Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުން

ސެކިއުރިޓީއާއި ގުޅޭގޮތުން އެމްއެންޑީއެފާއެކު މަސައްކަތްކުރަން، ރައީސް ނަޝީދަށް ނުރައްކަލެއް ނެތް: ފުލުހުން

ރައީސް ނަޝީދަށް ނުރައްކަލެއް އޮތްކަމަށް ފުލުހުންނަށް ހުށަހަޅާފައެއް ނެތް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2019 | ހޯމަ 08:03
ރައީސް މުހައްމަދު ނަޝީދު، އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް މުހައްމަދު ނަޝީދު، އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނެތް ކަމަށް މޯލްޑީވިސް ޕޮލިސް ސާރވިސްއިން ބުނެފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން، މީގެ ތިން ދުވަސް ކުރިން ފުލުހުން އެމަނިކުފާނަށް ފާރަލާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމްއެންޑީއެފް އާއި ވިލަރެސްކޮށް ކުރަންޖެހޭ ކަންތައް ކުރަމުން ދާކަމަށެވެ. އެގޮތަށް މަސަތްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކޮށް އޭގެ މައްޗަށް ބެލުމަށްފަހުގައިކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ފުލުހުން ބުނެފައިވަނީ މިވަގުތު ރައީސް ނަޝީދަށް ނުރައްކަލެއް އޮތްކަމަށް ފާހަގަވެފައިނުވާކަމަށާއި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާއިލާ ނުވަތަ އާންމު ފަރާތަކުން ވިޔަސް އެއްވެސް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މައުލޫމާތަށް ބެލުމަށްފަހު އަޅަންޖެހޭ ހުރިހާ ރައްކައުތެރި ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދު ފަހަނައަޅާ ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމަށް އެމްޑީޕީން ފުރުސަތުދީގެން ނުވާނެ ކަމަށް ވިދާޅުވެ އެފަދަ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، އެކަމާއި ގުޅިގެން ދައްކަން ހުރި ވާހަކައެއް ދައްކާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ ފުލުސް އޮފީސް ހަރުދަނާ ކުރުން ކަމަށާއި، ފުލުސް އޮފީހަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަށްވާއިރު އެ މުއައްސަސާގެ ކަންކަން އިސްލާހުކުރުމަކީ މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިހާރުވެސް އެމްޑިޕީން އެއްބަސްވެފައިވާކަމެއްކަމަށް ފާހަގަކޮށް ފުލުހުންގެ އިދާރާ އާއި ޝަރުއީ ދާއިރާ އިސްލާހުވާންޖެހޭކަން ތަކުރާރުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު