Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް ޞާލިހް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން: ރައީސް ނަޝީދު

އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ފާފައެއް ނޫންކަމަށް އަދާލަތުން ވަނީ ބުނެފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2019 | އާދީއްތަ 18:08
ރައީސް ނަޝީދު އާއި ރައީސް ސޯލިހު

ރައީސް ނަޝީދު އާއި ރައީސް ސޯލިހު

ސުޕްރީމް ކޯޓަށް އައްޔަންކުުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އަންހެން ބޭކަނބަލުންނަކީ އެކަމަށް ވަރަށް ގާބިލް ބޭފުޅުންތަކެއް ކަމަށާއި، އެ ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމަށް ރައީސް ސޯލިހު ފޮނުއްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ފަނޑިިޔާރު އަދި ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ނަންފުޅު އެވެ.

Advertisement - newsAdvertisement

ޖޭއެސްސީގެ ލަފަޔަކަށްއެދި ރައީސް ސޯލިހް ދެ ނަންފުޅު ހުށަހެޅުއްވުމާއެކު އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި މެދު ބައެއް ފަރާތްތަކުގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.

އާދިއްތަ ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޭރުގެ އިލްމުވެރިންގެ ރައުޔުގެ މަތިން ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ސޯލިހު ނަންފުޅުތައް ފޮނުއްވެވި ދެ އަންހެން ބޭކަނބަލުންނަކީ އެކަމަށް ވަރަށް ގާބިލު ފަރާތްތައް ކަމަށެވެ. އަދި އެ ނިންމެވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް މަރުހަބާ ދަންނަވާފައެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރުމާއި ބެހޭ ގޮތުން ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަނޑިޔާރު ކަމަށް އަންހެނަކު އިސްކުރުމުގެ މައްސަލައަކީ އިސްލާމީ ފިގުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން ބައެއް ރައުޔުތައް ބުރަވަނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ނިސްބަށްވެ ވަޑައިގަންނަވާ އެމްޑީޕީން އެކަމާއި ބެހޭ ގޮތުން އާދިއްތަ ދުވަހުގެރޭ ނެެރުނު ބަޔާނެއްގައިވާ ގޮތުން ގާނޫނުއަސާސީ އަށް ރިއާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު ޢައްޔަން ކުރުމަކީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކާ ޚިލާފު ކަމެއް ނޫނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެއް އައްޔަން ކުރެވިގެން ދިޔައީ ވެސް ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރަކީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މ. ކޮކާހަނދުވަރު، އައިޝާ ޝުޖޫން މުހައްމަދެވެ. 2007 ވަނަ އަހަރު ޝުޖޫނާއެކު އިތުރު ފަނޑިޔާރަކުވެސް އައްޔަންކުރެއްވި އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި ބޭފުޅެކެވެ. ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވީ މަޖުބޫރީ ހާލަތްތަކެއް ކުރިމަތިވެވަޑައިގެންފައިވާކަމަށް ވިދާޅުވުމަށްފަހު 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއެކު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު