Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމުގައި ކުރެއްވި ކަންކަންވެސް ޔާމީންގެ ހަދުމަފުޅުގައިނެތީތޯ؟

ސިޔާސީ ބޭނުމަށް ފުލުހުން އިންޓަލިޖެންސް ރިޕޯޓް ބޭނުންކުރާކަމަށް ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2019 | ހުކުރު 13:51
ޕީޕީއެމުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން

ޕީޕީއެމުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން

"ދަވާލައިފި" ނަމަުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ބޭއްވި އެއްވުމުގައި އެމަނިކުފާނު ބެއްލެވީ އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ސަރުކާރަށް ފާޑުވިދާޅުވުމަށެވެ. މުޅި ވާހަކަފުޅުގެ ތެރޭގައި ސަރުކާރުގެ ކޮންމެވެސް ކަމަކަށް ފާޑު ވިދާޅުވުން ފިޔަވައި އެމަނިކުފާނު އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވުމުން ކުރައްވަންޖެހިވަޑައިގަންނަވާ ހަމައެކަނި ކަމަކީ އެއްކަމަށް ހީފުޅުވެވަޑައިގަންނަވަނީކަމަށްވެސް ވުން އެކަށީގެންވެއެވެ. ނަމަވެސް އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ގެންދެވިއިރު، ހިތަށް އެރީ ހަމަ އެންމެ ސުވާލެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ކުރެއްވި ކަންކަން ހަނދުމަފުޅުގައި ނެތީތޯ އެވެ؟ އެހެނީ މުޅިންވެސް އެމަނިކުފާނު ވިދާޅުވަމުންގެންދެވީ އަމިއްލަފުޅު ވެރިކަމުގައި ކުރެއްވި ނުރަނގަޅު ކަންތައްތަކަށްވާތީ އެވެ.

ބައެއް މިސާލުތަކަށް ބަލައިލާނަމެވެ. ވާހަކަފުޅުގެ ވަކި ހިސާބަކުން އެމަނިކުފާނު ވިދަޅުވަމުންގެންދެވީ ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓްގެ ވާހަކަތަކެވެ. އިންޓަލިޖެންސް ރިޕޯޓުތައް ބޭނުންކުރައްވައި ސިޔާސީ ފަރާތްތައް ފްރޭމްކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވަމުންގެންދެވި އެވެ.

މިކަމުގައިވެސް މާދުރު މާޒީއަކަށް ދާކަށް ނުޖެހެ އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން 1 ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރާއެކު ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓްތަކުގެ ނަމުގައި ރިޕޯޓުތަކެއް ނެރުއްވައިގެން އަބްދުﷲ ޔާމީން ޖެއްސެވި ސަކަރާތަކީ ރައްޔިތުން ދުށް ދުވަސްތަކެކެވެ. އެތަށް ބަޔަކު ހައްޔަރުކޮށް، އަނިޔާކޮށް، ޖަލަށްލައި، ގެތަށް ބަލާ ފާސްކޮށް، ހުރިހާ ޖަރީމާއެއް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަވަމުންގެންދެވީ ހަމަ މި ދެންނެވި އިންޓަލިޖެންސް ރިޕޯޓުތަކުގެ ނަމުގަ އެވެ. އެ ސަކަރާތް ފެއްޓެވި ބޭފުޅަކަށްޗެސް ހުންނެވި ހަމަ އެމަނިކުފާނު އެވެ. ނަމަވެސް ޖަލްސާގައި އެއް ޖީބަށް އަތްޖައްސަވައިގެން ހުންނަވާ ދެކޮޅަސް ހިންގަވަމުންގެންދެވިއިރު، މިއިން ކަމެއް ހަނދުމަޅުގައެއް ނެތެވެ.

އެއަށްފަހުގައި ޖަލްސާގައި ޔާމީން ވިދާޅުވަމުންގެންދެވީ ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިޔާނަތަށް ބޮޑެތި އަސަރުތަކެއްކޮށް، ފަހުރުވެރިން ބިރުގަންނާނެކަމަށެވެ. އެވަރުގެ ކަމެއް ކުރަން ހެޔޮނުވާނެކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި އެވެ.

އެ ވާހަކަފުޅާއެކު އަނެއްކާވެސް ޖެހިލަންޖެހެނީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްތަކަށެވެ. ވެރިކަމުގައި 5 އަހަރު ނިންމަވާލެއްވިއިރު، 2 ފަހަރެއްގެ މަތިން ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އަބްދުﷲ ޔާމީން އިއުލާންކުރައްވާފައިވެއެވެ. އެއިން ކޮންމެ ފަހަރެއްގައިވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއްކުރިކަން ރޭގެ ވާހަކަފުޅުދައްކަވަމުންގެންދެވިއިރު އެމަނިކުފާނުގެ ހަނދުމަފުޅުގައެއް ނެތެވެ. އިންސާނީ ހައްޤުތަކާއި ހިލާފަށް ކުރައްވަމުންގެންދެވި ކަންތައްތަކީ، ޖަރީމާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރެއްވެެސް އެމަނިކުފާނުގެ ހަދުމަފުޅުގައެއް ނެތެވެ.

ދެން އޮތީ ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ވާހަކަ އެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅުދެއްކެވިއިރު، އަބްދުﷲ ޔާމީން ވާހަކަދެއްކެވީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. އެގޮތަށް ކަންތައްކުރުމުން ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެ ވާހަކަ ފާހަގަކުރެއްވިއިރު، ވެރިކަމުގައި ޤާނޫނުތަށް ކިތައް ފަހަރު، ކިތައް މީހުންނަށް އަމާޒުކޮށް ބަދަލުކުރިކަމެއް އެމަނިކުފާނުގެ ހަނދުމަފުޅުގައެއް ނެތެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނަށް ވެރިކަމުގެ އެންމެ ފަހު ދުވަސްވަރުގައި ގެންނަން އުޅުން ބަދަލުތަކާއި، ސިޔާސީ މީހުން ހައްޔަރުކުރުމަށް ހެދި ޤާނޫނުތަކާއި، މީޑިއާތަށް ބަންދުކުރުމަށް ހެދި ޤާނޫނުތަކާއި، މިގޮތަށް ގޮސް ބޮޑު ލިސްޓެއް ކިޔާލެވިދާނެ އެވެ. މުޅިންވެސް އެމަނިކުފާނުގެ ވެރިކަމުގައި ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކެވެ.

މިއީ އެމަނިކުފާނުގެ ވާހަކަފުޅުން ފާހަގަވި ބައެއް ކަންކަންމެވެ. މުޅި ވާހަކަފުޅު އެއްކޮށް އަޑުއަހާލުމުންވެސް ފާހަގަވާންހުރީ ހަމަ މިފަދަ އިތުރު ކަންތައްތަކެވެ. ފަހަރުގައި ހަމަ ހަޤީޤަތުގައިވެސް ވެރިކަމުގައި ކުރެއްވި ކަންކަން އެމަނިކުފާނުގެ ހަނދުމަފުޅުގައި ނެތީކަމަށްވެދާނެ އެވެ. ނުވަތަ ސިޔާސީ މަންފާއަށްޓަކައި، އެއީ ނުވާ ކަންތައްތައްތަކެއްކަމަށް ދެކިވަޑައިގެން ދެއްކެވި ވާހަކަފުޅަކަށްވެސް ވެދާނެ އެވެ. ނަމަވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ ވެރިކަމުގެ 5 އަހަރު އަބްދުﷲ ޔާމީން ކުރެއްވި ކަންކަން ރައްޔިތުންގެ ހަނދާނުން ކައްސާނުލާނެކަމެވެ. ރައްޔިތުންނަށް އެކަންކަން ވަރަށް ސާފުކޮށް އެނގޭނެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

06 ނޮވެމްބަރު 2017
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު