Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އަދީބު ބަންދު ކުރަން ދެ ކޯޓުގައި ވެސް އެދުނީ އެއް ކަމަކަށް ކަން ދައުލަތުން އިއުތިރާފު ވެއްޖެ

8 އޯގަސްޓު 2019 | ބުރާސްފަތި 07:48

އަދީބު ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 އޯގަސްޓު 2019 | ބުރާސްފަތި 07:48
އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް އަދީބު ހާޒިރުވަނީ

އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް އަދީބު ހާޒިރުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދު ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރާއި އެއްގޮތަށް ކަމަށް ދައުލަތުން އެއްބަސް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ ބަންދުގެ މުއްދަތު ޖެހީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފިލި މައްސަލައެއްގައި ނޫންކަމަށާއި، އެކޯޓުން އަދީބު ބަންދަށް ޖެހީ އެހެން މައްސަލައެއްގައި ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓުން ހޯމަ ދުވަހު އަދީބުގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ވެސް އެއް ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ ދައުލަތުން ސުޕްރީމްކޯޓުގައި ސިޓީއަކުން ފޮނުވާފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވުމުން ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގެ އަމުރު ނެތުމުން ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގައި އެގޮތަށް ބުނެވުނީ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި ޝަރީއަތް ނިންމާލީ އަދީބުގެ ބަންދުގެ އަމުރާއި ގުޅޭގޮތުން ވަކީލަކު އައްޔަން ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުއެވެ. އެއް ދުވަސް ހަމަވެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަދީބުގެ ވަކީލާއި އެކުއެވެ.

ޝަރީއަތުގައި ދައުލަތުން ވަނީ އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީއާއި ފިލާފާނެތީ ކަމަށް ބުނެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނިކޮށް ފިލާފައި ވާތީ އަދި އެކަން ކަށަވަރު ވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުގައި ބެހެއްޓުމަށް އެދޭކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެއަމުރު ނެރެދިނުމަށް އެދޭކަމަށެވެ.

އަދީބު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުގައި ބަހައްޓަން އެދެނީ ރިމާންޑް ޖަލެއްގައި ކަަމަށެވެ. އެގޮތަށް ދައުލަތުން އެދެނީ ޝަރީއަތް ނިމެންދެން ޝަރީއަތުގެ ކުރިން ތިބެންޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް އަދީބުގެ ވަކީލު އިސްމާއިލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަދީބު ބަންދު ކުރުމުގެ ހުކުމް އިއްވާފައި ވަނިކޮށް ސުޕްރީމް ކޯޓުން އަލުން ބަންދު ކުރުމުގެ އަމުރެއް ނެރުމަކީ އޭނާއަށް ލިބިދޭ އިސްތިއުނާފުގެ މަރުހަލާއިން މަހުރޫމް ވުން ކަމަށެވެ. އަދި އެއީ އަދީބަށް ލިބިދޭ ހައްގުން މަހުރޫމުވާ ކަމެއްކަމަށް ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި ކަސްޓޯޑިއަލް ޖަލާއި ރިމާންޑް ޖަލެއްގައި އެއްވަގުތެއްގައި އެކަކަށް ހުރެވޭނީ ކިހިނެތްތޯ އޭނާ ދައުލަތާއި ސުވާލު ކުރެއްވިއެވެ.

އަދީބުގެ ވަކީލު ވިދާޅުވީ ދީބުގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެއިން ބޭރަށް ފޮނުވާދިނުމަށާއި ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާކަމަށެވެ. އެހެންކަމުން އެއަމުރާއި އެއްގޮތަށް އަދީބު ގޭބަންދަށް ބަދަލު ކުރުމަށް އެދިލައްވާ ކަމަށް ވިދާޅުވިއެވެ.

އެއަމުރާއެކު އަދީބަށް ބޭސްފަރުވާ ކުރުމަށް ކަރެކްޝަނަލް ސަރވިސްގެ ފަރާތްތަކާއި އެކު ރާއްޖެއިން ބޭރަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރު އޭނާއަށް ފަރުވާ ދީފައިވަނީ ހަމަ އެކަނި ލޮލުގެ ގްލޮކޯމާއަށް އެކަނިކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހައިކޯޓުން ނެރެފައިވާ އަމުރަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ އަދީބު ގޭބަންދަށް ބަދަލު ކޮށްދިނުމަށް ވަނީ އެދިފައެވެ. އުއްތަމަ ފަނޑިޔާރު ވަނީ ހައިކޯޓުގެ އަމުރު އަދިވެސް އެބައޮތްތޯ ސުވާލު ކުރައްވާފައެވެ. އަދީބުގެ ވަކީލު ވިދާޅުވީ ހައިކޯޓުގެ އަމުރު އަދިވެސް އެބައޮތް ކަމަށެވެ.

އަދި އަދީބު ރާއްޖެއިން ފިއްލަވާފައިވާކަން އެއްވެސް ކޯޓަކުން ނިންމާފައި ނުވާކަމަށާއި ކުރިން ވެސް އަދީބު ގޭބަންދުގައި ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިކަމުން އެގޮތަށް ކަންތައްތައް ކުރެއްްވުމަށް އެދޭކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ބުނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެއިން ފިލުމުން އޭނާގެ ނިޔަތަކީ ފިލުންކަމަށް އެނގޭ ކަމަށެވެ. ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރި ނަމަވެސް އެއަމުރަކީ އެހެން ކަމެއްގައި ކޮށްފައިވާ ހުކުމެއްކަން ދައުލަތުން ފާޙަގަ ކުރިއެވެ. އަދި ސުޕްރީމް ކޯޓުގެ އެނިންމުމަށް މިމައްސަލައަށް އަސަރު ނުކުރާ ކަމަށް ބުނެފައި ވެއެވެ. ކަރެކްޝަނަލް ސަރވިސް އިން މީގެ ކުރިން ވެސް އަދީބު ބޭސްފަރުވާއަށް ގެންގޮސްފައިވާ ކަމަށާއި އަދި މިހާލަތުގައި ވެސް އަދީބަށް އޭގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ކަމަށް ދައުލަތުން ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިމައްސަލައިގެ ހުކުމް އެކޯޓުން ނެރޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި ބުރާސްފަތި ދުވަހު އެކަމާއި މެދު ގޮތެއް ނިންމާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް