Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ - ގުއާމް

ވޯލްޑް ކަޕް ކޮލިފައިން: ގުއާމް ބަލިކޮށް ރާއްޖެއަށް އުންމީދީ ފެށުމެއް

5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 07:36

ގުއާމް އަތުން ރާއްޖެ މޮޅުވީ 0-1 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 5 ސެޕްޓެމްބަރު 2019 | ބުރާސްފަތި 07:36
ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް ބަލިކޮށް ރާއްޖެއިން ފެށުން ރަނގަޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުޅުނު މެޗުން ގުއާމްއާ ވާދަކޮށް ރާއްޖެ މޮޅުވީ ނަތީޖާއަކުންނެވެ.

ގުއާމް އެފްއޭ ކޮމްޕްލެކްސްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ރާއްޖެއިންނެވެ.

އެގޮތުން ރާއްޖެއިން ވަނީ ގުއާމްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އަދި ރާއްޖެއަށް ވަނީ ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތަކެއްވެސް ލިބި ބޭކާރުވެފައެވެ.

މެޗުގައި ރާއްޖެއިން ލީޑު ނެގީ 26 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. މި ލަނޑަށްފަހުވެސް އޭނާއަށް ވަނީ ލީޑު ފުޅާ ކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ގުއާމްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދާއިރު، ލަނޑު ޖެހުމަށްވެސް މާ އެދެވޭ ފުރުސަތުތަކެއް އެޓީމަށް ހޯދިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ގުއާމްއިން ކުރިޔަށް ޖެހި އެޓޭކްތައް ކުރަން ފެށިއެވެ. ނަމަވެސް ރާއްޖެއިން ވަނީ ގުއާމްގެ ހަމަލާތައް ދިފާއުކޮށް މޮޅު ޑިފެންސެއް ކޮށްފައެވެ.

މި ހާފްގައިވެސް ރާއްޖެއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، ގިނަ ވަގުތު ބޯޅަވެސް ވަނީ ހިފަހައްޓައިގެން ކުޅެފައެވެ.

މެޗުގައި ރާއްޖެއިން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު، ޒުވާން ކުޅުންތެރިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުޅި މެޗުގައިވެސް ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ.

މި ނަތީޖާއާއެކު ރާއްޖެއިން ވަނީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ހޯދި މޮޅާއެކު ތިން ޕޮއިންޓް ހޯދާފައެވެ. ގްރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ގައުމުގައި ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުއާމް އާއި ޗައިނާގެ އިތުރުން ސީރިއާ އާއި ފިލިޕިންސްއާއެކު އެއް ގްރޫޕެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް