Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއަރަފާތު ދުވަސް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަސް، އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާ، އަދި އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަސް

ޢަރަފާތު ދުވަހަކީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަސް، އެދުވަހު އަހަރެމެންނަށް ލިބިގެން ދަނީ އާޚިރަތުގެ ލައްޒަތު ލިބިގަތުމުގެ ތަނަވަސް ފުރުޞަތެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 ޖޫން 2025 | ބުދަ 04:34
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވޭ

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވޭ

އަރާފާތު ދުވަހަކީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެކެވެ. އެދުވަހު އަހަރެމެންނަށް ލިބިގެން ދަނީ ޙަޔާތުގެ މަޤުޞަދުކަމުގައިވާ އާޚިރަތުގެ ލައްޒަތު ލިބިގަތުމުގެ ތަނަވަސް ފުރުޞަތެކެވެ.

އެކި ދުވަސްތަކާއި އެކި ތަންތަން ﷲ ތަޢާލާ މާތް ކުރެއްވިި ފަދައިން އަރަފާތު ދުވަހަކީ ﷲ ތަޢާލާ އެންމެ މާތް ކުރެއްވި ދުވަހެވެ. އެ ދުވަހަކީ ހުރިހާ ޙައްޖާޖީން ޢަރަފާތު ބިމަށް ޖަމާވެ، ﷲގެ ތަނަވަސް މަޣްފިރަތަށް އެދޭ ދުވަހެވެ. އެއީ އެންމެ ގިނަ ބަޔަކު ނަރަކައިން މުއްތި ކުރެވޭ ދުވަހެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އައިސްފައިވާ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އަރަފާތު ދުވަހަށް ވުރެ ގިނައިން ، އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ އެހެން ދުވަހެއް ނުވެއެވެ.

މި ވޭތުކުރަމުންދާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ބަރަކާތްތެރި ކަމުން ފުރިގެންވާ ދުވަސްތަކެކެވެ. އަދި މިއީ ތަޤްވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، ހެޔޮ ޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ދުވަހެވެ.

رسول الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللهِ مِنْ هَـٰذِهِ الْأَيَّامِ الْعَشْرِ) މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ اللهގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ."

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވައެވެ. އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެވެ. އަދި ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަހެވެ.

އަހަރެމެން ވޭތިކުރަމުން މި ދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. އަދި އެއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެކެވެ. މިދުވަސްތަކަކީ ތަޤްވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ. އެއީ ހެޔޮ ޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ދުވަސްތަކެކެވެ.

شَيْخُ الْإِسْلَامِ اِبْنُ تَيْمِيَّةَ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެންވެއެވެ. ނަމަވެސް ރޭތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށް ވުރެ މާތްވެގެންވެއެވެ."

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. "

ކީރިތި ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ "لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ " މި ދުޢާއެވެ.

މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަހެވެ. އަދި އުޟުޙިޔާ ކަތިލުމުގެ ދުވަހެވެ.

ޙައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުންނެވެ.

ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2025

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

13 ޖެނުއަރީ 2025
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
22 އެޕްރީލު 2022

މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

22 އެޕްރީލު 2022
މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް
29 ސެޕްޓެމްބަރު 2017

ކީރިތި ޤުރްއާންވަނީ ޓެކްނޮލެޖީ އަށްވުރެ މާކުރީގައެވެ.

29 ސެޕްޓެމްބަރު 2017
ކީރިތި ޤުރްއާންވަނީ ޓެކްނޮލެޖީ އަށްވުރެ މާކުރީގައެވެ.
31 އޯގަސްޓު 2017

2 މިލިއަނަށް ވުރެ ގިނަ މުސްލިމުން އަރަފާތު ބިމަށް ދިއުމުގައި

31 އޯގަސްޓު 2017
2 މިލިއަނަށް ވުރެ ގިނަ މުސްލިމުން އަރަފާތު ބިމަށް ދިއުމުގައި
30 އޯގަސްޓު 2017

4 ހޮސްޕިޓަލާއި 46 ހެލްތް ސެންޓަރު އަރަފާތު ދުވަހަށް ތައްޔާރުވެފައި

30 އޯގަސްޓު 2017
4 ހޮސްޕިޓަލާއި 46 ހެލްތް ސެންޓަރު އަރަފާތު ދުވަހަށް ތައްޔާރުވެފައި
30 އޯގަސްޓު 2017

އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ހައްޖުވެރިންގެ ސަލާމަތައް ނިކުމެއްޖެ

30 އޯގަސްޓު 2017
އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ހައްޖުވެރިންގެ ސަލާމަތައް ނިކުމެއްޖެ
10 އޯގަސްޓު 2017

މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅު ހައްޖުވެރިންނަށް ހުޅުވާލައިފި

10 އޯގަސްޓު 2017
މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅު ހައްޖުވެރިންނަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު