Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

"ވެށިފަހި މާލެ" އިން ބިން ދޫކޮށްލި ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މަޖިލީހަށް ގަރާރެއް

25 އޯގަސްޓު 2019 | އާދީއްތަ 07:52

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 އޯގަސްޓު 2019 | އާދީއްތަ 07:52
ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ގަރާރުގައި ވަނީ ގޮވާލާފައި

ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ގަރާރުގައި ވަނީ ގޮވާލާފައި

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށާއި، ގުޅީ ފަޅުން ގޯތި ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާތީ، އެ ކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. ގަރާރުގެ ފުރަތަމަކިޔުން ވަނީ އާދީއްތަ ދުވަހުގެ ޖަލްސާގައި އިއްވާފައެވެ.

Advertisement - newsAdvertisement

ގަރާރުގައި ބުނެފައިވަނީ ވެރިރަށް މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މީހުން ތޮއްޖެހިފައިވާ ތަނަކަށްވާތީ، އެކަމުގެ ސަބަބުން މާލޭގައި ބިންކޮޅެއް އޮވެ، އެ ބިންކޮޅު ކުޑަވުމުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި، ބޯހިޔާވަހިކަމުގެ ހައްގުން މާލޭގެ ގިނަ ރައްޔިތުންތަކެއް މަހްރޫމްވެފައިވާތީ ހުށަހެޅުނު ގަރާރެއް ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެގޮތުން އެ ފަރާތްތަކަށް އަމާޒުކޮށްގެން "ވެށިފަހި މާލެ" ޕްރޮގްރާމްގެ ނަމުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ހިންގާފައިވީނަމަވެސް، އެ ފަރާތްތަކުގެ މިލްކިއްޔާތުގައި މާލޭގައި ހުރި ކުދި ބިންކޮޅުތައް އެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލަންޖެހި، އެފަދައިން ބިން ދޫކޮށްލާފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބޯހިޔާވަހިކަން ލިބިފައިނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ. ގަރާރުގައި ބުނެފައިވަނީ ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އެންމެހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބު އަދި 19 ވަނަ ރައްޔިތުންގެ އިންތިޚާބުގެ ވައުދެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމާގުޅޭ ބިލެއް އެކުލަވާލައި، އެ ކަންކަމާއި ގުޅޭ އުސޫލްތަކާއި ސިޔާސަތުތައް ކަނޑައަޅައި، މާލޭގެ ރައްޔިތުންގެ ތެރެއިން އެފަރާތްތަކުގެ މިލްކިއްޔާތުގައި ހުރި ބިންތައް ދޫކޮށްލަންޖެހިފައިވާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ގާނޫނަކުން ފަހިކޮށްދިނުމަށް ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ގަރާރުގައި ވަނީ ހިމަނާފައެވެ.

ސަރުކާރުގެ އިދާރާތަކުން މި ކަމުގައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ މުހިއްމުކަން މަޖިލީހުން ފާހަގަކޮށް، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މި ކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް