Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ

އެ ކުންފުނިން ބުނެފައިވަނީ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ނިމިފައިވާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2019 | ހޯމަ 10:37
ހއ. ހޯރަފުށި އެއާޕޯޓު

ހއ. ހޯރަފުށި އެއާޕޯޓު

ހއ. ހޯރަފުށި އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 354،500 ސްކެއާރ މީޓަރުގެ ބިން ހިއްކާފައިވާ ކަމަށް ޓްވީޓުގައި ވެއެވެ.

އެއާރޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.

އެއާޕޯޓުގެ މަޝްރޫއަށް 64 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު މާފިނޮޅާއި ހޯރަފުށި ގުޅާލުން ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ހިއްކާ 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ހޯރަފުށީގައި އެއާޕޯޓް އެޅުމާ އެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ. އާބާދީގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހަތަކެއް ވެގެންދާނެ ދާއިރާގެ ދެ ރަށަކީ ތުރާކުނާއި އުލިގަމެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު