Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީންގެ ޝަރީއަތް

ޔާމީން ފަޟީހަތް ކޮށްލި ޝަރީޢަތް!

އެސްއޯއެފްއަކީ ގާތް ބައެއްކަން ފޯނުގަ ހުރި މަނިކުފާނުގެ މެސެޖްތަކުން ވެސް އެނގޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2019 | ބުރާސްފަތި 15:18
ކުރީގެ ރައީސް ޔާމީން(ވ) އަދި އަހުމަދު އަދީބު(ކ)

ކުރީގެ ރައީސް ޔާމީން(ވ) އަދި އަހުމަދު އަދީބު(ކ)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިބަސް ނެގުމުގެ ދެވަނަ ޝަރީއަތް ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވީ ނެގި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ހެކި ބަހަށެވެ. ގިނަ ބަޔަކު އުއްމީދު ކުރިގޮތަށް އިތުރަށް ރައީސް ޔާމީން ފަޟީހަތް ވެގެންދިޔަ ޝަރީއަތަކަށެވެ.

މީގެ ކުރިން މިތުރުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުން ހަތުރުންގެ ގޮތުގައި އެއްތަނަނަކުން ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުންނެވެ. އެއީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަދީބު ހައްޔަރުކޮށް ހުކުމްތައް ކުރުމަށްފަހު އަދި ހުކުމްތަކުން މިނިވަންވެވަޑައިގަތް ފަހުން އެ ދެ ބޭފުޅުން ބައްދަލުވިވި ފުރަތަމަ ބައްދަލުވުމެވެ.

އެމްއެމްޕީއާރުސީ ތެރެއިން ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ގިނަ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާ ކަމާއި އެކަމަށް ރައީސް ޔާމީން ވެސް ޒިންމާވާން ޖެހޭނެކަމަށް ވިދާޅުވެ އަދީބު ޖަވާބު ދެއްވަމުން ގެންދެވިއެވެ.

އަދީބުގެ އަނގަ ބަންދުކޮށްލަން ރައީސް ޔާމީން އެންމެ ފުރަތަމަ ކުރެއްވި ސުވާލަކީ އެސްއޯއެފް ކުންފުންޏަކީ އޭނާގެ ގާތްރައްޓެހިން ހިންގި ކުންފުންޏެއް ނޫންތޯއެވެ. ރައީސްގެ އެ ސުވާލަށް އަދީބު ވިދާޅުވީ އެއީ އޭނާގެ ރައްޓެހިންގެ ގޮތަށް ރައީސް ޔާމީނާއި ވެސް ގާތް ގުޅުމެއް ބޭއްވި ފަރާތްތައް ކަމަށެވެ. އެގޮތަށް ވިދާޅުވީ ހެއްކާއެކުއެވެ. އެގޮތުން ރައީސް ޔާމީންގެ ގެ ކޮޅަށް ވެސް ފައިސާ ހިފައިގެން ގޮސް އެފައިސާ ހަވާލުކޮށްފައި ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވިއެވެ.

ފައިސާ ލިބުނީމާ އެއީ ހަލާލު އެއްޗެއްތޯ އެކަކު ވެސް ނުބަލާނެ ކަމަށް ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއޭ ވިދާޅުވާ ވާހަކަ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ދެއްކެވިއެވެ. އަމިއްލަ ގެއަށް ވެއްދި ފައިސާ އޭރު ހަލާލު ވެފައި މިއަދު އެފައިސާ ހަރާމް އެއްޗަކަށްވި ވާހަކައެވެ. ފައިސާގެ ވާހަކަ ދައްކާ މީހުންނަށް ހަމައެކަނި ފެނުނީ އެގެއަށް ފައިސާ ވައްދާތީ ކަމަށް ވިދާޅުވި ވާހަކައެވެ.

ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ އެމަނިކުފާނުގެ ކެންޕެއިނަށް އޭނާ ދެއްވި ފައިސާކަމަށް ޔާމީނު ތަހުގީގުއާއި ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކަށް އަދީބު ރައްދު ދެއްވިއެވެ. އެކަން ހިނގައިދިޔަގޮތް ރައްޔިތުންގެ ކުރިމަތީ އަދީބު ސާފު ކޮށްދެއްވީ ސާބިތު ހިފޭ ހެކިތަކާއެކުއެވެ.

އެސްއޯއެފްގެ ފައިސާ ޖަމާކުރުމަށް އިސްލާމިކް ބޭންކުގެ މެނޭޖަރުގެ ނަންބަރު ހޯއްދަވައި އެމަނިކުފާނުގެ އޯޑަރަށް އެސްއޯއެފްގެ މީހުން ލައްވައި ފައިސާ ޖަމާކުރި ވާހަކަ އެވެ. އަކަން ރައީސް ޔާމީން ކުރެއްވީ އެނގިގެންކަމަށާއި އެވާހަކަ އެސްއޯއެފްގެ މީހުން އޭނާގެ ގާތު ދެއްކި ވާހަކައެވެ.

އަދީބުގެ އެވާހަކަތައް ފަސް އެޅުމަށް ރައީސް ޔާމީން ކުރެއްވީ ސުވާލުތަކެވެ. އެގޮތަށް އެމަނިކުފާނަށް އޯޑަރ ދެއްވިދާނެތޯއެވެ.

ނުކުރެވޭނީ ކީއްވެތޯ ސުވާލުކުރައްވާ އަދީބު ދެއްވީ ޖަވާބެވެ. އެމްއެމްޕީއާރުސީގެ ބޯޑަކީ ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ބޯޑެއްކަމަށާއި އެބޯޑުން ކަންތައް ކުރަނީ ޔާމީން ބޭނުންވާހާ ގޮތަށް ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އެޓޭކް ކުރެއްވިއެވެ. އެހިސާބުން ރައީސް ޔާމީނަށް ޖެހުނީ ހަތިޔާރު ބަހައްޓަވާށެވެ. ވިދާޅުވީ އެކަމަށް ވެސް އިންކާރު ކުރައްވައި ޒިންމާވާން ޖެހޭނީ ތަހުގީގާއި ހަމައިން ކަމަށެވެ.

އަދީބު ވިދާޅުވާގޮތުން ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތައް އެމަނިކުފާނު އޭނާގެ "ބޮލަށް ކަނޑާލަނީ"އެވެ. ފުލުހުންގެ ތަހުގީގުގައިވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ އިސްލާމިކް ބޭންކަށް ޖަމާވީ އަދީބު ދެއްވި ކެންޕެއިން ފައިސާއޭ ވިދާޅުވެފައިވާކަމަށެވެ.

އަދީބު ވިދާޅުވީ އޭނާ ރައީސް ޔާމީނަކަށް އެސްއޯއެފްގެ ކެންޕެއިން ފައިސާއެއް ދެއްވާފައި ނުވާނެކަމަށެވެ. 2015 ވަނަ އަހަރަކީ ރާއްޖޭގައި އެއްވެސް އިންތިޚާބެއް ބޭއްވި ދުވަސްވަރެއް ނޫންކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރަކީ ކޮން ކެންޕެއިނަކަށް އަދީބު ދެއްވި ފައިސާކަމެއް ޔާމީން ވިދާޅުވެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއީ އެމަނިކުފާނު ކުރައްވާ ސުވާލަށް ޖަވާބު ދެއްވަނީ ނޫން ކަމަށާއި އެމަނިކުފާނުގެ ސުވާލަކީ ފުލުހުންގެ ތަހުގީގުގައި އަދީބާއި ސުވާލު ކޮށްފައިވަނީ ކޮންކަމަކާއި ގުޅިގެން ތޯއެވެ. އަދީބު ވިދާޅުވީ ފުލުހުންގެ ސުވާލަކީ ރައީސް ޔާމީނަށް ކެންޕެއިން ފައިސާ ދެއްވިތޯ ނޫންތޯ ކަމަށެވެ.

ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި ނިންމަވާލަމުން އަދީބު ވިދާޅުވީ 2015ގެ އޮކްޓޯބަރުގައި އިންތިޚާބެއް ވެސް އަދި ކެންޕެއިނެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ފައިސާ މެނޭޖް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދީބު ހެކި ބަސް ދެއްވި އިރު އޭނާގެ ހެކި ބަސް ނުނެގުމަށް މީގެކުރިން ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. އެއީ އަދީބުގެ ހިތުގައި ރައީސް ޔާމީންއާ ދެމެދު އަދާވަތްތެރިކަން އޮވެދާނެތީކަމަށް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެފަދަ އަދާވަތްތެރިކަމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ހެކި ބަސް ނަގާނެ ކަމަށެވެ.

ޝަރީއަތުގައި ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ ވެސް އެސުވާލެވެ. އެމަނިކުފާނާމެދު އަދީބުގެ އެއްވެސް ހިތްބުރު ކަމެއް އެބަ އޮތްތޯއެވެ. އެއަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އޭނާއަކީ އަނިޔާވެރި ވެރިކަމެއްގެ ޝިކާރައަކަށްވީ މީހެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާއި އޭނާއަށް އަނިޔާވެރިވި އެންމެންނަށް އޭނާގެ ހިތުގެ އަޑިން މާފު ކޮށްފައިވާ ކަމަށެވެ. އަދި ހެކިބަސް ދިނުމުގައި އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ޝަރީއަތުގައި ހެކިބަސް ދެއްވީ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު