Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފްލޯޓިންގެ ސޯލަރ ޕެނަލް

ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ޕެނަލް ސިސްޓަމް ލަކްސް* ސައުތް އަރި އަށް

މިއީ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގ ސޯލަރ ޕެނަލް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2019 | ހޯމަ 10:23
ލަކްސް* ސައުތް އަރި އެޓޯލްގައި ގާއިމްކޮށްފައިވާ ފްލޯޓިންގ ސޯލަރ ޕެނަލްތައް

ލަކްސް* ސައުތް އަރި އެޓޯލްގައި ގާއިމްކޮށްފައިވާ ފްލޯޓިންގ ސޯލަރ ޕެނަލްތައް

ކަނޑުގެ ލޮނުގަނޑުމަތީގައި ހެދިފައި ހުރި ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިންގެ ސޯލަރ ޕެނަލް ސިސްޓަމް ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ ލަކްސް* ސައުތް އަރި އެޓޯލް ގައި ގާއިމްކޮށްފިއެވެ.

"ސޯލަރސީ" ގެ ނަމުން ނަން ދެވިފައިވާ ނިޒާމުގެ ޒަރިއްޔާއިން އިރުގެ ދޯދިތަކުން ލިއްބައިދޭ ހަކަތައިން އެ ރިސޯޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރިސޯޓަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތެކެވެ.

ދެމެހެއްޓެނިވި މުސްތަގުބަލަކަށް ލަކްސް* އަރި އެޓޯލް އިން ވަނީ އެ ރިސޯޓުން ޖައްވަށް ބޭނުންކުރާ ގެނދަބުޅި (ކަރބަން އެމިޝަންސް) ވީހާވެސް ބޮޑަކަށް މަދުކުރަން ނިންމާފައެވެ. މި ލަނޑުދަނޑިއަށް ވާސިލުވުމުގެ ގޮތުން އެ ރިސޯޓުން ދަނީ ސްވިމްސޯލް ނަމަކަށް ކިޔާ ކުންފުންޏަކާއި އެކު ޕާޓްނަރޝިޕެއްގައި ބައިވެރިވެގެން މަސައްކަތް ކުރަމުންނެވެ. ސިވިމްސޯލްއަކީ އޮސްޓްރިއާ އަދި ދިވެހިރާއްޖޭގެ ކުންފުންޏެކެވެ.

ފްލޯޓިންގ ސޯލަރ ޕެނަލްތައް ސްވިމްސޯލްއިން އުފެއްދީ، ޖާގައިގެ ދަތިކަން ދިމާވެފައިވާ ކުދި ޖަޒީރާ ރަށްތަކަށް އިިޔާދަކުރަނިވި ހަކަތަ ފޯރުވައިދިނުމުގެ ހައްލެއްގެ ގޮތުގައެވެ. ރާޅުތަކާއި ތޫފާންތަކުގެ އިތުރުން ކަނޑުގެ ލޮނުގަނޑު މަތީގައި އޮތުމުގެ ގާބިލިއްޔަތު ލިބިފައިވާ ފުރަތަމަ ފްލޯޓިންގ ސޯލަރ ޕެނަލްތައް އުފެއްދީ ސްވިމްސޯލްއިންނެވެ.

ދި އައިލެންޑް ޗީފްމަޖައްލާއަށް ދިން އިންޓަވިއުއެއްގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯނަސް އެމްސްޓެޑް ބުނީ، "އިކޮލޮޖިކަލް ފުޓްޕްރިންޓް" ކުޑަކުރަން ސްވިމްސޯލްއާ އެކު މަސައްކަތްކުރެވޭތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. މުޅި މި ރާއްޖޭގައި ވެސް ޖާގައިގެ ގޮތުން އޮތް އެންމެ ބޮޑު އެއް ރިސޯޓުގެ ހައިސިއްޔަތުން، ލަކްސް* އަރި އިން ބޭނުންވަނީ އެކޯ-ޓޫރިޒަމް އަދި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމގެ މަސައްކަތުގައި އެހެން ރިސޯޓުތަކަށް މަގުދައްކައި ދިނުން ކަމަށް އެމްސްޓެޑް ބުންޏެވެ.

އެ ރިސޯޓުން މިހާރު ވެސް އަންނަނީ ރިސޯޓުގެ އިމާރާތްތަކުގެ ފުރާޅު މަތީގައި ހުންނަ ސޯލަރ ޕެނަލްތަކުން ރިސޯޓަށް ބޭނުންވާ ކަރަންޓު ފޯރު ކޮށްދެމުންނެވެ. ފްލޯޓިންގ ސޯލަރ ޕެނަލްތައް ކަނޑުގައި ބަހައްޓަން ނިންމީ ސޯލަރ ޕެނަލް ހަރުކުރެވޭ ފުރާޅުތައް ހުސްވުމުންނެވެ. ލަކްސް ރިސޯޓުން ވަނީ ޖުމްލަ 12 ސޯލަރ ޕެނަލް ޕްލެޓްފޯމް ކަނޑުގައި ބަހައްޓާފައެވެ. މިފަހުން ހަރުކުރި ސޯލަރ ޕެނަލްތަކާއި އެކު، އެ ރިސޯޓުގެ ހުރިހާ ގެސްޓް ވިލާއަަކަށް އެންމެ ބޮޑަށް އަވިދޭ ގަޑީގައި އެއްކޮށް އެ ޕެނަލްތަކުން ކަރަންޓު ފޯރު ކޮށްދެވޭނެއެވެ. ރިސޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހުން ހަރުކުރި ސޯލަރ ޕެނަލްތަކާއި އެކު، އަހަރަކު 260،000 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހިވުމުގެ އިތުރުން، މި ޕްލެޓްފޯމްތަކުގެ ކަނޑުގައި އުޅޭ ކުދި މަސްތަކަށް ރައްކާތެރި މާހައުލެއް ލިބޭނެއެވެ. މި ޕްލެޓްފޯމްތައް ހަދާފައި ހުންނަނީ މުރަކަތައް މަތީގައި ނުޖެހޭ ގޮތަށެވެ. މި ޕްލެޓްފޯމްތަކުގެ ދަށުގައި ހެދޭ މުރަކަތައް ބޮޑެތިވުމުން ބޭރު ފަރުގައި އިންދޭނެ ކަމަށް ލަކްސް އިން މައުލޫމާތު ދީފައިވެއެވެ.

މި ޕްލެޓްފޯމްތަކާއި އެކު ލަކްސް ސައުތް އަރި އެޓޯލްއަކީ މިހާރު މުޅި މި ރާއްޖޭގައި ވެސް އިރުގެ ދޯދިން އުފައްދާ ހަކަތައިގެ އެންމެ ބޮޑު އެއް އިންސްޓޮލޭޝަން ހުންނަ ރަށެވެ. ލަކްސްގެ އަމާޒަކީ މުޅި ރިސޯޓަށް ސޯލަރ ޕެނަލްތަކުގެ ޒަރިއްޔާއިން ކަރަންޓު ފޯރުކޮށްދިނުމެވެ. ލަކްސް ސައުތް އަރި އެޓޯލް ހުންނަނީ އދ.ދިއްދޫފިނޮޅުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު