Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ލޯކަލް ކައުންސިލް އިންތިޚާބު ބޮޑެތި ބަދަލުތަކާއެކު އަންނަ އޭޕްރިލް މަހު!

ވޯޓު ފޮއްޓަކަށް ވޯޓުލާ އަދަދު 700 އަށް ވުރެ އިތުރު ނުވާނޭހެން ބަދަލު ކުރެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2019 | އަންގާރަ 08:52
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބޮޑެތި ބަދަލުތަކާއެކު ބޭއްވިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅާފައިނުވާ ނަމަވެސް ބާއްވާނެ ވަކި ދުވަސްވަރެެއް ކަނޑައަަޅާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި ލޯކަލް ކައުންސިލް އިންތިޚާބް، ރިޔާސީ އިންތިޚާބާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ވަރަށް ބޮޑަށް ތަފާތު ވާނެކަމަށެވެ. ކައުންސިލް އިންތިޚާބުގެ ރޭވުންތައް އަމާޒުކޮށްފައިވާނީ މައިގަނޑުގޮތެއްގައި ކެންޑިޑޭޓުންނާއި ވޯޓުލާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.

އެހެން އިންތިޚާބުތަކާއި ޚިލާފަށް ކައުންސިލް އިންތިޚާބުގައި ނަތީޖާ ފާޅުކުރުމާއި ނަތީޖާ ސާފު ކުރުމަށްޓަކާ، ގިނަ ވަގުތުތަކެއް ހޭދަވުމުން އޮޅުން ބޮޅުން އުފެދެމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ. ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ވޯޓު ފޮއްޓަށް ލާ އަދަދު ވަރަށް ބޮޑު ތަން މަދު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓުލާ އަދަދު 700 އަށް ވުރެ އިތުރު ނުވާނޭހެން ބަދަލު ކުރުމަށް އެ ކޮމިޝަނުން މަޝްވަރާ ކުރަމުން ދާކަމަށާއި ވޯޓު ފޮއްޓަށް ވޯޓު ލާ އަދަދު މަދު ކުރެވުމުން ވޯޓު ފޮށީގެ އަދަދު އިތުރުވުމުގެ އިތުރުން އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ގެ އަދަދަދުވެސް އިތުރު ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. 6000 އާއި 7000 ދެމެދުގެ އަދަދަށް އޮފިޝަލުން އިތުރުވާ އިރު 178 ވޯޓު ފޮށި އިތުރަށް ބެެހެއްޓޭނެއެވެ.

މި އިންތިޚާބަކީ ކުރިމަގުގައި އިސްލާހު ކުރެވެމުންދާ ލާމަރުކަޒީ ގާނޫނާއި ގުޅޭ އިންތިޚާބެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މި ގާނޫނު ބައްޓަން ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ގާނޫނަާށް ގެނެވޭ އިސްލާހުތަކާއި ގުޅިގެން މަޝްވަރާ ކުރުމާށާއި އިންތިޒާމްތައް ބައްޓަން ކުރެވިފައިވާ ގޮތާއި ކައުންސިލަރުންގެ އަދަދާއި މެދު މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ސީޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެއިތުރުން މި ފަހަރުގެެ ކައުންސިލް އިންތިޙާބުގެ ތެރޭގައި ހަރަކާތްތެރިވާ އޮބްޒަރވަރުންނާއި، މަންދޫބުންނާއި، މޮނީޓަރުންނަށް ލިސްޓުގެ ކަރުދާސް ފައިލެއް ވެއްދުމާއި ނުވަތަ ލިސްޓުގެ ސޮފްޓް ކޮޕީއެއް ފޯނު، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ އިލެކްޓްރޯނިކްސް ބޭނުން ކުރެވޭ ގޮތް ހެދުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މީގެ ސަބަބުން ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުންނާއި އަދި ވޯޓުލާ މަރުކަޒުގެ ބޭރުގައި ތިބި ފަރާތްތަކާއި މުއާސަލާތް ކުރުމަށްޓަކާ ފަސޭހަ ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި އިސްލާހު ގާނުނަށް ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކުރިއެކޭ ވެސް އެއްގޮތަށް ވަގުތުން ވަގުތަށް އިންތިޚާބު ހިނގަމުންދާގޮތް ބެލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މި އިންތިޚާބާއި، ކުރިއަށް އޮތް އިންތިޚާބުތަކުގައި ވެސް ވޯޓު ލުމަށްފަހު ހުށަހެޅޭ މައްސަލަތައް ދިމާވާނެ ގޮތްތައް މަދުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮންމެ އިންތިޚާބީ މަރުކަޒެއްގައި ކަންހިނގާގޮތުގެ ރެކޯޑިންގް އެއް ބަލަހައްޓާ ގޮތްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. ބަޖެޓުގެ ދަތިކަން ހުރުމުން އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީއާއި ބަޖެޓު އިތުރު ކުރުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކުގައި އަންހެންބޭފުޅުންނަށް 33 އިންސައްތަ ކަނޑައެޅުމަކީ އަންނާނެ ބަދަލެއްކަމަށް ގަބޫލު ކުރައްވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު