Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމިފްކޯ

މިފްކޯއިން ރެކޯޑް އަދަދަކަށް ދަޅުމަސް ބަންދުކޮށްފި

މިއީ ފާއިތުވެ ދިޔަ 12 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަސް ބަންދުކުރެވުނު ދުވަސް

އަމަން ހަލީމް
އަމަން ހަލީމް | 26 އޯގަސްޓު 2019 | ހޯމަ 14:31
ފެލިވަރު މަސް ކާރުހާނާ

ފެލިވަރު މަސް ކާރުހާނާ

ފެލިވަރު ކާރުހާނާގައި 60 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކޮށް، ފެލިވަރު ކާރުހާނާއިން އައު ރެކޯޑެއް ގާއިމްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މިފްކޯގެ ބޭފުޅަކު ވިދާޅުވީ މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނީގެ ކާރުހާނާއެއްގައި ބަންދުނުކުރާހާ ގިނަ ދަޅުމަސް ކަމުގައެވެ. އެންމެ ފަހުން މިހާ ގިނަ އަދަދެއްގެ ދަޅުމަސް ބަންދުކުރެވިފައި ވަނީ 2007 ވަނަ އަހަރުގެ މޭ މަހުގެ ހަތްވަން ދުވަހުގައެވެ. އެދުވަހު ފެލިވަރު ކާރުހާނާގައި 65 ޓަނުގެ ދަޅުމަސް ބަންދުކޮށްފައިވެއެވެ.

އާދިއްތަ ދުވަހު ފެލިވަރު ކާރުހާނާގައި ވަނީ 4888 ކޭސް ދަޅުމަސް އުފައްދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ޓޫނާ ޗަންކްސް އިން އޮއިލް" ކުދި ދަޅުގެ 3946 ކޭހާއި 1.8 ކިލޯގެ ބޮޑު ދަޅުގެ 46 ކޭހާއި މަސް ޕައުޗުގެ 196 ކޭހެވެ. މިފްކޯއިން ބުނެފައިވަނީ މިއީ އެ ކާރުހާނާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މިންނަތް މަސައްކަތުން ވާސިލްވެވުނު ލަނޑުދަނޑިއެއް ކަމަށާއި އެކަމަށްޓަކާ އެ ހުރިހާ މުވައްޒަފުންނަށް ވެސް ތައުރީފު ހައްގު ކަމަށެވެ.

މިފްކޯއިން އިތުރަށް ބުނެފައިވަނީ މިއީ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކުރަމުންދާ އަޕްގްރޭޑިންގގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އަމާޒަކީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ރާއްޖޭގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރުން ކަމުގައެވެ. ކާރުހާނާ އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ ފައިނޭންސް ހޯދުމަށް މިފްކޯއިން ދަނީ ސަރުކާރާއި އެކު މަޝްވަރާ ކުރަމުންނެވެ.

ފެލިވަރު ކާރުހާނާގެ 41 އަހަރުގެ ދިގު ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބަންދުކުރެވިފައި ވަނީ 100 މެޓްރިކް ޓަނުގެ ދަޅު މަހެވެ. މިއީ ޖަޕާނުގެ ކުންފުންޏަކާއި އެކު ދިވެހި ސަރުކާރުން ހެދި ޖޮއިންޓް ވެންޗަރ، "މޯލްޑިވްސް ނިޕޯން ކޯޕަރޭޝަން" ގެ ދަށުން، 3 ފެބްރުއަރީ 1978 ގައި ހުޅުވާފައިވާ ކާރުހާނާއެކެވެ. އޭރު އެކާރުހާނާގެ ދުވާލަކު އުފައްދާ ކެޕޭސިޓީ އަކީ އަށް މެޓްރިކް ޓަނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2020

އެންޒީން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރ ކުރުމުގެ ޙިދުމަތް ފަށަނީ

06 މާރިޗު 2020
އެންޒީން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރ ކުރުމުގެ ޙިދުމަތް ފަށަނީ
06 މެއި 2019

ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް ބަންދުކޮށްފި

06 މެއި 2019
ދަ ކެލޮރީ ކައުންޓަރ އައުޓްލެޓް ބަންދުކޮށްފި
04 މެއި 2019

މިފްކޯއިން ތުތިބޯވަދިލަމަސް މާކެޓަށް ނެރެފި

04 މެއި 2019
މިފްކޯއިން ތުތިބޯވަދިލަމަސް މާކެޓަށް ނެރެފި
25 ފެބުރުއަރީ 2019

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި
06 ނޮވެމްބަރު 2018

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި

06 ނޮވެމްބަރު 2018
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަންތައް ބަންދުކޮށްފި
07 އޮކްޓޯބަރު 2018

3 ވަނަ ކުއާޓަރގައި ރެކޯޑް ފައިދާއެއް ވެފައިވާކަމަށް ސެމްސަންގްއިން އަންދާޒާކޮށްފި

07 އޮކްޓޯބަރު 2018
3 ވަނަ ކުއާޓަރގައި ރެކޯޑް ފައިދާއެއް ވެފައިވާކަމަށް ސެމްސަންގްއިން އަންދާޒާކޮށްފި
01 ސެޕްޓެމްބަރު 2018

ގާކޮށި މާރުކޭޓު ބަންދުކޮށްފި

01 ސެޕްޓެމްބަރު 2018
ގާކޮށި މާރުކޭޓު ބަންދުކޮށްފި
13 މެއި 2018

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފި

13 މެއި 2018
ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް ނިންމައިފި
27 މާރިޗު 2018

ކުރިން ސިނގިރޭޓް ގިނަ އަދަދަކަށް އެތެރެ ކުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށަށް !

27 މާރިޗު 2018
ކުރިން ސިނގިރޭޓް ގިނަ އަދަދަކަށް އެތެރެ ކުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ އާމްދަނީ ދަށަށް !
24 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް