Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަސޭހަ ވިސާ: ޝާހިދުގެ ދަތުރުތަކުގެ ނަތީޖާ

މިނިސްޓަރ ޝާހިދުގެ މަސައްކަތުން ގިނަ ގައުމުތަކަކަށް ވިސާގެ ލުއިތަކެއް ވަނީ ލިބިފައި

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2019 | ހޮނިހިރު 13:10
ޝާހިދު ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޝާހިދު ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޚާރިޖީ ކަންކަމާ ތިމާއާ ގުޅޭކަން ބައެއް މީހުންނަށް ޔަގީންކުރެވެނީ ވިސާގެ ދަތިކަން ތަޖުރިބާކުރެވުނީމައެވެ. ވޭތުވެދިޔަ ވެރިކަމުގެ ދައުރުގައި ދިވެހިން އެކަން ތަޖުރިބާކޮށްފިއެވެ. އިންޑިއާގައި ދަރިންނަށް ކިޔަވައިދޭން ތިބި އެތައް ބަޔަކު ވިސާގެ މައްސަލައިގައި އެނބުރި ރާއްޖެ އައިސްފައިވެއެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގައި ވިސާނުލިބުނުކަމުގެ ވޭން ތަހައްމަލް ކުރަން ޖެހުނެއެވެ.

ލަންކާގެ ބޮމުގެ މައްސަލައިގައި ދިވެހިންނަށް ވިސާގެ މައްސަލަ ދިމާވީ މި ވެރިކަމުގައެވެ. ނަމަވެސް މި މައްސަލަ ކޮނޑުއަޅައިގެން ދިވެހި ސަރުކާރު ތެދުވިތަން ފެނުނެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަތުރުފުޅުތަކާއި ޒިޔާރަތްކުރެއްވުމުގެ ވާހަކަ ސުރުޚީތަކަށް އަރަމުން ދިޔައެވެ. ބޮމުގެ ޙާދިސާއަށްފަހު ބޭރުގެ އެންމެ އިސްވެރިޔަކަށް ލަންކާއަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ޝާހިދެވެ. އެ ދަތުރުފުޅުގައި ވަޑައިގެން ލަންކާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، ދިވެހިންނަށް ވިސާ ލުއިފަސޭހަކުރުމާއި، ދިމާވާ ދަތިތައް ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިއަދު މިވަނީ އޭގެ ފޮނި ނަތީޖާ ފެނިފައެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަމާއި، ޚާރިޖީ ވަޒީރުގެ ގާބިލްކަމާއި ޑިޕްލޮމެސީގެ ކާމިޔާބުކަން ފެނިފައެވެ. ނުވަދިހަ ދުވަހުގެ އޮންއެރައިވަލް ވިސާ ލަންކާއިން ދިވެހިންނަށް ލިބިފައެވެ. މީގެ އިތުރުން ލަންކާގައި ކިޔަވަންތިބޭ ކުދިންގެ މާމައިންނާއި ކާފައިންނަށް ވެސް ފަސޭހަ ވިސާ ވަނީ ލިބިފައެވެ. ލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މިކަމާބެހޭ އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައެވެ. މިއީ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުތަކާއި ޚާރިޖީ ހިންގުންތެރިކަމުގެ ފޮނި މޭވާއެވެ. "މާމަ ކާފަ ވިސާ" ލަންކާއިން ހޯދުމަށް މަސައްކަތްކުރައްވާ ވާހަކަ ރާއްޖޭގެ ސީނިއަރ ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝާހިދު މީގެ ކުރިން ވިދާޅުވިއެވެ. މާގިނަ ދުވަހެއް ނުވެ އެކަން އެވަނީ ހަމަޖެހިފައެވެ.

އާއިލާއާ އެކު ލަންކާގައި އުޅެމުންދާ ފާތުމާ މަނިކެ ބުނިގޮތުގައި، މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ޚާރިޖީ ވުޒާރާއަކީ ފާތުމާ މަނިކެއާ އާއިލާއަށް ވެސް ޚިދުމަތްކުރާ ތަނެއްކަމަށް އޭނާއަށް މިހާރު ގަބޫލުކުރެވޭކަމަށް އޭނާ ބުންޏެވެ. އޭނާ އެދެނީ އަލަށް ހަމަޖެހުނު އުސޫލުގެ ދަށުން ވިސާ ހޯދުމުގައި، ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދައުރު އިތުރުކުރުމަށެވެ.

ޚާރިޖީ ސިޔާސަތަކީ ގައުމުތަކުގެ މެދުގައި ގުޅުން ގާއިމުވުމަށާއި ރަނގަޅު ގުޅުމެއް ދެމިއޮތުމުގެ އިތުރުން ގައުމުތަކުގެ ރައްޔިތުންނަށް އެތައް ލާބަޔަކާއި މަންފާތަކެއް ލިބިދޭ އެއްޗެކެވެ. ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ތެރެއިން ގާބިލްކަން ބޮޑު ބޭފުޅުން ދުނިޔޭގެ ސަފުގައި މަޝްހޫރުވެފައިވަނީ މިފަދަ އެތައް ސަބަބަކާ އެކުގައެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފެށުނުއިރު ރާއްޖޭގެ ޚާޖިރީ ސިޔާސަތު ނީލަމުގައި އޮތްކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އީރާނާއި ޤަޠަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލިގޮތުގެ ހުތުރު މިސާލުތައް ދިޔައީ ޖެހެމުންނެވެ. ޢަބްދުﷲ ޝާހިދު ފަދަ ސީނިއަރ ބޭފުޅަކު ޚާރިޖިއްޔާ އަށް ހަމަޖައްސަން ޖެހުނީ ވެސް މިފަދަ ސަބަބުތަކަށްޓަކައި ކަމަށް ގަބޫލުކުރެވެއެވެ.

ރަޝިޔާ، ތައިލެންޑް އަދި ޔޫއޭއީއަށްވެސް ފަސޭހަކަމާއެކު ވިސާއާއި ނުލައި ދިވެހިންނަށް މިހާރު ދަތުރުކުރެވެއެވެ. މިއީވެސް ޝާހިދު އެޤައުމުތަކަށް ވަޑައިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަވަށްޓެރި ލަންކާއަށް ދެވޭހާ ފަސޭހައިން ޓިކެޓް ނަގައިގެން މިޤައުމުތަކަށް މިހާރު ދަތުރުކުރެވޭނެއެވެ. ޚާރިޖީ ދާއިރާގެ ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ޝާހިދު ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ހޯދައިދިނުން ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާގައި މަސައްކަތްޕުޅު ކުރެއްވި ޑިޕްލޮމެޓަކު ކުރިން ވިދާޅުވިގޮތުގައި ޢަބްދުﷲ ޝާހިދަށް އޮތް އެންމެ އުނދަގޫފުޅު ކަމަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯއްދެވުމެވެ.

އާ ވެރިކަން ފެށުނު އިރު ރާއްޖޭގެ ޚާރިއްޔާގެ މޫނު ވަނީ ބޮޑުތަނުން ހުތުރުވެފައެވެ. އިތުބާރު ވަނީ ގެއްލިފައެވެ. އަބުރުވެރިކަން ނެތިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އާ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރައްވަން ހުރި މަސައްކަތްޕުޅު ނުހަނު ގިނަވެފައި އުނގަދޫކަން ބޮޑުވެފައިވެއެވެ. ޚާއްސަކޮށް އިތުބާރުގެ މައްސަލައިގައެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ގުޅުން ގާއިމްކުރައްވަން ނުހަނު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް މި މަސައްކަތްޕުޅުތަކުގެ ނަތީޖާ މިހާރު މިދަނީ ފެންނަމުންނެވެ.

ވިސާގެ ފަސޭހަކަމާއި، ބޭރު ގައުމުތަކުގެ އެހެނިހެން އެހީތެރިކަން ރާއްޖެއަށް މިހާރު މިދަނީ ފަހިވަމުން އޮހެމުންނެވެ. ޚާރިޖިއްޔާގެ ކާމިޔާބީގެ ތެރެއިން އާންމުންނަށް ފެންނަން އޮންނަނީ ވިސާއެވެ. ޚާއްސަކޮށް އިންޑިއާ އާއި ލަންކާއިން ފަސޭހަވެގެން ދިޔަ ވިސާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟

ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި އަމަލު ކުރަންޖެހޭނީ ކިހިނެއް؟

22 ސެޕްޓެމްބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު

ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު

28 ޖުލައި 2018
ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު