވެސް ތުހުމަތު ކުރެވޭ މީހާ ހަނު ހުރުމަށް ބޭނުންވާ ނަމަ އެ ހައްގު އެމީހެއްގެ ކިބައިން ނިގުޅައި ގަތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ޑިމޮކްރާތީ އެއްވެސް ގައުމެއްގައި ހިފައްހައްޓާފައިނުވާ މިންވަރަކަށެއް ގެނެވޭ އިސްލާހުތަކުގެ ސަބަބުން މާ ގިނަ ހައްގުތަކެއް ހިފެހެއްޓިފައި ނުވާނެ ކަމަށެވެ.

ނަމަވެސް ޓެރަރިޒަމްގެ ކުށްތަކަކީ ބޮޑެތި ކުށްތަކަކަށް ވުމުން އެ ބާވަތުގެ ކުށްތައް މުޅިން ހުއްޓުވުމަށް ބައެއް އަސާސީ ހައްގުތައް ހަނިކުރުމަކީ އެއްވެސް ގައުމަކުން ނުކުރާކަމެއް ކަމަށް ނުބުނެވޭނެ ކަމަށް އަހުމަދު އަބްދުﷲ ފާހަގަ ކުރެއްވިއެވެ. އަހުމަދު އަބްދުﷲ ވިދާޅުވީ އާދަޔާ ޚިލާފު މިންވަރަކަށް އެއްވެސް ހައްގެއް ހަނި ކުރެވިފައިނުވާ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިފައިވާއިރު ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް ހައްޔަރު ކުރެވޭނެ ގޮތަށް ބިލުގައިވަނީ ހިމަނާފައެވެ. އަދީ މީގެ އިތުރުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ ޢަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް، އެފަދަ ޢަމަލުތަކުން ދުރުކޮށް، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވުމަށްޓަކައި، ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ވެސް ބިލުގައި ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު