Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ އަމީރު

2020 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭ އާމްދަނީ ގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް

21 އޯގަސްޓު 2019 | ބުދަ 07:31

މީ "ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމް"ގެ ދެވަނަ ފޯރަމް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 އޯގަސްޓު 2019 | ބުދަ 07:31
\"ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމް\"ގެ ދެވަނަ ފޯރަމް އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި މިނިސްޓަރ އަމީރު ވާހަކަފުޅު ދައްކަވަނީ

\"ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމް\"ގެ ދެވަނަ ފޯރަމް އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި މިނިސްޓަރ އަމީރު ވާހަކަފުޅު ދައްކަވަނީ

ޖެހިގެން އަންނަ އަހަރަށް އެކުލަވާލާ ބަޖެޓުން ސަރުކާރަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ހާއްސަކުރަނީ ލޯކަލް ކައުންސިލްތަކަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖެ ލާމަރުކަޒީ ކުރުމަށް ބާރު އެޅުމުގެގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިސް ނަގައިގެން ކުރިއަށް ގެންދާ "ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމް"ގެ ދެވަނަ ފޯރަމް އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި އޮތް ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތަށް ބިންތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީވެސް ބަހާލާނީ ކައުންސިލްތަކުގެ މެދުގައި ކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީގޮތުން އަދި މާލީ ގޮތުން ވެސް ގައުމު ލާމަރުކަޒީ ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި އެ މަނިކުފާނު މި ހަފްލާ ޝަރަފްވެރިކޮށްދެއްވަން ވަޑައިގަތުމުން ގާނޫނީގޮތުން ވެސް ލާމަރުކަޒީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރުން ތައްޔާރަށް އޮތް ކަން ފާހަގަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓޫރިޒަމް މާސްޓަރ ޕްލޭނެއްގެ އިތުރުން ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭނެއް ވެސް އެކުލަވާލާފަ ވާކަމަށެވެ.

މިނިސްޓަރ އަމީރުވަނީ ރައްޔިތުން ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލި އަޅުވާލާ ފިނޭންސް މިނިސްޓްރީއިން މާލީ ގޮތުން އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުން ލޯކަލް ކައުންސިލް ކޯރޑިނޭޝަން ޔުނިޓެއް ގާއިމް ކޮށްފާއިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ދައުލަތުގެ ގާބިލިއްޔަތު ހުރި ވަރަކުން ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ސަރުކާރުގެ އިތުރުން ކައުންސިލްތަކާ ވަކި ވަކި ފަރުދުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް