Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އަބްދުﷲ ޔާމީން

ދޮގު ހެކި ބަސް ދޭން ބޭނުން ނުވާކަމަށް ވިދާޅުވެ ހެކިބަސް ނުދޭން ލުތުފީ ނިންމަވައިފި

ލުތުފީ ވަނީ އޭސީސީ އިން އިސްތިއުފާ ދެއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2019 | ބުދަ 11:53
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލައުންޑަރިންގ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނުދެއްވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިބަސް ނެގުމުގެ ޝަރީއަތް ބުރާސްފަތި ދުވަހުގެ 9:30 އަށް ވަނީ ތާވަލް ކޮށްފައެވެ. އެ މައްސަލައިގައި ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅުއްވި އެއް ހެއްކަކީ ލުތުފީއެވެ.

Advertisement - newsAdvertisement

ލުތުފީ ވިދާޅުވީ އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީ އާއި އަދިލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހަވްލެއް މިހިނދަށް ގާއިމްވެފައި ނެތުމުގެ ސަބަބުން ފުރާނައަށް އޮތް ނުރައްކަލައަށްޓަކައި މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

ލުތުފީ ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއެކު ޔާމީންއާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އަދި އެ މައްސަލައިގައި ވަކިން ވެސް ޔާމީންއާ ބައްދަލު ކުރައްވާފައި ނުވާކަމަށެވެ. އަދި ފޯނު ކުރައްވާފައި ވެސް އެ ފައިސާއާ ހަވާލުކުރުމާ ގުޅޭ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަންގާފައިނުވަނީ އޭރު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ ޔާމީންގެ މައްޗަށް ދޮގު ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް އޭނާ އަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ދަނީ މަޖުބޫރު ކުރަމުން ކަމަށެވެ. އަދި ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށާއި އެ އިންޒާރުތަކާ ހެދި ފުރާނަ އަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

މަގާމުގެ ޒިންމާ އަދާނުކުރައްވައި މުސާރަ ނަންގަވާ މައްސަލައިގައި ލުތުފީ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމިތަނާހެން އޭނާ ވަނީ ޖޫން މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ނެގުމަށް ބާއްވާ ދެވަނަ ޝަރީއަތް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާއިރު ހެކިބަސް ނެގުމަށް ބޭއްވި ފުރަތަމަ ޝަރީއަތުގައި އޭސީސީގެ މިހާރުގެ ރައީސް ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ވަނީ ނަގާފައެވެ. ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގައި ވެސް މުއައްވިޒުގެ ހެކިބަސް ނަގާނެއެވެ.

އޭސީސީއިން ރައީސް ޔާމީންގެ މައްސަލަ ތަހުގީގުކޮށް ފުލުހުންނަށް ފޮނުވި ރިޕޯޓު ސައްހަތޯ ބެލުމަށް ދައުލަތުން ބުނި ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން ހުށައެޅި ކިތާބީ ހެކީގެ ލިސްޓުގައި އެ ރިޕޯޓް ނުހިމެނޭ ކަމަށް ބުނެފައެވެ. އެހެން ކަމުން އެ ރިޕޯޓް ފިޔަވައި އެހެން ކަންތައްތަކާއި ގުޅިގެން މުއައްވިޒާއި ވަނީ ސުވާލު ކޮށްފައެވެ. މުއައްވިޒުގެ ހެކިބަސް ބުރާސްފަތި ދުވަހު ނަގާނީ އެ ރިޕޯޓާއި ގުޅިގެން އެކަންޏެވެ.

އެޝަރީއަތުގައި ހެކިބަސް ދެއްވަމުން މުއައްވިޒު ވިދާޅުވީ އެސްއޯއެފްގެ ފައިސާތައް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އޭސީސީއިން ބަލަން ފެށި ކަމަށާއި އަދި ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާއި އެކީގައި ވަކި ކޮޓަރިއެއްގައި އޭނާއާއި އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ ބައްދަލު ކުރެއްވި ކަމަށެވެ. ޔާމީނާއި ސުވާލު ކުރީ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ރައީސް އޮފީހަށް ވަޑައިގެންނެވީ ވަކި ލެވެލްއެއްގެ ބޭފުޅުންނާއި ބައްދަލުކުރަން ދަނީ އޭސީސީއިން ކަމަށްވުމުން ކަމަށްވެފައި އެއީ އެކޮމިޝަނުން އަމަލުކުރަމުންދާ އުސޫލު ކަމަށްވާތީ ކަމަށެވެ. އެ ބައްދަލުވުމުގައި ރެކޯޑް ނުކުރެވޭނެކަމަށް ކަނޑައެޅީ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޔާން ޑްރާފްޓް ކުރުމުގައި ކަން ހިނގާފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ބޭނުންވެލެއްވި ގޮތަށެވެ. ނަމަވެސް އޭސީސީއިން އެ ޑްރާފްޓް ފައިނަލް ކުރި ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކީގެ ގޮތުގައި މުއައްވިޒާއި ލުތުފީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު