Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރ|ީ

މުސްއަބް މަގާމުން ވަކިކޮށްފި

މުސްއަބު މަގާމުން ވަކިކޮށްފައިވަނީ އަންގާރަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ސެޕްޓެމްބަރު 2019 | ބުދަ 18:27
މުސްއަބް އަބްދުﷲ

މުސްއަބް އަބްދުﷲ

އިސްލާމިކް މިނިސްޓްރީގެ ޕާމަރނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގައި ހުންނެވި މުސްއަބް އަބްދުﷲ މަގާމުން ވަކިކޮށްފިއެވެ.

މުސްއަބު މަގާމުން ވަކިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އަދި އޭނާ ކުރިން ހުންނެވީ ސިވިލް ސާރވިސްއިން ބަލަމުން ގެންދިޔަ މައްސަލައެއްގައި، މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައެވެ.

Advertisement - newsAdvertisement

މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ފަސް ފަހަރަށް އިތުރު ކޮށްފައިވަނިކޮށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މުއްސަބު ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވަނީ އިދާރީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ކަންވީގޮތް ނޫން ކަމަށާއި އޭނާއަށް ތުހުމަތުކޮށްފައިވަނީ އެހެން މުވައްޒަފަކު ކުރި ކަމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްއަބް މަގާމުން ވަކިކޮށްފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލައިގައެވެ. އެއީ އިސްލާމިކް މިނިސްޓްރީގައި ވައްކަމުގެ އަމަލެއްގައި ބައިވެރިވި ކަމަށް ބުނެ މީހަކު އޭނާއަށް ކުރި ތުހުމަތަކަށް ރައްދު ދީފައި އޭނާ ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މުސްއަބް އާއި ގުޅޭގޮތުން 2018 ވަނަ އަހަރު ހުށަހެޅުނު މައްސަލަ ނިމިގެންދިޔަ ގޮތުގެ ރިޕޯޓުން ބައެއް ހިމަނާފައިވެއެވެ.

މަގާމުން ވަކިކުރި މައްސަލައިގައި އާދިއްތަ ދުވަހު ކޯޓަށް ދާނެ ކަމަށް މުސްއަބް ވަނީ ވިދާޅުވެފައެވެ. އަދި މަގާމުން ވަކިކޮށްފައިވަނީ މުޅި މައްސަލަ ޓްވިސްޓް ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

09 މާރިޗު 2017
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު