Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުމަރުވުމަށް ފަހު

ފުރާނަ ދިއުމަށްފަހުވެސް ސިކުނޑީގައި ދިރުން ހުންނަކަން ހާމަވި ދިރާސާއިން ސައިންސްވެރިން ސިހިއްޖެ!

މަރުވުމަށްފަހު ދެން ކަންކަން ވާ ގޮތް ސައިންސްވެރިންނަށް ދެނެގަނެވިފައިވަނީ ވަރަށް ކުޑަކޮށް

ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 00:04
އިންސާނެއްގެ މަރުވެފައިވާ ހަށިގަނޑު

އިންސާނެއްގެ މަރުވެފައިވާ ހަށިގަނޑު

ހަށިގަނޑުން ފުރާނަ ދިއުމަށްފަހުވެސް ސިކުނޑީގެ ދިރުން ހުންނަކަން ހާމަވާ މުޅިން އައު ދިރާސާއެއް ސައިންސްވެރިން ހާމަކޮށްފިއެވެ.

ކެނެޑާގެ ޔުނިވަރސިޓީ އޮފް ވެސްޓާން އޮންޓޭރިއޯގެ ޑޮކްޓަރުންގެ ޓީމަކުން ހެދި ދިރާސާއަކުން ހާމަވާ ގޮތުގައި ދިރާސާކުރި މީހާގެ ފުރާނަ ދިޔަކަމަށް ޑަކްޓަރީ ގޮތުން ނިންމިތާ ދިހަ މިނެޓްވީ އިރުވެސް އެ މީހާގެ ސިކުނޑީގެ ހަރަކާތްތައް ހުރިކަން ވަނީ ހާމަވެފައެވެ.

އޭނާގެ ސިކުނޑީގެ ހަރަކާތްތައް ހުރިކަން އިލެކްޓްރޯއެންސެލަފަގްރެފިކް (އީއީޖީ) ރެކޯޑްތަކުން ސާބިތުވިއިރު، މީހަކު މަރުވެއްޖެ ކަން ކަނޑައަޅާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ދިރާސާ ކުރި ޓީމުންވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި، ވިންދު ހުއްޓިފައި ހުރުމާއި، ލޮލުގެ ކަޅި ހަރަކާތް ކުރުން ހުއްޓުން ހިމެނެއެވެ. އެހެން ނަމަވެސް ދިރާސާއިން ހާމަވި ގޮތުގައި އިންސާނަކު ފުން ނިދީގައި އޮންނަ އިރު ސިކުނޑީގެ ހަރަކާތްތައް ހުންނަ މިންވަރަށް އޭނާ މަރުވި ފަހުންވެސް ސިކުނޑި މަސައްކަތް ކުރަމުން ދިޔަ ކަމަށް ޑޮކްޓަރުންނަށް ވަނީ ދެނެގަނެވިފައެވެ.

ޑޮކްޓަރުންގެ ޓީމުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިރާސާ ކުރި 5 މީހުންގެ ތެރެއިން ފުރާނަ ދިއުމަށްފަހު ސިކުނޑީގެ ހަރަކާތްތައް ގިނަ އިރު ތަކެއް ވަންދެން ހުރިކަން ފާހަގަ ވެގެން ގޮސްފައިވަނީ އެކަކުގެ ކިބައިންނެވެ. ދިރާސާގައި ބުނެފައިވަނީ ތެރެއިން ފުރާނަ ދިއުމަށްފަހު އޭގެ ތެރެއިން ކޮންމެ މީހެއްގެ ސިކުނޑިވެސް ހަރަކާތްކޮށްފައިވަނީ ތަފާތު ކޮށް ކަމަށެވެ.

މަރުވުމަށްފަހު ސިކުނޑީގެ ހަރަކާތްތައް ހުންނަނީ ކީއްވެގެން ކަމެއް ދިރާސާ ކުރި ސައިންސްވެރިންނަށް ބުނާކަށް ނޭގެއެވެ. ދިރާސާގައި ހިމަނާފައިވަނީ މަދު އަދެއްގެ ބަޔަކު ކަމަށް ވުމާއެކު ވަކި ގޮތަކަށް ނަތީޖާ މާނަ ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ސައިންސްވެރިން ބުނި ނަމަވެސް ދިރާސާއިން ފެންނަ ނަތީޖާއަކީ އޮޅުމެއް ކަމަށް ގަބޫލު ކުރަންދަތި ކަމަށްވެސް ހާމަކޮށްފައިވެއެވެ. ދިރާސާ ހެދުމަށް ބޭނުން ކުރި އާލާތްތަކަކީ ބަރާބަރަށް މަސައްކަތް ކުރި އާލާތްތަކެއްކަން ޓީމަށް ޔަގީން ކުރެވެއެވެ.

އިންސާނުން މަރުވުމަށްފަހު ދެން ވަމުންދާ ގޮތްތަތަކުގެ ހަގީގަތްތައް ސައިންސަށް ދެނެގަނެވިފައިވަނީ ދާދި ކުޑަ މިންވަރަކަށެވެ.

ފުރާނަ ދިއުމަށްފަހު ވަމުންދާ ގޮތް ދެނެގަތުމަށް މީގެ ކުރީން ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު އެނގިފައި އޮންނަނީ، މަރުވުމާއެކު ހިނދުކޮޅަކަށް ސިކުނޑީގެ މަސައްކަތްތައް ކުއްލި ގޮތަކަށް މައްޗަށް ގޮސް ހުލިވެގެންދަނީ ކަމުގައެވެ. ސިކުނޑީގެ ހަރަކާތްތައް މައްޗަށްދާ ދިއުމަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ޑެތް ވޭވްސް" އެވެ. ނަމަވެސް 2011 ވަނަ އަހަރު ނެދަރލޭންޑްސްގެ ރެޑްބައުންޑް ޔުނިވަރސިޓީން ކުރި މި ދިރާސާގައި ބޭނުން ކޮށްފައިވަނީ އިންސާނުންގެ ބަދަލުގައި މީދަލެވެ. އެ ދިރާސާއިން ހާމަވި ގޮތުގައި ހިތުގެ ހަރަކާތްތައް ހުއްޓުމަށްފަހުވެސް ސިކުނޑީގެ ހަރާކަތްތައް ހުރެއެވެ. އެހެން ކަމުން ފުރާނަ ދިއުމާއެކު ހިތާ ސިކުނޑި މަސައްކަތް ކުރަނީ އެއްގޮތަކަށް ނޫންކަން ހާމަވެއެވެ.

މަރުވުމަށްފަހު ސިކުނޑީގެ ހަރަކާތްތައް ހުންނަކަން ދައްކާ ޗާޓު

އަލަށް ޝާއިއު ކުރި ދިރާސާގައި ބުނެފައިވަނީ، ދިރާސާކުރި ފަސް މީހުން މަރުވި އިރުވެސް، މަރުވިތާ ފުރަތަމަ މިނެޓުގެ ތެރޭގައި ސިކުނޑީގެ ހަރަކާތްތައް (ޑެލްޓާ ވޭވް) ކުއްލިއަކަށް މައްޗަށް ދިޔަކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެހެން ކަމުން މަރުވުމަށްފަހު އިންސާނުންނަށް ވާ ގޮތާއި އެހެން ޖަނަވާރުންނަށް ވާ ގޮތް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސައިންސްވެރިން ބުނެއެވެ.

ހުސްވި އަހަރު ޝާއިއު ކުރި ދެ ދިރާސާއެއްގައި ހާމަކޮށްފައިވަނީ އިންސާނުން މަރުވާ ފަހުންވެސް ސެލް ތަކުގައި ހުންނަ "ޖީން"ތައް މަސައްކަތް ކުރާ ކަމަށެވެ. އަދި މަރުވާފަހުން އެތައް ދުވަހެއް ވަންދެންވެސް ޖީން ތަކުގެ ހަރަކާތްތައް ފާހަގަވާ މިންވަރަށް ހުންނަކަން ސާބިތުވާ ކަމަށެވެ.

ކެނެޑާގެ ސައިންސްވެރިންގެ ދިރާސާ "ދަ ކެނޭޑިއަން ޖާނަލް އޮފް ނިއުރޮލޮޖިކަލް ސައިންސަންސް" ގައި ވަނީ ޝާއިއު ކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ

09 ޑިސެމްބަރު 2025
މަކުނުވިދުރީ ގެ އައު ބާވަތެއް އިނގިރޭސިވިލާތުން ފެނިއްޖެ
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
04 ޑިސެމްބަރު 2025

ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟

04 ޑިސެމްބަރު 2025
ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟
11 ނޮވެމްބަރު 2025

ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

11 ނޮވެމްބަރު 2025
ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟
04 ނޮވެމްބަރު 2025

ދަތް އުނގުޅާފައި އަނގަ ދޮންނަންތަ؟ އެއީ ގޯހެއް!

04 ނޮވެމްބަރު 2025
ދަތް އުނގުޅާފައި އަނގަ ދޮންނަންތަ؟ އެއީ ގޯހެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު