Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކްރޮސްރޯޑްސް

ކްރޮސްރޯޑްސްއާއި އެމްއެންޔޫއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދެވޭނެ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 8 އޯގަސްޓު 2019 | ބުރާސްފަތި 14:43
ކްރޮސްރޯޑްސްއާއި އެމްއެންޔޫއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ކްރޮސްރޯޑްސްއާއި އެމްއެންޔޫއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ތައުލީމީ ފެންވަރު ކުރިއެރުވުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ޑްރީމް އައިލެންޑްސް ޑިވެލޮޕްމެންޓް 2 ޕްރައިވެޓް ލިމިޓެޑާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ކްރޮސްރޯޑްސްގައި ބުރާސްފަތި ދުވަހު މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި އެއްބަސްވުމުގެ ސަބަބުން އެމްއެންޔޫއަށާއި ކްރޮސްރޯޑްސްއަށް މަންފާ ކުރުވަނިވި އަދި ޝައުގުހުރި ކަންކަމާއި ދޭތެރޭ ދިރާސާކުރުމާއި މިއާ ގުޅުންހުރި އެކަމާގުޅޭ ލިޔުންތަކާއި ރިޕޯޓުތައް ހިއްސާ ކުރުން ފަދަ ކަންކަމަށް މަގުފަހިވެގެންދާނެއެވެ.

އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލީ ފަވާޒް ޝަރީފްއެވެ. އަދި ކްރޮސްރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދިނުމާއި ދަރިވަރުންނާއި މުވައްޒިފުންނަށް ހާއްސަކުރެވިގެން އެކިއެކި ޕްރޮގްރާމްތަކާއި ކޯސްތަކާއި މަސައްކަތް ބައްދަލުވުންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު އެއް މަގުސަދަކީ އިންސާނީ ވަސީލަތްތައް ކުރިއެރުވުންކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. މިއާއެކު ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

އެމްއެންޔޫއިން އިތުރަށް ބުނެފައިވަނީ ދިރާސާތަކުގެ ފެންވަރުމަތިކޮށް ތައުލީމީ ރޮނގުން ކުރިއަރާ ދިއުމަކީ އެ ޔުނިވަރސިޓީގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށާއި މީގެ ކުރިންވެސް އެހެނިހެން މައުހަދުތަކާއި ޖަމިއްޔާތަކާއި ގުޅިގެންވެސް މިފަދަ ހަރަކާތްތަކެއް ހިންގާފައި ވާނެ ކަމަށެވެ.

ކްރޮސްރޯޑްގެ ފަރާތުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާޓިން ވެން ޑާ ރެޖްޑިން ވިދާޅުވީ ގޮތުގައި މިއީ ވަރަށް މުހިއްމު ދުވަހެކެވެ. އަދި ކްރޮސްރޯޑްސްއާއި ސިންހާ އެސްޓޭޓް ފަރަތުން އެމްއެންޔޫއާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ކުރުމަކީީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން މާޓިން ވިދާޅުވީ ތައުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން މުޖުތަމައަށް ފައިދާ ކުރެވެނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑްރީމް އައިލެންޑްސް ޑިވެލޮޕްމެންޓް 2 ޕްރައިވެޓް ލިމިޓެޑަކީ ސިންހާ އެސްޓޭޓް ފަބްލިކް ކޮމްޕެނީ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް

16 އޮކްޓޯބަރު 2017
ސްރީ ލަންކަންގެ ޕަސެންޖަރުންނަށް ފުވައްމުލަކާއި ގަމާ ދެމެދު ލޯންޗް ފެރީއެއް
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
21 ޖޫން 2017

ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

21 ޖޫން 2017
ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
02 ޖޫން 2017

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017
އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު