Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ހިޔާނަތް

އެމްއެމްޕީއާރްސީއާ ގުޅޭގޮތުން އޭސީސީން އަދި ވަކި ގޮތަކަށް އަމަލުކުރަން އަންގާފައެއް ނުވޭ: މިނިސްޓަރ

މިނިސްޓްރީން ޤާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2019 | ބުދަ 08:24
އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީ

ފާއިތުވި ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތަހުޤީޤު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައިވެސް ކުރިއަށްދާއިރު، މިހާތަނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރު ބަދަލުވެ، މަޖިލީހާއި މުއައްސަސާތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އޭސީސީން ވެސް ތަހުޤީޤުތައް ކުރިއަށްދާ ކަމަށާއި، އެމްއެމްޕީއާރްސީއާ ގުޅޭ ތަހުޤީޤުތަކުގައި މިނިސްޓްރީން ޤާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އޭސީސީން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައި ނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ތަހުޤީޤު ނިންމައިދެއްވުމަށްފަހު ކޮރަޕްޝަންގައި ހިމެނޭ ފަރާތްތަކާއި، އެކަމާ ގުޅިގެން ހިފަހައްޓަންޖެހޭ އެއްޗެއް އޮތްނަމަ އެކަން މިނިސްޓްރީއަށް އަންގައި ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އެދިފައިވާނެ ކަމަށާއި، އެކަންކަމުގެ ތަފްސީލު ބުދަ ދުވަހު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އޭސީސީން ތަހުޤީޤުތައް ކުރިއަށް ގެންދާއިރު، ޖުޑީޝަރީން ވެސް އެކަށީގެންވާ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ހައްޤަކަށް އުނިކަމެއް އަންނަ ގޮތަކަށް އަމަލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެގޮތުން ކޮންމެ ފިކުރެއްގެ ފަރާތެއް ނަމަވެސް އެމީހަކާމެދު ކަންކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތް 1.2 ބިލިއަންއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭއިރު، މި ހިޔާނާތުގައި ފަޅުތަކާއި ރަށްތައް ދޫކުރުމުގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ނަގާފައިވާ ޕްރޮމިސަރީ ޗެކްތައް މެދުވެރިކޮށް ނަގާފައިވާ ފައިސާއަށް ޙިޔާނާތްތެރިވުން ފަދަ އެތައް މައްސަލައެއް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު