Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހައްޖު 1438

ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި

ޕާސްޕޯޓް ޕްރޮސެސް ކުރުމަށް އެއަރޕޯޓުގައި ވިއްސަކަށް މިނެޓް

ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 19:14
މިއަހަރު ހައްޖަށް ދިޔަ ބައެއް ދިވެހިން ސައުދީގައި - ދެ ގްރޫޕެއްގެ ހައްޖުވެރިން މިހާރުވަނީ ސައުދީއަށް ގޮސްފައި

މިއަހަރު ހައްޖަށް ދިޔަ ބައެއް ދިވެހިން ސައުދީގައި - ދެ ގްރޫޕެއްގެ ހައްޖުވެރިން މިހާރުވަނީ ސައުދީއަށް ގޮސްފައި

ކުރިއަށް އޮތް ހައްޖުގެ އަޅުކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަ ކުރެވިފައިވާ ކަމަށް މައްކާގެ އަމީރުގެ ނައިބު ޕްރިންސް އަބްދުﷲ ބިން ބަންދަރު ވިދާޅުވެއްޖެއެވެ. އަދި ސައުދީ ސަރުކާރުން މި އަހަރުގެ ހައްޖުގެ ކަންކަން އިތުރަށް ފުރިހަމަ ކޮށް ފަސޭހަ ކޮށްދިނުމަށް ހިންގި 10 މަޝްރޫއެއްގެ ފަސޭހަތައްވެސް ހައްޖުވެރިންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްކާގެ އަމީރުގެ ނައިބު ވިދާޅުވީ، ހައްޖަށް އަންނަ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދިނުމަށް ސައުދީ ސަރުކާރުން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ.

ޕްރިންސް އަބްދުﷲ ވިދާޅުވީ، ހައްޖުގެ ކަންކަން ރަނގަޅު ކުރުމަށް ހިންގުނު މަޝްރޫއުތަކުގެ ސަބަބުން ހައްޖުވެރިން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ފަސޭހަތައް ލިބިގެންދާނެ ކަމަށާއި، އަދި އިރުގެ ހޫނުން ސަލާމަތް ވުމަށް ފިނިކަމާއި، ހިޔާ ލިބޭނެ ގޮތްތައް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

މި ގޮތުން ޖަމްރާ ސަރަހައްދުގެ ފިނިހޫނު މިން ރަނގަޅު ކުރުމަށް ފެން ސްޕްރޭ ކުރެވޭނެ ގޮތް ހަދާފައިވާ ކަމަށާއި، އަދި ޖަމްރާ އިން މައްކާގެ އަޒީޒިއްޔާ އަށް ހިނގާފައި ދާ މީހުންނަށް ހިޔާލިބޭނެ ގޮތް މަގުތަކުގައި ހަމަޖައްސާފައިވާ ކަމަށާއި، މިނާގައި ހުންނަ އަލް-ވަދީ ހޮސްޕިޓަލަށް ދިއުމަށް އައު ބްރިޖެއް އަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަރަފާތުގެ ޖަބަލުއް ރަހުމާގެ އުތުރު ކޮޅުގައި ސިމެންތިން ދާއިމީ ސިޑި އެއް ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ ވޮލަންޓިއަރުންގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެހީއަށް ބޭނުންވާ ހައްޖުވެރިންނަށް ތަރުޖަމާ ކޮށްދިނުމާއި، މަގު ދެއްކުމާއި، އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ހައްޖުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި އަހަރު އަންހެން ނަރުހުން ކިންގް އަބްދުލް އަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހައްޖަށް އަންނަ އަންހެނުނަށް ބޭނުންވާ ވެކްސިން ދިނުމާއި، ހެލްތް ސެޓްފިކެޓް ޗެކް ކުރުމުގައި މަސައްކަތް ކުރާނެއެވެ.

މި އެ އެއަރޕޯޓުގައި ހައްޖުވެރިންގެ ސިއްހީ ކަންކަމުގެ ޚިދުމަތުގައި 610 އޮފިޝަލުން މަސައްކަތް ކުރާ ކަމަށް ސައުދީ މީޑިއާއިން މައުލޫމާތު ހާމަކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާ ހައްޖާއި އުމްރާ އާ ބެހޭ މިނިސްޓަރ މުހައްމަދު ސާލިހް ބަންތަން ވިދާޅުވީ، ހައްޖުވެރިން ތިބުމަށް ހަދާފައިވާ ޓެންޓު ތަކަކީ އަލިފާން ނުހިފާ މެޓީރިއަލުން ހަދާފައިވާ ޓެންޓު ތައް ކަމަށާއި، ހުރިހާ ޓެންޓެއްވެސް ހުންނާނީ އެއަރކަންޑިޝަން ކޮށްފައި ކަމަށެވެ.

ހައްޖުވުމަށް ސައުދީ އަށް އަންނަމުންދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމަށް ވިއްސަކަށް މިނެޓަށް ވުރެ ގިނައިރު ނުނަގާނެ ކަމަށް ކިންގް އަބްދުލް އަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕާސްޕޯޓް ޑިޕާޓްމަންޓްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ނަޔާފް ބިން ސުލްތާން އަލް ރުވެއިސް އާ ހަވާލާދީ ސައުދީ މީޑިއާއިން ހާމަކޮށްފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ހަތަރު މީހަކު ވަގު ޕާސްޕޯޓުގައި ސައުދީ އަށް އެތެރެ ވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެމީހުން މިހާރު ވަނީ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައި ކަމަށެވެ.

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ

03 ނޮވެމްބަރު 2025
އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ
27 އެޕްރީލު 2020

މިސްކިތްތައް ހުޅުވާލުމުގެ ވިސްނުމެއް އަދި ނެތް: ސައުދީ ސަރުކާރު

27 އެޕްރީލު 2020
މިސްކިތްތައް ހުޅުވާލުމުގެ ވިސްނުމެއް އަދި ނެތް: ސައުދީ ސަރުކާރު
27 ސެޕްޓެމްބަރު 2019

ޅައުމުރުން ފެށިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި

27 ސެޕްޓެމްބަރު 2019
ޅައުމުރުން ފެށިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި
29 އޯގަސްޓު 2017

ބަލި މަޑު ކަމެއް ނުވަތަ ފިތިބާރު ވުމުގެ ކަމެއް ދިމާވިޔަސް ހައްލު ކުރަން ތައްޔާރު: ސައުދީ ސަރުކާރު

29 އޯގަސްޓު 2017
ބަލި މަޑު ކަމެއް ނުވަތަ ފިތިބާރު ވުމުގެ ކަމެއް ދިމާވިޔަސް ހައްލު ކުރަން ތައްޔާރު: ސައުދީ ސަރުކާރު
21 އޯގަސްޓު 2017

ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދެއް ހޯމަ ދުވަހު ނުފެނުނު، ބޮޑު އީދު ވާނީ ސެޕްޓެމްބަރ 1

21 އޯގަސްޓު 2017
ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދެއް ހޯމަ ދުވަހު ނުފެނުނު، ބޮޑު އީދު ވާނީ ސެޕްޓެމްބަރ 1
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު