Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ނޯރާގެ އާލަވަ ޕަޕީޓާ ވަރަށްވެސް ތަފާތު

"ޕަޕީޓާ" އަކީ އިންޓަނޭޝަލް ޕްރޮޖެކްޓެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ސެޕްޓެމްބަރު 2019 | ހުކުރު 12:46
ނޯރާ ފަތޭހީ

ނޯރާ ފަތޭހީ

ބޮލީވުޑްގެ ފިލްމްތަކުގެ ލަވަތަކުން މަޝްހޫރުކަން ހޯދަމުން އަންނަ ތަރި ނޯރާ ފެތޭހީގެ އައު ލަވައެއް ރިލީޒްކޮށްފި އެވެ.

ނޯރާ ޕްރޮޑިއުސް ކޮށްފައިވާ "ޕަޕިޓާ" މި ލަވަކިޔާ އަދި އެކްޓް ކޮށްފައިވަނީ ވެސް އޭނާއެވެ.

މިލަވަ އާއި ގުޅޭގޮތުން ނޯރާ ބުނެފައިވަނީ މި ޕްރޮޖެކްޓަކީ އޭނާއަށް ވަރަށް ޚާއްސަ ޕްރޮޖެކްޓެއް ކަމަށެވެ. މިފަދަ ފުރުސަތެއްގެ އިންތިޒާރުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ އަބަދުވެސް ލަވަ ކިޔަން ބޭނުންވާ ކަމަށާއި "ޕަޕީޓާ" އަކީ އޭނާއަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ނޯރާ ވަނީ ބުނެފައެވެ.

މިލަވައަށް ތައްޔާރު ވުމަށްޓަކައި ހަމަސް ދުވަސް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށް ނޯރާ ވަނީ ބުނެފައެވެ. އަދި ބެންކޮކްގައި ޝޫޓްކޮށްފައިވާ މި ލަވައިގައި ނެގުމަށް ހޭދަވެފައިވަނީ ދެ ދުވަސް ކަމަށް ނޯރާ ވަނީ ބުނެފައެވެ.

"ޕަޕީޓާ" އަކީ އިންޓަނޭޝަލް ޕްރޮޖެކްޓެކެވެ.

މިލަވައިގެ ޑައިރެކްޓަރ އަދި މިއުޒިކް ކޮމްޕޯސަރ އަކީ މޮރޮކޯ މީހުން ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ނޯރާއާއި ޓެންޒޭނިއާގެ މިއުޒިޝަން ރެވެނީގެ އަޑުން "ޕެޕީޓާ" ކިޔާފައިވާއިރު އެ ލަވައިގައި ގިނަ އަދަދެއްގެ ބޭރު މީހުން ހަރަކާތްތެރިވެފައިވެއެވެ. މީގެކުރިން ނޯރާ ލަވަ ކުޅެފައި ހުރީ ހުސް އިންޑިއާގެ ތަރީންނާ އެކުގައެވެ. ނަމަވެސް މި ލަވައަކީ އިންޑިއާ ނޫން އެހެން ގައުމުތަކެއްގެ ބަޔަކާއެކު ޝޫޓުކޮށްފައިވާ ފުރަތަމަ ލަވައެކެވެ.

ނޯރާ ނަށާފައިވާ މަޝްހޫރު ބޮލީވުޑް ލަވަތަކުގެ ތެރޭގައި "ރޮކް ދަ ޕާޓީ" (ރޮކީ ހޭންޑްސަމް 2016)، "ކަމަރިޔާ" (ސްޓްރީ 2018)، "ދިލްބަރު" (ސަތްޔަމޭވް ޖަޔަތޭ 2018) ގެ އިތުރުން އެންމެފަހުން ނޯރާ ކުޅެފައިވާ ލަވައަކީ "އޯ ސާކީ ސާކީ" (ބަތްލާ ހައުސް) ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވިކީ ކައުޝަލްއާއި އެކު "ޕަޗްތާއޯގޭ" އިންނެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2018

ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް

08 މާރިޗު 2018
ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް
09 ޖެނުއަރީ 2018

ވޮންޑަ ވުމަން 2 މާ ތަފާތު ވާނެ: ޑައިރެކްޓަރ

09 ޖެނުއަރީ 2018
ވޮންޑަ ވުމަން 2 މާ ތަފާތު ވާނެ: ޑައިރެކްޓަރ
03 ޖެނުއަރީ 2018

ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން

03 ޖެނުއަރީ 2018
ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން
18 ޑިސެމްބަރު 2017

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

18 ޑިސެމްބަރު 2017
އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް
17 ސެޕްޓެމްބަރު 2017

އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް

17 ސެޕްޓެމްބަރު 2017
އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު