Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް 2019

އަލަށް ޒަވާޖީ ހަޔާތެއް ފަށާ ފަރާތްތަކަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރެއް މަޖިލީހަށް

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 އޯގަސްޓު 2019 | އާދީއްތަ 10:08
ގޯތި ދެވެން އޮތް ރަށްރަށުން ގޯތި ދޫކުުރުން  ސަރުކާުރަށް ލާޒިމް ކުރުމަށް ގަރާރުގައި ވަނީ އެދިފައި

ގޯތި ދެވެން އޮތް ރަށްރަށުން ގޯތި ދޫކުުރުން ސަރުކާުރަށް ލާޒިމް ކުރުމަށް ގަރާރުގައި ވަނީ އެދިފައި

ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

ގަރާރުގައި ބުނެފައިވަނީ ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫވެ، އެކަމުގެ ސަބަބުން ގިނަ އާއިލާތަކެއް ބިކަވެ، ހާލުގައި ޖެހެމުންދާތީ، މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާ އަސާސީ އަދި އިޖްތިމާއީ ހައްގެއްކަމަށް ވީހިނދު، އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގުފަހިކޮށްދީ އާއިލާތަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ ގާނޫނު އަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއްކަން ގާނޫނު އަސާސީން އިގޭ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ބުނެފައިވަނީ ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތް ފަށާ، ދިރިއުޅުމަށް ނިކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒަކަށް ކަމަށެވެ.

އެފަދަ ފަރާތްތަކަށް ގޯތިގެދޮރުގެ ތަނަވަސްކަން ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން ގޯތިދެވޭވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ ފަރާތްތަކަށް ގޯތިދޫކުރުން ލާޒިމްކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި، ދިވެހި ރައްޔިތުންނަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރު ކޮށްދޭންޖެހޭ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

މި ކަމަކީ ވަރަށް ގިނަ ދިވެހިރައްޔިތުންތަކަކަށް ދިމާވެފައިވާ މައްސަލައަކަށްވެފައި، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލެއް ހޯދަވައިދެއްވުމަށް އެދި މަޖިލީހުން ގޮވާލުމަށް ގަރާރުގައި ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
21 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބަށް ރީރަޖިސްޓަރިވުމުގެ ކެންޕޭނެން އެމްޑީޕީން ފަށާއިފި

21 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބަށް ރީރަޖިސްޓަރިވުމުގެ ކެންޕޭނެން އެމްޑީޕީން ފަށާއިފި
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު