Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑު ބަލިވެއްޖެ

ލިވަޕޫލް މޮޅުވީ އާސެނަލްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2019 | އާދީއްތަ 02:52
އާސެނަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އާސެނަލްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖެހުމަށް ދެޓީމަށްވެސް ފުރުސަތުތަކެއް ކުރީކޮޅު ލިބި ބޭކާރުވިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 41 ވަނަ މިނެޓުގައި އެލެގްޒެންޑްރާ އާނޮލްޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މަޓިޕްއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތު ލިބިފައެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މުހައްމަދު ސަލާހުއެވެ. އަދި 58 ވަނަ މިނެޓުގައި ސަލާހު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މެޗު ނިމުމުގެ ކުރިން އާސެނަލްއަށް ސުން ކަނޑުވާލަދިނީ ޓޮރޭރާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ 86 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކު އެއްވަނައިގައެވެ. މެޗުން ބަލިވި އާސެނަލް އޮތީ ހަ ޕޮއިންޓާއެކު ދެވަނައިގައެވެ.

ލީގުގައި އަންނަ ހޮނިހިރު ދުވަހު ބާންލީއާ ދެކޮޅަށް ލިވަޕޫލް ރަށުން ބޭރުގައި ނިކުންނައިރު، އާސެނަލް އަމިއްލަ ދަނޑުގައި ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޕެލަސްއިންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަޔިއުއެވެ.

މި ލަނޑާއެކު ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގިނަ ހަމަލާތަކެއް ޕެލަސްގެ ގޯލަށް ފޮނުވާލައި، ނުރައްކާކޮށްފައެވެ.

ނަމަވެސް ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ފުރަތަމަ ހާފްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން ބަދަލުތަކެއް ގެނެސް، ވަރުގަދަކޮށް ފެނުނުއިރު ލަނޑު ޖެހުމަށް އެޓީމަށް ގިނަ ފުރުސަތު މި ހާފްގައި ލިބުނެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖޯންސް އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

ނަމަވެސް އިތުރު ވަގުތުގައި ޕެލަސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނބުރާ ލީޑު ހޯދައި މެޗު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެން އަންހޮލްޓްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ޕެލަސްވެސް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. އަދި އެޓީމުވެސް ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު