Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާގެ މޮޅު ކުޅުންތެރިޔާ

ޔުއެފާގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ މެސީ އާއި ރޮނާލްޑޯ އަދި ވެންޑައިކް

15 އޯގަސްޓު 2019 | ބުރާސްފަތި 17:08

ހަތަރުވަނަ އާއި ފަސްވަނަ އަދި ހަވަނަ ލިބުނީ ލިވަޕޫލްގެ ކުޅުންތެރިންނަށް

ލީވާން އަލީ
ލީވާން އަލީ | 15 އޯގަސްޓު 2019 | ބުރާސްފަތި 17:08
ރޮނާލްޑޯ (ކ) އާއި މެސީ (މ) އަދި ވެންޑައިކް (ވ)

ރޮނާލްޑޯ (ކ) އާއި މެސީ (މ) އަދި ވެންޑައިކް (ވ)

ޔުއެފާގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

ޔުއެފާއިން ހޮވާ މޮޅު ކުޅުންތެރިޔާއަށް މިފަހަރު ވާދަކުރަނީ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރ ވެންޑައިކް އަދި ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.

އެވޯޑަށް އަލަށް ވާދަކުރާ ވެންޑައިކް ވަނީ ނިމިދިޔަ ސީޒަނުގައި ލިވަޕޫލަށް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިދިޔަ ސީޒަނުގައި ބާސާއާއެކު ޗެމްޕިއަންސް ލީގުގެ ސެމީއަށް މެސީއަށް ދެވުނުއިރު، ޔުވެންޓަސްއާއެކު ރޮނާލްޑޯއަށް ދެވުނީ މުބާރާތުގެ ކުއާޓާއާ ހިސާބަށެވެ.

ލިވަޕޫލްއާއެކު މިދިޔަ ސީޒަނުގައި ވެންޑައިކްއަށް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ ލީގުގައި މޮޅު ކުޅުމެއް ދައްކާ އެޓީމަށް ލީގުގެ ދެވަނަ ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އެޓީމަށް މޮޅު ކުޅުމެއް ދައްކައި މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޕޯޗުގަލްއާއެކު ފުރަތަމަ ފަހަރަށް ބޭއްވި ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

ނަމަވެސް މެސީއަށް މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެއް ނޫނެވެ. އޭނާއަށް މިދިޔަ ސީޒަނުގައި ކާމިޔާބުކުރެވުނީ ހަމައެކަނި ބާސާއާއެކު ސްޕެނިޝް ލީގެވެ.

މި އެވޯޑު ހޮވުމަށް ހަމަޖެހިފައިވަނީ ނިމިދިޔަ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގައި ޓީމުތަކަށް ކޯޗުކޮށްދިން 80 ކޯޗުންނާއި، 55 ނޫސްވެރިން ވޯޓު ލައިގެންނެވެ.

މި އެވޯޑަށް ނޮމިނޭޓްވި އެލިސަން ބެކާއަށް ހަތަރުވަނަ ލިބުނު އިރު، ސާޑިއޯ މާނޭއަށް ލިބުނީ ފަސްވަނައެވެ. އަދި މުހައްމަދު ސަލާހުއަށް ލިބުނީ ހަވަނައެވެ. މި ތިން ކުޅުންތެރިންނަކީވެސް ލިވަޕޫލްގެ ތިން ކުޅުންތެރިންނެވެ.

މޮޅު ކުޅުންތެރިޔާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މޮނާކޯގައި ބާއްވާ ޗެމްޕިއަންސް ލީގު ޑްރޯ ނެގުމަށް ބާއްވާ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް