Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައު ސީޕްލޭން ޓަރމިނަލް

އައު ސީޕްލޭން ޓަރމިނަލްގެ ހާއްސަ އޮޑިޓެއް ހަދަން އޮޑިޓަރ ޖެނެރަލް އޮފީހާ ހަވާލުކުރަނީ

އައު ސީޕްލޭން ޓަރމިނަލް ދޭން އުޅޭކަމަށް އަޑު ފެތުރިފައިވަނީ ޓީއެމްއޭއަށް

އަމަން ހަލީމް
އަމަން ހަލީމް | 19 އޯގަސްޓު 2019 | ހޯމަ 17:06
އަލަށް ހަދަމުން އަންނަ ސީޕްލޭން ޓަރމިނަލް

އަލަށް ހަދަމުން އަންނަ ސީޕްލޭން ޓަރމިނަލް

ދައުލަތަށް ގެއްލުންވާ ގޮތަށް ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް އިން އަޅާފައިވާ އައު ސީޕްލޭން ޓަރމިނަލްގެ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލް އޮފީހާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ އައު ސީޕްލޭން ޓަރމިނަލް ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑު ވަނީ ފެތުރިފައެވެ. މި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށައެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. ޔައުގޫބުގެ ހުށައެޅުއްވުމަށް ކޮމިޓީގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ވަނީ ތާއީދުކުރައްވާފައެވެ.

ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެއަރޕޯޓްގައި ތަރައްޤީކުރާ އައު ސީޕްލޭން ޓާރމިނަލް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރުކުރާނެފަދަގޮތަކަށް ޢަމަލުކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ޔައުގޫބު ވަނީ އައު ސީޕްލޭން ޓާރމިނަލަކީ އެމްއޭސީއެލްއަށް ބޮޑު ޢާމްދަނީއެއް ލިބޭނެތަނެއްކަމަށް ވިދާޅުވެފައެވެ.

ޓީއެމްއޭ އަށް އައު ޓަރމިނަލް ކުއްޔަށް ދޭން އުޅޭ ކަމަށް ތުހުމަތުތަކެއް ކުރެވިފައިވާ އިރު، މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ރައީސް ވަނީ އެ ޓަރމިނަލް ވަކި ބަޔަކަށް ދޭން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމްއޭސީއެލްގެ ބޯޑުން ވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށް އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ޓީއެމްއޭ އަށް ޓަރމިނަލް ކުއްޔަށް ދީފިނަމަ ވާދަވެރި ވިޔަފާރިއެއް ކުރަން ހުރަސް އެޅިގެން ދާނެ ކަމަށް ބުނެ އެހެން ސީޕްލޭން އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެންމެ ފައިދާ ހުރި ގޮތަކީ އެމްއޭސީއެލް އިން އެ ޓަރމިނަލް ހިންގުން ކަމަށް ވެސް އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

އަލަށް ތަރައްގީކުރާ ސީޕްލޭން ޓަރމިނަލަކީ 28000 (އަށާވީސްހާސް) އަކަމީޓަރުގެ ޖާގައިގެ ހަތަރު ފަންގިފިލާ ހިމެނޭ ޓަރމިނަލްއެކެވެ. އައު ސީޕްލޭން ޓަރމިނަލްގެ 70 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.

އިތުރަށް ކިޔާލަން

19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު